މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިމިވާ ބަލާއާފާތަކީ ވަރަށް ވެސް ނުރައްކާ އެހާމެ ބިރުވެރި ބަލިމަޑުކަމެކެވެ. ކޯވިޑް-19 އޭކިޔައިގެން ބަޔަކު މުހާޠަބު ކުރިއަސް އެއީ އެފަދަ ރީތިނަމަކުން ނަންދޭ ވަރަށްވުރެވެސް މާ ނުރައްކާ ބަލިމަޑުކަމެކެވެ. އަދި މިހާތަނަށް އެއްވެސް ފަރުވާއެއް ނެތެވެ. ފަރުވާއެއް ހޯދޭނެ ދުވަހެއް ވެސް ނޭނގެއެވެ. ބަލި ފެތުރޭލެއް އެހާ ފަސޭހައެވެ. އެކަކު ގައިން އަނެކަކު ގަޔަށް ބަލި އަރަން ނަގަނީ ހަމަ ހިނދުކޮޅެކެވެ. ބަލި ޖެހެނީ ނޭވާލާ ނިޒާމަށެވެ. ނުރައްކާވަނީ ފުއްޕާމެއަށެވެ. ބަލީގައި ނުރައްކާވާ މީހުންގެ ފުރާނައަށް ގެއްލުން ވަނީ އެހާ ހިސާބުންނެވެ.
މިހާފަސޭހައިން ގައިންގަޔަށް އަރާ އެއްވެސް ދިފާއީ ހަތިޔާރެއް ނެތް މި ބައްޔާއި ހަނގުރާމަކުރަން ހުސްއަތާ ނުކުމެތިބި މީހުންނަކީ ހަގީގަތުގައިވެސް މިއަދު ޤައުމީ ބަޠަލުންނެވެ. އެންމެ ބޮޑު ވަރަކަށް ވެސް އެމީހުންނަށް ލިބެނީ ފާޑެއްގެ ރަބަރު ހެދުމަކާއި ދެ ވައްތަރެއްގެ މާސްކަކާއި ގޮގުލްއަކާއި އަންގިއެކެވެ. ބަލި ޖެހުނީމާ އެވަގުތަށް އެ އަޅާ ވޭނަށް ވުރެ މި ހެދުން އަޅަައިގެން ގަޑިއެއްހާއިރު މަޑުކޮށްލިއަސް އެއަޅާވޭން ވަކިން ކުޑައެއް ނުވާނެއެވެ.
"މިހެދުން އަޅައިގެން ހުންނައިރު އެލިބޭ ރައްކާތެރިކަމަށްވުރެ އަޅާ ވޭނާއި ހިތަށްވާ އުނދަގޫ މާބޮޑެވެ. އަރާ ހޫނުން މުޅި ހަށިގަނޑުގެ އެތެރޭގައި ދިޔަހެދިފައެވެ. އަތަށް އަރުވަން ޖެހޭ އަންގި ތަކާއި އަނގަމަތި ފޮރުވާން އަޅާ މާސްކްތަކާއި ބޮލުގައި އަޅާ ރަބަރު ތާކިހަލާއި އަޅަން ޖެހޭ ގޮގުލްއަޅާލައި މުޅި މޫނުމަތި ޕްލާސްޓިކުން ފޮރުވާލީމާ މުޅި މީހާ ގެ ހަށިގަނޑަށް އުފުލަން ޖެހޭ އިތުރު ބަރާއެކު މުޅި މީހާ ބަންދުވީއެވެ. ދެން ތަނެއް ކަހައި ގަތަސް ހިރުވައި ގަތަސް ހެދޭނެ އެއްވެސް ގޮތެއް ނޯވެއެވެ. ތަލިހިކި ކުޅު ހިކިގެން ގޮސް ފެންބޮވައިގަތަސް ހަމަ ހެދޭނެ އެއްގޮތެއްވެސް ނޯވެއެވެ." ބަލިމީހާއާއި ކުރިމަތިލާން އެއަޅާ ރައްކާތެރި ހެދުން ނުވަތަ ޕީޕީއީ އެޅުމުން ކުރެވޭ އިހުސާސްތައް ބަޔާން ކޮށްދެމުން ކުރީ ސަފުގައި މަސައްކަތްކުރާ ބޭފުޅަކު ލިއުއްވާފައި ވެއެވެ.
ކޯވިޑް-19 ގެ ރޯގާބަލިމަޑު ކަމުގައި އެންމެ ބޮޑު ބުރައެއް އުފަލާ އެންމެ ނުރައްކާތެރި ހާލަތުގައި މަސައްކަތްކުރާ ބަޔަކީ ޞިއްހީ އެހީތެރިންނެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ ޚިދުމަތުގައި އެހީތެރިކަން ފޯރުކޮށްދޭ އެހެނިހެން މަސައްކަތްތެރީންނެވެ. މީގެއިތުރުން ރާއްޖޭގައި ފުލުހުންނާއި ސިފައިންވެސް އެދަނީ މިމަސައްކަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ. ބައްޔަށް ޝައްކުވާ މީހުންގެ ގައިން ސާމްޕަލް ނަގަނީ ޞިއްޙީ އެހީތެރިންނެވެ. ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައިވެސް ޑޮކްޓަރުންނާއި ނަރުހުންނާއި އެމީހުންގެ ސަޕޯޓް ސްޓާފުންނެވެ. ބަލި މީހުން ކަރަންޓީނާއި އައިސޮލޭޝަނަށް ގެނަދިއުމުގައިވެސް ޞިއްޙީ އެހީތެރިންނާއެކު ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުން އެގެންދަނީވެސް ހަމަ ފުރާނަ އަތްމައްޗަށް ލައިގެންނެވެ.
ރާއްޖޭގައި ބަލި ފެތުރޭން ފެށީއްސުރެ ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ޒުވާން ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުގެ ހިތްވަރު އާދަޔާ ޚިލާފަށް ވަކިން ގަދަކަން ފާހަގަ ކުރެވޭ ކަމަށް ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީ ތަކުގައި ތިބި ބައެއް މީހުން ބުނެފައިވެއެވެ. އަދި މިމަސައްކަތުގައި ހަރަކާތްތެރިވާ ޓީމުތައް މަސައްކަތް ކުރަމުންދާ ގޮތް ސިފަކޮށް ބައެއް މީހުން ލިޔެފައިވާ ގޮތުގައި އެތަނުން ނަރުހެއް ސިފައިންގެ މީހެއް ޑޮކްޓަރެއް ވަތްކެއް ނުވާ ވަރަށް އެމީހުންގެ ޓީމް ވޯކް ވަރުގަދައެވެ. މިދެންނެވި ފަދަ ގިނަ މީހުން ބުނެފައިވަނީ ހަގީގަތުގައި އެއީ ވަރަށް އަޒުމު ވަރުގަދަ ހިތްވަރުގަދަ ކެތްތެރި އިހުސާންތެރި ބައެއް ކަމަށެވެ. އެމީހުންގެ ފުރާނަ އަތްމައްޗައްލައިގެން ގޮސް އެކަހެރި ކޮށްފައިވާ ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ އެމީހުންނަށް ފަރުވާ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އެގެންދަނީ އަމިއްލަ ފުރާނައަށްވުރެ އަނެއް އިންސާނާގެ ފުރާނަ ސަލާމަތް ކުރުމަކީ އެމީހުންގެ ވާޖިބު ކަމުގައި ދެކިގެންނެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަން ތަހައްމަލު ކުރަމުންދާ ދުނިޔޭގެ އެކި ގައުމުތަކުގެ ތަޖުރިބާ ތަކަށް ބަލާއިރު އެންމެ އަވަހަށް މި ބަލީގެ ނުރައްކަލަށް ހުށަހެޅެމުންދާ ބަޔަކީ މިދެންނެވި ކުރީ ސަފުގައި މަސައްކަތްކުރާ ޞިއްހީ އެހީތެރިންނެވެ. މިހާތަނަށް އައިއިރު އެއްދާއިރާއަކުން އެންމެ ގިނަ ބައެއްގެ ފުރާނަ މި ބަލާއާފާތުގެ ތެރޭގައި ގެއްލިފައިވާ ދާއިރާއަކީ ޞިއްޙީ ދާއިރާއެވެ. މީގެއިތުރުން ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވަމުން ދާއިރު އެކި ހާލަތްތަކުގައި ކަރަންޓީންވާން ވެސް ޖެހެއެވެ. ބައްޔަށް ހުށަހެޅުމުން އައިސޮލޭޓްވެސް ވާން ޖެހެއެވެ. އެކަމަކު މި ޚިދުމަތްތެރިންގެ ތަފާތަކީ ހަމަ ބަލިން ރަނގަޅުވާއިރަށް އަނެއްކާވެސް އިންސާނީ ޚިދުމަތަށް ނުކުމެ ޖެހުލުމެއްނެތި ޚިދުމަތް ކުރާން ފެށުމެވެ.
ކޯވިޑް-19 އާއި ދެކޮޅަށް ކުރާ ހަނގުރާމައަށް ރާއްޖެ ކުރިމަތިލީއްސުރެ އެމްއެންޑީއެފް ނުވަތަ ރާއްޖޭގެ ސިފައިންނަކީވެސް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ އެއް ފައުޖެވެ. މީހުން އެއްތަނުން އަނެއް ތަނަށް އުފުލުމުގައާއި މާލެ ތެރެ ހަންމަތަ ކުރުމުގައާއި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ސާމާނު ޑެލިވަރީ ކޮށްދިނުމުގައިވެސް އެމީހުން ރެއާއި ދުވާލު ވަރުބަލިކަމެއް ނެތި މަސައްކަތް އެކުރަނީ ޤައުމީ ޖޯޝުގައެވެ. ރައްޔިތުންގެ ހައްގުގައެވެ. މިނުރައްކާތެރި ވަބާއިން މިޤައުމާއި ރައްޔިތުން ސަލާމަތް ކުރުމުގައެވެ. މިހާތަނަށް މިފައުޖުގެ ފަސް މީހަކު ބައްޔަށް ޕޮޒިޓވްވި އިރު އެތައްބަޔަކު މިހާރު ވަނީ ކަރަންޓީނު ވެސް ކޮށްފައެވެ. މި ފައުޖުގެ އިސް ކޮމާންޑަރުން ވިދާޅުވަނީ މި ގައުމުގެ މި ދެންނެވި ޤައުމީ ބަޠަލުން މައިދާނަށް ނުކުތީ ވަޒަން އަރާނެ ކަމާއި ޒަޚަމްވާނެކަން ވެސް ދެނެގެން އެކަން އެނގިގެން ކަމަށެވެ. އަދި ބަލި ޖެހުނު މީހުންވެސް ޝިފާ ލިބޭއިރަށް އަލުން މައިދާނަށް ނުކުމެ މި ޤައުމީ ޖިހާދުގައި ބައިވެރި ވާނެ ކަމަށެވެ.
މި ޤައުމުގެ ސަލާމަތީ ބާރުގެ މި ވަރުގަދަ ޢަޒުމާއި ހިތްވަރުން، ޤައުމީ ޖޯޝުން މިޤައުމުގެ ދަރީންގެ ލޯތައް ފެންކަޅި ކޮށްލިއެވެ. ހިތްތައް ރޮއްވާލިއެވެ. އެމީހުންނަށް ދެވިފައި އޮތް ގަދަރާއި އިއްޒަތް އެތައް ދަރަޖައަކަށް އުފުލިގެން ދިޔައެވެ. ޝުކުރިއްޔާއޭ، ހިތާހިތާ ބުނެލެވުނީ ކިތައް މީހުންނަށް ކަމެއްވެސް ނޭނގެއެވެ.
މިކަން މި ފާހަގަ ކޮށްލީ އެއްގޮތަކަށް ވެސް ފުލުހުންގެ ބުރަ މަސައްކަތާއި އެމީހުންގެ އަގުހުރި ޚިދުމްތައް އެއްފަރާތްކޮށް ހަނދާން ނައްތާލާފައެއް ނޫނެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފުލުހުންގެ ހީވާގި ފައުޖުން އެކުރަނީ ހަމައެހާމެ ބުރަ މަސައްކަތެކެވެ. ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކުން އެންގެވި ކޮންމެ ކަމެއްގައި ފަސްޖެހުމެއް ލަސްވުމެއް ނެތެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ސާމާނު އެމީހުންގެ އަތްތަކާއި ކޮނޑުތަކުން އުފުލައިދެމުން އެދަނީ އެއްވެސް ޝަކުވާއެއް ހިތްބުރަ ކަމެއް ނެތި އުފަލުންނެވެ. ބަރު ފެންކޭސްތަކާއި ބުރަ ބަސްތާތަކާއި ބިޔަ ފޮށިތައް އުފުލުމުގައިވެސް ސަލާމަތީބާރުތަކުގެ ފިރިހެނެއް އަންހެނެއް ތަފާތެއް ނެތެވެ.
މި ހަނގުރާމައިގާ އެންމެ ކުރީ ސަފުގައި ހުސް އަތާ ނުކުމެ އެތިބަ ޓީމަކީ މާދަމާ މިޤައުމުގެ ދަރީން ފަޚުރުވެރި ވާނެ ވަރުގަދަ ހިތްވަރުގަދަ ޢަޒުމު ވަރުގަދަ ޓީމެކެވެ. ދުނިގޭގެ ޤައުމުތަކުން އެފެންނަ ބިރުވެރި މަންޒަރުތަކާއި އަޑުތަކާއި ކުރަމުންދާ ހިތާމަވެރި ތަޖުރިބާތަކުން ކަންފަތް ބުޑުގައި ޖަހަމުންދާ އިންޒާރުގެ ރަނގަގަބީލަކަށް ވިސްނުމެއް ބެލުމެއް ނެތެވެ. މާދަމާވެސް މައިންބަފައިންނާއި އަނބިދަރިންނާއި ފިރިންނާ އަދި ލޯބިވާ އާއިލާތަކާއި ބައްދަލުވާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތިއެވެ. އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ވަރުގަދަ ޢަޒުމުގައެވެ. އެމީހުންގެ އޮތީ ހަމައެކަނި ކުރެވޭ އުއްމީދެކެވެ. އެއުއްމީދުގައި ހަގީގީ ކުލަ ޖައްސަން މި ބަޠަލުން ބޭނުންވަނީ ރައްޔިތުން ކެތްތެރިކަމާއެކު ބަސްއަހައިގެން ގޭގައި ތިބުމެވެ. އަމިއްލަ ރައްކާތެރިކަމާއި އާއިލާގެ ރައްކާތެރިކަމާއި މުޅި މުޖުތަމަޢުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައެވެ.

ކިޔުންތެރިންގެ ހިޔާލު