ޑިޓޮކްސިފިކޭޝަން ސެންޓަރ ޢިމާރާތްކުރުމަށް ސޮއިކުރުމުގެ ރަސްމިއްޔާތު
ޑިޓޮކްސިފިކޭޝަން ސެންޓަރ ޢިމާރާތްކުރުމަށް ސޮއިކުރުމުގެ ރަސްމިއްޔާތު
މަސްތުވާތަކެތީގެ ވަބާގައި ޖެހި ފަރުވާއަށް ބޭނުންވެ އަނބުރާ މުޖުތަމައަށް ނުކުންނަން ބޭނުންވާ ރައްޔިތުންނަށް ފަރުވާދިނުމަށް ތަރައްޤީކުރާ ޑުރަގް ޑިޓޮކްސިފިކޭޝަން ސެންޓަރ އައްޑޫސިޓީ، ހުޅުދޫގައި އިމާރާތްކުރުމަށް ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިއަދު ޙަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދުއެވެ. 15،099،509.10 ރުފިޔާއަށް އެކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައި ވަނީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މި ޕްރޮޖެކްޓަށް ފަންޑް ކޮށްފައި ވަނީ އިންޑިއާ ސަރުކާރުންނާއި ދިވެހި ދަޢުލަތުގެ ބަޖެޓުންނެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި މި ޕްރޮޖެކްޓަށް 7،980،536.69 ރުފިޔާ ޚަރަދު ކުރާނެއެވެ. އަދި ދިވެހި ސަރުކާރުގެ ބަޖެޓުން 7،118،972.41 ރުފިޔާ މި ޕްރޮޖެކްޓަށް ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫޤްވެ. އަދި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މާޒިން އިބްރާހިމް ރަފީޤުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން