އިލެކްޝަން ކޮމިޝަންގެ މެމްބަރުން
އިލެކްޝަން ކޮމިޝަންގެ މެމްބަރުން
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ސަސްޕެންޑް ވަނީ ޤާނޫނުގައި އެގޮތަށް އޮންނާތީ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކޮމިޝަންގެ ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

ލޯކަލްކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ސިވިލްސާވިސް މުވައްޒަފުން ދެފަހަރަށް ސަސްޕެންޑް ކުރުމަކީ ނުހައްގުން ދެވޭ ބޮޑު އަނިޔާއެއް ކަމަށާއި، މުވައްޒަފުން ސަސްޕެންޑްކޮށް މުވައްޒަފުންގެ މުސާރައިން އުނިކުރިފައިސާ އަނބުރާ އިޔާދަކޮށްދިނުމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ ގޮވާލައްވާފައެވެ.

އެކަމާ ގުޅިގެން ޝަރީފް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ސިވިލް ސަރވިސްގެ މުވައްޒިފުން ސަސްޕެންޑް ނުވާނެ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ސިވިލް ސަރވިސް މުވައްޒަފުން ސަސްޕެންޑް ވަނީ އެގޮތަށް ޤާނޫނުގައި އޮންނާތީކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެއީ ކޮމިޝަންގެ އިޚްތިޔާރުގައި އޮތް ކަމެއް ނޫން." ޝަރީފް ވިދާޅުވިއެވެ.



މިއަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް މިހާރު މަސައްކަތް ކުރަމުންދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ޤާނޫނުގައި ބުނެފައިވާ ގޮތަށް މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. ކޯވިޑް-19 ގެ ސަބަބުން އިންތިޚާބު ނުބޭއްވި އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު އެންމެ ފުރަތަމަ އިންތިޚާބު ބޭއްވުމަށް އިޢުލާނުކުރުމުން ސަސްޕެންޑްވި ގިނަ މުވައްޒަފުންތަކެއް ވަނީ އަތްމަތިދަތިވުމުގެ ސަބަބުން އިންތިޚާބުން ނަން އަނބުރާ ނަގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން