ކުރީގެ ބަންޑާރަނާއިބު ޑރ. މުޙައްމަދު މުނައްވަރު
ކުރީގެ ބަންޑާރަނާއިބު ޑރ. މުޙައްމަދު މުނައްވަރު
ވަކީލުން އަބަދުވެސް އަޚްލާޤާއި ސުލޫކު ހިފަހައްޓަން ޖެހޭނެކަމަށް ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ޤާނޫނީ ވަކީލުން ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޤާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވުމުގައި ދެމި ހުންނެވި ޑރ.މުނައްވަރު ވިދާޅުވީ މިއަދު ޤާނޫނީ ހުވާކުރެއްވި ވަކީލުން ހުވާކުރެއްވީ ޤާނޫނު އަސާސީ ދަމަހައްޓައި، އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތައި ޤައުމަށް ޚިދުމަތްކުރުމަށް ކަމަށެވެ.

ޑރ. މުނައްވަރު ވިދާޅުވީ، ޤާނޫނީ ވަކީލުން އަދާކުރަނީ ޤާނޫނުލިޔާ އަދި ގާނޫނު ހަދާ، ތަންފީޒުކުރާ ވަޒީފާއަކަށްވިޔަސް، އަދި އެނޫން މަސައްކަތެއް ވިޔަސް މީހާގެ ކިބައިގައި އަހުލާގާއި، ހަރުދަނާކަން ނެތްނަމަ އެމީހަކަށް ކުރިއަށް ދިއުމަށް ވަރަށް އުދަނގޫވާނެ ކަމަށެވެ. އަދި ވަރަށް ގިނަ މީހުންނަކީ ވަރަށް ފުޅާދާއިރާއެއްގައި ހިޔާލު ފާޅުކުރާ ބަޔަކަށްވާއިރު، ވަކީލުންގެ ތެރޭގައި އަހުލާގާއި ސުލޫކު ހިފަހައްޓަންޖެހޭނެ ކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވަނީ މިއަދު ހުވާކުރެއްވި ޤާނޫނީ ވަކީލުންނަށްވެސް އަދި މިހާރު ތިއްބެވި ޤާނޫނީ ވަކީލުންނަށްވެސް ޢިލްމީ ޤާބިލްކަން އިތުރުކުރުމުގައި ދެމިތިބުމަށް ނަސޭކަތްތެރިވެ ވަޑައިގެންފައެވެ. އަދި އަބަދުވެސް އިލްމު އިތުރުކޮށް އުނގެނުމަށް މަަސައްކަތް ކުރުމަށް ޑރ. މުނައްވަރު ވަނީ ގޮވާލައްވާފައެވެ. ޤައުމުގައި ކުރެވޭ މުހިންމު ބަހުސްތަކުގައި ވަކާލާތު ކުރަންޖެހޭނެ ކަމަށާއި، ޤާނޫނީ އަދި ޝަރުއީ މައްސަލަތައް އެނގުމާއެކު ދުނިޔޭގައި ހިނގާ މުހިންމު ކަންކަން އެގެންޖެހޭ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

ހަ ބުރަކަށް ބަހާލައިގެން ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، 277 ވަކީލުން މިއަދު ވަނީ ހުވައި ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ފާތުން

19-Oct-2020

ވަކީލުން ފަންޑިޔާރުން ރަންގަޅު ނަމޫނާ ބަޔަކައް ވެގެން ގައުމު ގެ ހަމަޖެހުން ދެމި އޮންނާނީ


-10

އަހުމަދު

19-Oct-2020

ރަންގަޅު ވާހަކައެއް އިހުލާސްތެރި ތެދުވެރި ބަޔަކައް ވާން ޖެހޭ ނަމޫނާ ދައްކަން ޖުހޭ



ޓްރެންޑިން