ޙައްޖުގެ މަތިވެރި އަޅުކަމަކީ އިންސާނާގެ ދުންޔަވީ ޙަޔާތަކީ ކުޑަކުޑަ ދަތުރެއްކަން ހަނދުމަކޮށްދޭ، އަދި މާތް الله އަށް ކިޔަމަން ގަތުމަށް ދެވޭ ޢަމަލީ ތަމްރީނެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ޙައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތައް" މި މައުޟޫޢަށް ރާއްޖޭގެ އެކިކޮޅުތަކުގައި މިއަދު އިއްވި ޚުތުބާގައި ވަނީ، ޙައްޖުގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރުތަކެއްކަން ބަޔާންކުރަށްވައި، އެ މޫސުމުގައި ތަޤުވާވެރިކަން އިސްކުރުމަށް ހުރިހާ މުސްލިމުންނަށް ވަޞިއްޔަތް ކޮށްފައެވެ.
ޚުތުބާގައި ބުނީ، ޙައްޖުވެރިޔާ އިޙުރާމް ބަންނަ ހިނދުން ފެށިގެން ޙައްޖުގެ މަނާސިކުތައް ނިމޭންދެން ކުރިއަށްދާ ގޮތަކީ އިންސާނާ އޭނާގެ ޙަޔާތުގެ ދުވަސްތައް ވޭތިކުރާ ގޮތުގެ މިސާލެއް ކަމަށެވެ. ދުނިޔޭގެ ދިރިއުޅުމަކީ ވަގުތީ އުފަލެއްކަމާއި، ދެމިހުންނަނިވި އުފަލަކީ އާޚިރަތުގެ އުފާކަން ދެނެގަނެ، އެކަމަށް ގަދައަޅައި މަސައްކަތްކުރުމަށް ޚުތުބާގައި ގޮވައިލިއެވެ.
ޙައްޖުގެ މަނާސިކުތަކަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ޙައްޖުވެރިން ޙައްޖުމަހުގެ އަށްވަނަ ދުވަހު މިނާއަށް ގޮސް، ނުވަވަނަ ދުވަހު ޢަރަފާތުގެ ބިމުގައި ދުޢާކުރުމުގައި ހޭދަކުރާ ކުރުމަކީ ޙައްޖުގެ އެންމެ މަތިވެރި ރުކުން ކަމަށެވެ. އަދި މުޒްދަލިފާގައި ރޭކުރުމާއި، ޖަމްރާތަކަށް ހިލައުކުމާއި، ހަދުޔު ކަތިލުން ފަދަ ކަންކަމަކީ ކެތްތެރިކަމާއި ކިޔަމަންތެރިކަން ދަސްކޮށްދޭ އަޅުކަންތަކެއް ކަމަށް ވެސް ބުންޏެވެ.
"ޙައްޖުވުމުގެ ތެރޭގައި ޖިމާޢުވުމެއް، އުރެދުމެއް ނެތި، މާތް اللهގެ ވަޖުހުފުޅު އަދައި، ޙައްޖުވެއްޖެ މީހާ، މައިމީހާގެ ބަނޑުން އޭނާ އުފަންވީ ދުވަހެކޭ އެއްފަދައިން ފާފަ ފުހެވިގެން އެނބުރި އަތުވެއްޖެ" ކަމަށް ބަޔާންކުރާ ރަސޫލާގެ ޙަދީޘްފުޅު މިއަދުގެ ޚުތުބާގައި ހަނދުމަކޮށްދިނެވެ. އަދި މަބުރޫރު ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެކަން ވެސް ފާހަގަކުރިއެވެ.
މިއަހަރު ޙައްޖުގެ ނަޞީބު ނުލިބޭ މީހުން ވެސް، ޙައްޖުވެރިން ފަދައިން އަޅުކަންތަކުގައި ހީވާގިވެ، ޒިކުރުކުރުމާއި ޤުރުއާން ކިޔެވުމުގައި ވަގުތު ހޭދަކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. އަދި ޙައްޖުގެ އަޅުކަމަށްފަހު ވެސް ފާފަތަކާ ދުރުހެލިވެ، ރަޙިމުގެ ގުޅުމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ގޮވައިލިއެވެ.
ޚުތުބާ ނިންމާލަމުން ވަނީ، ކުރިއަށް އޮތް އަޟުޙާ ޢީދުގެ އުފާ ފާޅުކުރާއިރު، ހިތްތަކުން ޙަސަދަވެރިކަމާއި ނަފުރަތު ފިލުވައިލުމަށާއި، އިސްލާމީ އުޞޫލުތަކުގެ ތެރޭގައި އެކަކު އަނެކަކަށް ހިތްހެޔޮކަމާއި ލޯބި ފާޅުކުރުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު