(ކުރީގެ އަދަދާ ގުޅޭ)
[އެންމެ ރަނގަޅު...ތިކަމެއްވެސް ކުރާނީ...މިރޭ މާ އަވަހަށް ނިދިވެސް އަތުވެއްޖެ...] އާފުރެމުން އިޔާދު ވާހަކަ ދެއްކިއެވެ. އޭރު އޭނާގެ ދެލޮލަށް ވަނީ ނިދީގެ އަސަރު އިންތިހާއަށް ވެރިވެފައެވެ. އެހެންކަމުން، އިޔާދަށް އުނދަގޫ ކުރުމެއްނެތި، ގީތާވެސް ނިދަން އޮށޯވެއްޖެއެވެ.
އެނދުގައި ބުރަކަށިޖެހި، ދިގު ދެމިލެވުމާއެކު، ނިދީގެ އަސަރުން އިޔާދުގެ ދެލޯ މެރުނެވެ. ގީތާއަށްވެސްވީ ހަމަ އެވަރެވެ.
އެރޭ އަރާމު ނިންޖަކުން ނިދާފައި އޮތް އިޔާދަށް ހޭލެވުނީ، ކޮންމެވެސް މީހަކު އޭނާގެ ނަމުން ގޮވާ އަޑަށެވެ. ބައެއްފަހަރު ކަންފަތްދޮށުން އިވޭ އަޑެއްހެންވެސް ހީވެއެވެ.
އިޔާދު ދެލޯ ހުޅުވައި، ވަށައިގެން ހޯދާލިއެވެ. ނަމަވެސް، އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
[އިޔާދު...އިޔާދު....] ހީވީ އެނދު ތަންދޮށުން އިވުނު އަޑެއްހެންނެވެ. އިޔާދު ތެދުވެއްޖެއެވެ. ފުރަތަމަ އޭނާ ބަލައިލީ، ގާތުގައި ނިދާފައި އޮތް ގީތާއަށެވެ.
[އިޔާދު...އާދޭ ބޭރަށް...އާދޭ...] މިފަހަރު އަޑުއައީ މެދުގޭތެރޭންނެވެ. އެއާއެކު، އަމިއްލަ އިޚްތިޔާރަކާ ނުލައި، އިޔާދަށް ހިނގައިގަނެވިއްޖެއެވެ.
ދޮރު ހުޅުވައި ބޭރަށް ނުކުމެވިއްޖެއެވެ. މެދުގޭތެރެ ހޯދާ ބަލައިލުމަށްފަހު، ބޮޑު ކޮޓަރިއަށް ނުކުމެވުނެވެ. ބޮޑު ކޮޓަރިއަށް ވަށައިގެން ނަޒަރު ހިންގާލުމަށްފަހު، ހިލަމެއް ނުވުމުން، ގޯތިތެރެޔާ ހަމައަށްވެސް ނުކުމެވުނެވެ.
[އިޔާދު...އަހަންނޭ އިޔާދަށް ގޮވީ...އަދިވެސް ތަންކޮޅެއް އެތެރެއަށް އައިސްބަލަ.] މިފަހަރު އަޑު އިވުނީ، ގޯތިތެރޭ ހުރި ކެޔޮފީންޏެއްގެ ތެރެއިންނެވެ. އިޔާދު އެއްވެސް ޚިޔާލެއް ފިކުރެއްނެތި، އެ ކެޔޮފީންޏާ ދިމާއަށް ހިނގައިގަތެވެ. އެ ގޮވަނީ ކާކުތޯ އޮޅުންފިލުވުމުގެ ފިކުރެއްވެސް އޭނާގެ ނެތްކަހަލައެވެ.
[އިޔާދު....އިޔާދު....] މިފަހަރު އަޑުއިވުނީ އޭނާއާ ދާދި ގާތުންނެވެ.
[ކާކުތަ ތީ؟] އިޔާދަށް ހަމަ ހޭވެރިކަންވީ ދެނެވެ.
[އަހަރެނ.....އިޔާދުގެ ސަބަބުން ނިކަމެތިވެފައިވާ މީހެއް...] ކެޔޮފީނިތެރެއިން އަންހެނަކު ނުކުތެވެ. އެއީ ހަމަ އޭނާއެވެ. މިފަހަރުވެސް ލައިގެން ހުރީ ރަތް ލިބާހެވެ.
[ތީ ކާކުތަ...އަހަންނަށް އުނދަގޫ ކުރަނީ، ކޮން ކުށަކާ ލައިގެންތަ؟] އިޔާދުގެ ލޮލުން ކަރުނަ ފާއްދާލިއެވެ.
[އަހަންނަށް ކިޔަނީ މަލަކާ. ނޭނގި ނަމަވެސް، އިޔާދު ކުރީ ކުށެއް... ވިލިނގިއްޔަށް ގޮސް އުޅޭ އެއްވެސް ބަޔަކު، މީގެކުރިން އަހަންނަކަށް އުނދަގުލެއް ނުކުރޭ.] މަލަކާ އިޔާދާ ހަތަރުކަޅި ހަމަކޮށްލިއެވެ. އޭރު މަލަކާއަށް ރޮވެނީއެވެ. އިޔާދުހުރީ ގެންފައިވާ ބިރެއްގެ ސަބަބުން ގުޑާވެސްނުލެވިފައެވެ.
[ނޭނގި ކުރެވުނު ކުށެއްގެ ސަބަބުން އަހަންނަށް އުނދަގޫ ތިކުރަނީ ކީއްވެތަ؟] އިޔާދު ތުރުތުރުއަޅަން ފެށިއެވެ.
[އަހަރެން އިޔާދު މިތަނަށް ގެނައީ، އުނދަގުލެއް ކުރާކަށް ނޫން. އަހަންނަށް މިހާރު އިޔާދުގެ އެހީ ބޭނުންވާތީ. އަހަންނަށް ލިބުނު އަނޔާގެ ބަދަލުގައި، އިޔާދަށް އަނިޔާއެއް ކުރާކަށް އަހަރެން ބޭނުމެއް ނޫން. އިޔާދުގެ ފުށުން އަހަރެން ބޭނުންވަނީ އެންމެ ކަމެއް.] މަލަކާގެ އަޑުގައި އެއްވެސް ނާމާން ކަމެއް ނެތެވެ. އެ އަޑުގައިވެސް ވަނީ ހިތާމައިގެ އަސަރެވެ.
[އަހަންނަށް މަލަކާއަށް ކޮށްދެވޭނީ ކޮންކަމެއްތަ؟] އިޔާދު އިސްއުފުލައި، މަލަކާގެ މޫނަށް ބަލައިލިއެވެ.
[އިޔާދު....ގެ ފަރާތުން އަހަންނަށް ލިބުނު އަނިޔާގެ ސަބަބުން އަހަރެންގެ ފިރިމީހާ، އަހަރެން ވަރިކޮށްފައި، އެހެން މީހަކާ އިނދެފި....މިއަދު އަހަރެން މިވަނީ މުޅިން އެކަނިވެރިވެފައި.] މަލަކާ ބާރު ބާރަށް ރޯން ފަށައިފިއެވެ.
[ތިކަމުގައި އަހަންނަށް ކޮށްދެވޭނީ ކޮންކަމެއްތަ؟] އިޔާދުގެ ބިރުވެރިކަން މަޑުމަޑުން ފިލަން ފެށިއެވެ.
[އިޔާދުގެ ކިބައިން އަހަރެން ބޭނުންވަނީ، އެންމެ ކަމެއް. އެއީ އިޔާދަށް ކުރެވިދާނެ ކަމެއް.] މަލަކާ، ސީދާ އިޔާދުގެ ކުރިމަތީގައި (ބިންމަތީގައި) އިށީނދެއްޖެއެވެ.
[އެއީ ކޮންކަމެއް؟] އިޔާދު އެއްސެވެ.
[އަހަރެންގެ ޙަޔާތަށް އައުން. މިބުނީ އިޔާދުގެ ޙަޔާތުގެ ބައިވެރިޔަކަށް އަހަރެން ޚިޔާރުކުރާށޭ...] މަލަކާ ސީދާ އިޔާދުގެ ލޮލަށް ބަލަން ހުރެފައި ބުންޏެވެ. ލިބުނު ސިހުމާއެކު، ދެލޯ ބޮޑުވެ، އިޔާދަށް ނޫނެކޭ ބުނާފަދަ ގޮތަކަށް ބޯހޫރާލެވުނެވެ.
[ކިހިނެއްވީ؟] އިޔާދުގެ ޙަރަކާތްތަކަށް ބަލަން ހުރެފައި، މަލަކާ އެއްސެވެ.
[ކިހިނެއްތަ އަހަރެން މަލަކާއާ ކައިވެނި ކުރާނީ؟ އާދޭސްކުރަން، އަހަރެންގެ އުފާވެރި ދިރިއުޅުމުގެ ތެރެއަށް ވަންނަން މަލަކާ މަސައްކަތް ނުކުރޭ.] އިޔާދު ގެޔާ ދިމާއަށް ހިނގައިގަތެވެ.
[މަޑުކުރޭ...އިޔާދު...އަހަރެން އިޔާދުގެ ދިރިއުޅުމުގެ ތެރެއަކަށް ނުވަންނަން. ވަންނާކަށް މަސައްކަތެއްވެސް ނުކުރަން. އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ވަނީ އިޔާދު...އަހަރެންގެ ދިރިއުޅުން ހަލާކުވީ، އިޔާދުގެ ސަބަބުން. އަހަރެން ނިކަމެތިކޮށްފައި، ޙާލުގައި ޖެހުނު ހިނދު، އަހަންނަށް އެހީނުވެ ނުދޭ.] މަލަކާ އިޔާދު ހުއްޓުވިއެވެ.
[މަލަކާއަށް ނޭނގެނީތަ، އަހަންނަކީ މީހެއްގެ ފިރިއެއްކަން.] އިޔާދަށް ރޮވުނެވެ.
[އެނގޭ...އެކަމަކު ދެއަންބަށްވެސް އަހަރެން ބޭނުންވަނީ، އިޔާދާ އިންނަން. އަހަންނަށް އެނޫން ގޮތެއް ނެތް...އެނޫން ގޮތެއް ނެތް. އަހަރެންގެ މި ނުކުޅެދޭ ޙާލުގައި، އަހަރެންގެ ނަސްލުގެ މީހަކު އަހަންނާ ނީންނާނެ.] މަލަކާ ބާރުބާރަށް ރޮމުންދިޔައެވެ.
[ނޫން...ނޫން...ތިހެން ނުބުނޭ...ތިހެން ނުބުނޭ.] އާދޭހުގެ ރާގަކަށް އިޔާދު ބުންޏެވެ.
[ވަރިހަމައޭ، މިހާރުގޮސް ވިސްނާފައި، ފަހުން ގޮތެއް ނިންމިޔަސް. އެކަމަކު އަހަންނަކަށް އިޔާދާ އިނުން ނޫން އެހެން ގޮތެއް ނެތް....] މަލަކާ ތެދުވެގެން ކެޔޮފީނިތެރެއަށް ވަދެގެން ހިނގައިގަތެވެ. އިޔާދު ގޮސް ގެޔަށް ވަދެއްޖެއެވެ. އެރޭގެ ބާކީ އޮތް ވަގުތު އޭނާ ހޭދަކުރީ ވިސްނުމުގައެވެ. މަލަކާއާ ކައިވެނިކުރުމާ މެދަކު ނޫނެވެ. އޭނާގެ ހުރިހާ ފިކުރުތަކެއް ވަނީ މަލަކާގެ ކިބައިން ސަލާމަތްވާނެ ގޮތަކާ ދޭތެރޭގައެވެ.
[މަލަކާ...މަލަކާ....މަލަކާ...] ނިދިޖެހުނު ވަގުތު އިޔާދުގެ ދެތުންފަތް ފޭވެލާ، ދޫ ޙަރަކާތް ކުރިއެވެ. އެ އަޑު، އެވަގުތު ހޭލާ އޮތް ގީތާއަށް އިވުނުވެސްމެއެވެ. އެހެންކަމުން، އިޔާދު ނިދީގައި އޮވެ، އެކީ އެއްޗެއް އޮޅުންފިލުވަން ގީތާ ބޭނުންވިއެވެ. އޭނާ އޮތީ އިޔާދު ހޭލަންދެން ކެތްމަދުވެފައެވެ.
[އިޔާދު...ނިދީގައި އޮވެ، ހާދަ ވާހަކަތަކެއް ދައްކައިފިޔޭ....މަލަކާ ކިޔާ މީހަކު ދަންނަންތަ؟] ގީތާ ވާހަކަ ފެށީ، އިޔާދު ނާސްތާ ކުރަން އިންދައެވެ. ގީތާގެ އެ ޖުމްލައާއެކު، ސިހިފައި އިޔާދަށް ތެޅިގަނެވުނެވެ.
[މަލަކާއޭ!؟ ނުދަންނަން...] ހަމަޖެހޭގޮތް ދައްކަމުން އިޔާދު ބުންޏެވެ.
[އެކަމަކު، ނިދާފައި އޮވެ، ދެތިންފަހަރު މަލަކާއަށް ގޮވި.] ގީތާ ބުންޏެވެ. ޝަޒާދާ އެތަނަށް އައިސް ވަނީ އެވަގުތެވެ.
[ދަރިފުޅާ....މިހާރު މުޅިން ހަމައަކަށް އެޅިއްޖެދޯ. ކޮބާ މިހާރު ކަނދޮޅުދޫ ދަތުރު އެބަ ހަމަޖެހޭތަ؟] މޭޒުމަތީ ހުރި ފެން ޖަގުން ބިއްލޫރި ތައްޓަކަށް ފެން އަޅައި ބޯން ފަށަމުން، ޝަޒާދާ ވާހަކަ ދެއްކިއެވެ.
[އާނ، ރަނގަޅު...ގީތާ ބުނީ އަދި ތަންކޮޅެއް ފަހުން ދަތުރު ތައްޔާރު ކުރިޔަސް ވަރިހަމަޔޯ ދޯ ގީތާ.] މަންމަ (މައިދައިތަ) އަށް ޖަވާބުދެމުން އިޔާދު ގީތާއަށް ދޯ އެއްލިއެވެ.
[ތެދެއް މަންމާ....އަންނަ މަހު މެދެއްހާތާ ދާންކަމަށް މި ޤަޞްދުކުރަނީ.] ގީތާ އިތުރަށް އޮޅުންފިލުވައިދިނެވެ. އެ ދަތުރަކީ، ގީތާގެ ޙަޔާތުގައި ކުރެވޭނެ ތާރީޚީ ދަތުރަކަށްވާނެކަން ކަށަވަރެވެ.
[މަންމައެއް ނޫނިއްޔާ ދާންއުޅެނީ...ދަރިފުޅުމެނަށް ފެންނަ ގޮތަކަށް ނިންމީމާ ރަނގަޅުވާނެ.] ޝަޒާދާ ބުންޏެވެ. އޭރުވެސް އިޔާދުހުރީ މުޅިން އެހެން ދުނިޔެއެއްގައެވެ. އޭނާއަށް ޝަޒާދާ ދެއްކި ވާހަކަ އަޑުނީވޭ ކަހަލައެވެ. އޭނާގެ ލޯމަތިން ތަޞްވީރުވަމުން ދަނީ މަލަކާއެވެ. މަލަކާގެ އާދޭހުގެ އަޑު، އޭނާގެ ކަންފަތުގައި ހަރުލާފައިވާ ކަހަލައެވެ. ހިތަށް އަރަމުންދިޔައެވެ. [މަލަކާ ކިތަންމެ އާދޭސް ކުރިޔަސް، މަލަކާ އޭނާގެ ޙަޔާތަށް ގެންނާނީ ކިހިނެއް ހެއްޔެވެ؟ އެއީ އިންސާނެއްނަމަތާއެވެ. ޖިންނިއެކެވެ. އެކަމަކު ތެދެކެވެ. އަހަރެންގެ ސަބަބުން އޭތި ނިކަމެތި ވެއްޖެއެވެ. އެކަނިވެރިވެއްޖެއެވެ. އޭނާ ބުނާގޮތުން މިއަދު ދިރިއުޅުމުގައި އޭނާއަށް ބޭނުންވަނީ އަހަރެންގެ އެހީއެވެ. މުސްތަޤްބަލް އޭނާ ޙިއްޞާކުރަން ބޭނުންވަނީ އަހަންނާ އެކުގައެވެ.]
މި ފުން ޚިޔާލީ ކަނޑުގައި ފަތަމުންދިޔަ އިޔާދަށް ސިހުން ގެނުވީ ގީތާއެވެ. ގީތާ ކަރުކެހިލާފައި، އިޔާދުގެ ދެކޮނޑުގައި ހިފާ ތަޅުވާލިއެވެ.
[ކޮންކަމަކާ ދޭތެރޭގައި މާބޮޑަށް އިޔާ ތިޔަ ވިސްނަނީ؟] އޭރު ޝަޒާދާވެސް އެތަނުން ނުކުމެގެން ހިނގައްޖެއެވެ.
[ނުވިސްނަން....] އިޔާދު ތެޅިގަތެވެ. ގީތާއަށް އޭނާ ކުރި ސުވާލުގެ ޖަވާބުވެސް ލިބުނެވެ.
[ނުވިސްނަމޭ ބުނެ، އިޔާ ތި ހެދީ ދޮގުކަން އަހަންނަށް ސާބިތުވެއްޖެ.] އިޔާދާ ގާތަށް ގީތާ ޖެހިލިއެވެ.
[ތިބުނީ ކިހިނެއް ސާބިތުވާ ވާހަކަތަ؟] އިޔާދު މަސައްކަތްކުރީ ގީތާއަށް އޮޅުވާލާށެވެ. ވެދާނެއެވެ. މަލަކާގެ ވާހަކަ ކިޔައިދީގެން، ގީތާގެ ހިތަށް ބިރުވެރިކަން ވައްދަން އޭނާ ބޭނުން ނުވަނީއެވެ.
[އިޔާ ދެންމެ ތެޅިގަތް ގޮތުން، އަހަންނަށް ޔަޤީންކުރެވޭ...އިޔާ ކޮންމެވެސް ކަމަކާ ވިސްނާކަން....އަޅެ އަހަރެންގެ ގާތުވެސް ބުނެބަލަ. އަހަރެން ބޭނުމޭ، ފިރިމީހާއަށް ދިމާވާ ކަންތައްތަކުގައި ޝެއާރވާން.] ގީތާ އިޔާދުގެ ކޮނޑަށް އަތް ވައްޓާލިއެވެ.
[އަހަރެންވެސް ބޭނުމެއް ނޫނޭ، ގީތުއާ ޙިއްޞާނުވެ، އެއްވެސް ކަމެއް ކުރާކަށް...] އިޔާދު ބުންޏެވެ.
[އެކަމަކު، އަހަންނަށް ހަމަ ޔަޤީން، އިޔާ އަހަންނަށް ކޮންމެވެސް ކަމެއް އެބަ ސިއްރުކުރޭ.] ގީތާ އިޔާދުގެ ކޮނޑުގައި ބޯއަޅާލިއެވެ.
ފިރާޒް އައިސް ވަނީ އެވަގުތެވެ. އޭނާ އައިސް ވަންއިރު ހުރީ ހެވި ދިލިފައެވެ. ހީވަނީ ދަތް އުނގުޅާ ބޭހެއްގެ އިޝްތިހާރެއް ހެންނެވެ.
[ހާދަ އުފާވެފައި...ކޯލްގެޓް އިޝްތިހާރެއްތަ؟] އިޔާދު ފިރާޒާ ދިމާކުރިއެވެ.
[ތިހެން ހީކުރިޔަސް، އެންމެ ރަނގަޅު....އެނގޭތަ؟ ލީނާ އާނ ބަސް ބުނެފިޔޭ.] ފިރާޒަށް ވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަން ލިބިފައެވެ.
[އަހަރެން ގާތު، މިއަދު ހެނދުނު ލީން ބުންޏޭ ތިވާހަކަ. އިޔާ އެނގޭތަ، މިއޮއްހާ ދުވަހު، ހިތްއެދޭ ސިފަތައް ފުރިހަމަވެފައިވާ މީހަކު ނުފެނިފައި ހުރި ލީން، ހަމަ ރަނގަޅަށްވެސް ފިރާޒްގެ ޖާދޫގައި ޖެހުނިއްޔޭ....ފިރާޒާ ބެހޭގޮތުން ހާދަ ވާހަކަތަކެއް، އަހަރެން ގާތު ލީން ދެއްކިޔޭ.] ގީތާ ކިޔައިދިނެވެ. ގީތާގެ އެވާހަކައިންވެސް ފިރާޒަށް ލިބުނީ އިތުރު އުފަލާއި ހިތްހަމަޖެހުމެވެ.
[ވަރިހަމަނު، ފިރާޒްވެސް އެހުރީ އަރާ ހިކިފައިވިއްޔަ. ފިރާޒަށް ހެޔޮވާނެ، މިހާރު ލީނާގެ ނަން ކިޔަސް.] އިޔާދު ފިރާޒާ ދިމާކުރިއެވެ.
[އަހަރެން އެކަނިތަ؟ އިޔާދުވެސް ގީތާއާ ރައްޓެހިވެގެން އުޅުނުއިރު ހީވަނީ އެހެންފަދަ ކަމެއްހެން.....] ރައްދުގައި ފިރާޒްވެސް އިޔާދާ ދިމާކޮށްލިއެވެ.
[އަހަރެމެންގެ ލޯތްބަކީ ދެން ލައިލާއާއި މަޖްނޫނުގެ ލޯތްބަށްވުރެންވެސް މާ ވަރުގަދަ ލޯތްބެއްވިޔަ ދޯ؟ ގީތު....] އިޔާދު ގީތާއަށް ދޯއެއްލުމަށްފަހު، މެދުގޭތެރޭ އުނދޯލީގައި އިށީނދެއްޖެއެވެ.
[ތިއީ ލައިލާ މަޖްނޫނުތާ....އަހަރެމެންގެ ލޯތްބަކީ ލައިލާ މަޖުނޫނު ކީއްކުރަން، ޝީރީން ފަރުހާދާއި، ރޯމިޔޯއާއި ޖޫލިއަޓްގެ ލޯތްބަށް ވުރެންވެސް، މާ ވަރުގަދަ ޢިޝްޤީ ލޯތްބެއް...] ފިރާޒް އޭނާގެ ކޮޅު ގަދަކޮށްލިއެވެ.
[ކީއްވެތަ، ތި އެންމެންގެ ނަންކީއިރު، ދޮންހިޔަލައާއި ޢަލިފުޅުގެ ނަމާއި، އިޔާދާއި ގީތާގެ ނަން ނުހިމެނީ.] އިޔާދު ނިކަން ބާރަށް ހީގަތެވެ. އެވަގުތު އުނދޯލީގެ ބިއްދޮށުން މީހަކު އަރައި އިންކަމުގެ އިޙްސާސް އިޔާދަށް ކުރެވުނެވެ. އޭނާ ސިއްރު ސިއްރުން ބިއްދޮށަށް ބަލައިލިއެވެ. ހަމައެޔާއެކު، އޭނާ ދިޔައީ ސިއްސައިގެނެވެ. އުނދޯލީގެ ފަޑިމަތީގައި، މާ ރީއްޗަކަށް އިށީނދެގެން އިނީ މަލަކާއެވެ. މަލަކާ އިނީ އިޔާދާ ދިމާއަށް ބަލަހައްޓައިގެން ހިނިއައިސްފައެވެ. ވަގުތުން އިޔާދުގެ އަނގައިން ބަސް ހުސްވެ، ހުއްޓުންއެރި ކަހަލައެވެ.
[އިޔާދު....ކުއްލިއަކަށް ކީއްވެތަ އަނގަ މަޑުވީ. ވާހަކަ ހުސްވީތަ؟] ފިރާޒް އެއްސެވެ. ޖަވާބު ދިނުމުގެ ބަދަލުގައި، ދެންވެސް އިޔާދު ބަލައިލީ މަލަކާއާ ދިމާއަށެވެ. މަލަކާ އިނީ ކަޅިވެސްޖަހާނުލާ އިޔާދާ ދިމާއަށް ބަލަހައްޓައިގެނެވެ.
[ވާހަކަ ހުސްވީކީ ނޫން. ގީތު ދޭބަލަ، ސައި ހަދަން...] އިޔާދު ބޭނުންވީ ވީހާވެސް އަވަހަކަށް އެތަނުންދާށެވެ. ގީތާ ކާގެޔާ ދިމާއަށް ހިނގައިގަތެވެ.
[އަހަރެން ހަމަ ދެންމެއޭ ސައިބޮއިގެން މިއައީ.] ފިރާޒް ބުންޏެވެ.
[ސައިބޮއިގެން އަޔަސް ވަރިހަމަ، މިގެއިންވެސް ވާނެ ސައިބޯން.] އިޔާދު ސިއްރުން މަލަކާއާ ދިމާއަށް ބަލައިލުމަށްފަހު، އުނދޯލިން ތެދުވެއްޖެއެވެ. ހަމައެޔާއެކު، މަލަކާ ގެއްލުނެވެ. އިޔާދާއި ފިރާޒް ގޮސް ކާގެޔަށް ވަދެއްޖެއެވެ.
ކާގެހުރި ހަމަޔަށް ދެވުމާއެކު، އިޔާދަށް ލިބުނީ އިތުރު ޙައިރާން ކަމެކެވެ. ގީތާއާއެކު ސައި ތައްޔާރު ކުރުމުގެ މަސައްކަތުގައި މަލަކާވެސް ހުއްޓެވެ.
އިޔާދު ހުއްޓުނެވެ. މަލަކާގެ ޙަރަކާތްތަކަށް ބަލަހައްޓައިގެން، އެއްވެސް ޙަރަކާތެއްނެތި ހުރެވުނެވެ.
މަލަކާ ގީތާއަށް އަތްގާތްކޮށްދޭހެންވެސް ބައެއްފަހަރު ހީވެއެވެ.
[ސައިބޯން ފަށަންވީނު.] ސައި ހަދައި ނިންމުމަށްފަހު، ގީތާ ބުންޏެވެ. އިޔާދާއި ފިރާޒް ސައިބޯން ފެށިއެވެ. މަލަކާވެސް ބާވަތެއްގެ ހެދިކާ ތަށްޓެއް ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ.
[ކޯއްޗެއް މިއީ؟] އިޔާދަށް އެ ތައްޓަށް ބަލަހައްޓައިގެން އިނދެ، ބޭއިޚްތިިޔާރުގައި ބުނެވުނެވެ. އެ ތަށި ފެންނަނީ ހަމައެކަނި އޭނާއަށްކަން އޭނާއަށް އެނގުނީ، ގީތާއާއި ފިރާޒް އޭނާއާ ސުވާލު ކުރުމުންނެވެ.
[ތީ ބިސްކޯދެއްނު.] ފިރާޒް ހީގަތެވެ. އޭރުވެސް މަލަކާގެ ހޫނު އިޙްސާސް ކުރެވޭހާ ގާތުގައި އޭނާ ހުއްޓެވެ. ނަމަވެސް، އިޔާދު މަލަކާއާ ދިމާއަށް ބަލައިވެސްނުލައެވެ. އޭނާ ނިކަން އަވަހަށް ސައިބޮއިގެން ތެދުވެއްޖެއެވެ.
[ހާދަ އަވަހަކަށް ނިންމާލީ. އަހަރެންވެސް ނިމެންދެން މަޑުކޮށްބަލަ.] އިޔާދު ތެދުވެގެން ހިނގައިގަތުމުން، ފިރާޒް އިޔާދު ހުއްޓުވިއެވެ.
[ކެވުނު އެއްޗަކުން އަހަރެންގެ ބަނޑަށް އުނދަގޫވާން ފަށައިފި.] އިޔާދު ދޮގުހެދިއެވެ. ނަމަވެސް، އޭނާ ފިރާޒް ނިމެންދެން މަޑުކުރިއެވެ.
[އަހަރެން އިޔާއަށް އުނދަގޫ ކުރާކަށްނެތިން. އެކަމަކު ބުނަން، އިޔާދު ވިސްނާފައި އަވަހަށް ގޮތެއް ނިންމާތި.] މަލަކާގެ އަޑު، އިޔާދުގެ ކަންފަތުގައި ޖެހުނެވެ. އޭރު މަލަކާ ފާރާ ދިމާއަށް ގޮސް ގެއްލިއްޖެއެވެ.
އެދުވަހަށްފަހު، ދެން ފާއިތުވި ދެދުވަހު ތަންކޮޅެއް މައިތިރިއެވެ. މަލަކާ ލޮލަށް ނުވެސް ފެނޭމެއެވެ. އިޔާދު ފިރާޒް ގާތު މަލަކާގެ ވާހަކަ ބުނީ އެދުވަހުއެވެ.
[ހަމަ ތެދެއް ތިބުނީ؟ ކީއްވެތަ، ކުރިން ތިވާހަކަ ނުބުނީ. އެދުވަހު ސައިބޯން ތިބިއިރުވެސް ތިވާހަކަ ބުނިނަމަ....] ފިރާޒް ބުންޏެވެ.
[ގީތާ ބިރުގެންފާނެތީ...ގީތާއަށް ސިއްރު ކޮށްގެން މިއުޅެނީ....ފިރާޒް ބުނެބަލަ، ކިހިނެއްތަ އަހަރެން އޭނަގެ ކިބައިން ސަލާމަތްވާނީ؟] އިޔާދު ރަޙްމަތްތެރިޔާގެ ލަފަޔަށް އެދުނެވެ. ފިރާޒް ވިސްނާލިއެވެ.
[ކޮންމެވެސް ފަންޑިތަވެރިއެއްގެ އެހީ ހޯދަންޖެހޭނީ...އިޔާ ދަންނަންތަ؟ މުދިމްގޭ ޙަސަންބެއްޔާ.] ފިރާޒް ޚިޔާލުދިނެވެ.
[އާނ، ޝާނީޒްގެ ކާފަގެ ވާހަކައެއްނު ތިބުނީ؟] އިޔާދުވެސް އޭނާ ދަނެއެވެ. ނަމަވެސް، އެއީ ފަންޑި ހަދާ މީހެއް ކަމަކަށް އޭނާއަށް އެނގިފައެއް ނުވެއެވެ.
[ހިނގާ އަހަންނާއެކު އެގެޔަށް ދާން...އެއީ ފަންޑިތަ ހަދަން މިހާރު މިރަށުގައި ހުރި އެންމެމޮޅު މީހާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ މީހާ.] ފިރާޒް ބުންޏެވެ.
އެދުވަހު ދެން ފިރާޒާއެކު އިޔާދު ދިޔައީ މުދިމްގެޔަށެވެ. އެމީހުން އެގެޔަށް ދިޔައިރު، ޙަސަންބެއްޔާ ނަމާދުން ފައިބައިގެން އައިސް ގެޔަށް ވަންނަނީއެވެ.
[އައްސަލާމް ޢަލައިކުމް، ކީއްކުރާ ކުދިބަޔެއް؟] ގޯތިތެރޭ ޖޯލީގައި ތިބި އިޔާދުމެނާ އަރާ ހަމަކޮށް، ޙަސަންބެއްޔާ ވާހަކަ ދެއްކިއެވެ.
[ވަޢަލައިކުމުއް ސަލާމް. ޙަސަންބެއްޔާއާ ބައްދަލުކޮށްލަން އައިސް މިތިބީ.] ސަލާމް ބަލައިގަތުމަށްފަހު، ވާހަކަ ދެއްކީ ފިރާޒެވެ. މަލަކާގެ އިޝާރާތެއް ވެދާނެތީ، ވަށައިގެން ހޯދާލަ ހޯދާލާ އިޔާދު ހުރީއެވެ.
[އާދޭ ދެކުދިން އެތެރެއަށް.] ޙަސަންބެއްޔާ ގޮސް ވަނީ ކޮޓަރިއަށެވެ. ފަހަތުން ކޮޓަރިއަށް ވަނުމަށް ފިރާޒްމެނަށް އިޝާރާތް ކުރުމަށްފަހުގައެވެ. ކޮންމެފަދަ ވަގުތެއްގައިވެސް މަލަކާ ފާޅުވެދާނެތީ، އިޔާދު ހުރީ ފިސާރި ކަންބޮޑުވެ ހާސްވެފައެވެ.
ވެގެން އުޅޭގޮތެއް ޙަސަންބެއްޔާއަށް އޮޅުންފިލުވައިދިނީ ފުރަތަމަ ފިރާޒެވެ. އިތުރު ތަފްޞީލް ދިނީ އިޔާދެވެ.
[އަހަރެން ލިޔެދޭނަން ތަވީދެއް....ތަވީދު އުނަގަނޑުގައި އޮތްހާ ހިނދަކު، އޭތީގެ އުނދަގުލަކާ ކުރިމައްޗެއް ނުވާނެ.] ޙަސަންބެއްޔާގެ ވާހަކައިން އިޔާދަށް ހިނިތުންވުން ގެނެސްދިނެވެ.
[ކިހާދުވަހަކުން ތަވީދު ނިމިދާނެތަ؟] އިޔާދުގެ ހިތް އަވަސްވިއެވެ. ޙަސަންބެއްޔާ ހިނިތުންވެލިއެވެ.
[މިރޭ ނޫނީ މާދަމާ....ލަސްވާނެތަ؟] ޙަސަންބެއްޔާ ބުންޏެވެ. އެވަގުތު އިޔާދަށް އޭނާއާ ދާދި ގާތުގައި މަލަކާ ހުރިކަމުގެ އިޙްސާސް ކުރެވުމާއެކު، ސިއްސައިގެން ގޮސްފައި އެނބުރިއްޖެއެވެ.
[އާނ، މާބޮޑަށްވެސް ލަސްވާނެ. އަހަންނަށް ލާހިކެއް ނޫން، ރައްކާތެރިވެގެން ނޫނީ ގެޔަށްދާކަށް...މިހާރުވެސް އޭތި މިތާތެރޭ ހުރިކަމުގެ އިޙްސާސް އަހަންނަށް އެބަކުރެވޭ.] އިޔާދު ވަށައިގެން އެނބުރި ހޯދަން ފެށިއެވެ. ޙަސަންބެއްޔާ ހިނިތުންވެލިއެވެ.
[އެބާވަތުގެ އެއްޗަކަށް މިގޭ ގޯތިތެރެއަކަށްވެސް ވަންނާކަށް ނުކެރޭނެ. މާބޮޑަށް ބިރުގެންފައި ހުރީމަ، ހީވާ ހީވުމެއް ތިޔައީ.] ޙަސަންބެއްޔާ އިޔާދުގެ ހިތްހަމަޖައްސައިދިނެވެ.
[ތިހެންވީއިރު، ތަވީދު ނިމެންދެން، އަހަރެން މިގޭގައި މަޑުކުރާނީ.] އިޔާދު ބުންޏެވެ.
[އެންމެ ރަނގަޅު....އެކަމަކު ބުނަން، ތަވީދަށް ވަރަށް ރައްކާތެރިވާންވާނެ.] ޙަސަންބެއްޔާ ތެދުވެގެން ގޮސް އަލަމާރި ހުޅުވައި، ތަވީދު ލިޔަން ބޭނުންވާނެ ސާމާނު އޭގެތެރެއިން ނެގިއެވެ. އެއަށްފަހު، ދެތިން ބާވަތެއްގެ ބޭހުގެ ނަން ބުނެ، އެ ހޯދައިގެން ގެނެސްދިނުމަށް ފިރާޒް ގާތު ބުނެފިއެވެ.
[އަހަރެން އެބަ އަންނަން، ޙަސަންބެއްޔާ އެބުނި އެއްޗެހި ހޯދައިގެން.] ފިރާޒް ނުކުތެވެ. ޙަސަންބެއްޔާ ތަވީދު ލިޔަން ފެށިއެވެ. ލިޔަމުން ދިޔައިރު، އެއީ މުޖައްރިބު ތަވީދެއް ކަމަށްވެސް އޭނާ ބުންޏެވެ.
އެދުވަހު އިޔާދު އެގެއިން ނުކުތީ، މަލަކާގެ ކިބައިން ސަލާމަތްވެވޭނެގޮތް ހަދައިގެނެވެ. އެރޭ އޭނާ ހުރީ އިންތިހާއަށް އުފާވެފައެވެ. އެރޭ ގީތާއަށްވެސް އިޔާދުގެ ކިބައިން އެކަން ފާހަގަކުރެވުނެވެ.
[ހާދަ އުފާވެފައި...ހީވަނީ ކޮންމެވެސް ކަމެއް ޙާޞިލްވާން އުޅެނީހެން.] ގީތާ ބުންޏެވެ.
[އުފާވާނެއެއްނު، ގީތުއަށް އެނގޭތަ؟ އަދި ކިރިޔާއޭ އަހަންނަށް އެއްކަލަ ޖިންނީގެ ކިބައިން ސަލާމަތްވެވުނީ.] އިޔާދު އޮޅުންފިލުވައިދިނެވެ. ދެން އައީ އަނެއްކާވެސް ގީތާއާއި އިޔާދުގެ ޙަޔާތަށް އައި އުފާވެރި ދުވަސްތަކެވެ.
[މިހާރު ދެން އަހަރެންގެ އުފަން މަންމަގެ ރަށަށްދާން ފުރަންވީކަންނޭނގެދޯ...އިޔާ...] ގީތާ ފިރިމީހާއާ ޚިޔާލުފާޅުކުރިއެވެ.
[އެންމެ ރަނގަޅު. އެރަށަށް ދާން ފުރަތަމަ ޖެހޭނީ މާލެއަށް ދާން...ތިން ޓިކެޓް މާދަމާ ނޫނީ އަނެއް ދުވަހަށް އަހަރެން ނަގާނަން....] އިޔާދު މިހެން ބުނެފައި ގޮސް، ސިޓިންގރޫމްގައި ހުރި ފޯނުން ގުޅާފައި ރިޒަވޭޝަން ހެދިއެވެ. ކުރިއަށް އޮތް ދެދުވަހެއްގެތެރޭ ފުރަން ހަމަޖެހުނު ވާހަކަ، މަންމަ ޝަޒާދާ ގާތު ގީތާ ބުނީ އެއަށްފަހުގައެވެ.
[ދަރިފުޅުމެން ތަންކޮޅެއް ކުރިން ތިވާހަކަ ބުނިނަމަ....އަހަރެން ދަންޏާ ހާދަ ބައިވަރު ހަދިޔާ ބަދިޔާވެސް ގެންދަން ޖެހޭނެޔޭ....އެރަށުގައި އުޅޭނެ، ހަދިޔާއަކާނުލައި އަހަންނަށް ކުރިމަތިލާން ނުކެރޭވަރުގެ ރައްޓެހިންވެސް. އައްޑޫ ބޮނޑިއާއި ތެއްލި ރިހާކުރާއި، ތެލުލި ފަތްވެސް ތައްޔާރުކުރަންވާނެ. ނޫނީ އެހުރިހާ އެއްޗެއްވެސް ޖެހޭނީ ގަންނަން.] ޝަޒާދާ ބުންޏެވެ. ވީވެސް އެހެންނެވެ. ޝަޒާދާއަށް މަޖުބޫރުވީ، ރަށުގައި އެންމެގިނަ ބާވަތް ތައްޔާރުކުރާ ގެއިން ބޮނޑިއާއި ރިހާކުރުމުގެ އިތުރުން، ތެލުލިފަތްވެސް ގަންނާށެވެ. ގައިމުވެސް ވަގުތު އޮތްނަމަ، އެއީ އޭނާ އަމިއްލައަށްވެސް ހަދާނެ ތަކެއްޗެވެ.
ޖެހިގެން އައި ދުވަހުގެ ހަވީރު ފްލައިޓުން އެވެރިން މާލެ ދިޔައީ، އަނެއް ދުވަހު ކަނދޮޅުދުއަށް ދާން ފުރޭނެ ގޮތްވެސް، މާލޭގައި ހުރި ރައްޓެއްސަކާ ގުޅައިގެން ހަމަޖެއްސުމަށްފަހުގައެވެ.
އެހެންކަމުން، މާލޭގައި ނިދަން ޖެހުނީ މާލެއަށްދިޔަރޭ އެކަންޏެވެ. އަނެއް ދުވަހު ހެނދުނު ކަނދޮޅުދުއަށް ދިޔުމަށްޓަކައި ފުރިއެވެ.
އިޔާދު މަލަކާގެ ކިބައިން ސަލާމަތްވެއްޖެ ކަމަށް ނިންމައިގެން، އުފަލާއި ހިތްހަމަޖެހުން ޙިއްޞާ ކުރަމުންދިޔަ ކަމުގައިވިޔަސް، އަދި އަދަށް ދާންދެންވެސް މަލަކާ އަންނަނީ އިޔާދުގެ ފަސްބަލައި، އޭނާއަށް ފާރަލަމުންނެވެ. ހީވާކަހަލައެވެ. އޭތި ހުންނަނީ ފުރްޞަތަކަށް ބަލަބަލައެވެ. ކޮންމެވެސް ދުވަހަކުން އޭތީގެ ޙިމާޔަތަށް އިޔާދު ގެނައުން އެއީ އޭތީގެ ފޮނި ހުވަފެނެކެވެ.
އުނަގަނޑުގައި ތަވީދު އެޅުވިފަހުން، އިޔާދަށް މަލަކާ ފުރަތަމަ ފެނުނީ، ކަނދޮޅުދުއަށް ދޯނިލެފި ވަގުތުއެވެ. މަލަކާ އިނީ ތޮށިގަނޑު މަތީގައި އިޔާދާ ދިމާއަށް ބަލަހައްޓައިގެންނެވެ. ނަމަވެސް، މަލަކާ އިނީ ސަތޭކަވަރަކަށް ފޫޓް ދުރުގައެވެ. އޭނާ އިޔާދަށް ބަލަން އިން ކަމުގައިވިޔަސް، އިޔާދަކަށް އެއްވެސް އިޝާރަތެއް ނުކުރެއެވެ. ހީވާގޮތުން ޙަސަންބެއްޔާ އަޅުވައިދީފައިވާ ތަވީދުގެ ސަބަބުން އޭނާއަށް އެ ބާރު ނުލިބެނީއެވެ. ދުރުގައި އޭތި ރޮއިރޮއި އިނީ އެހެންވެގެންކަން ކަށަވަރެވެ.
[އިޔާ ކޮންތާކަށްތަ ކަޅި ހުއްޓައިގެން ތި ހުންނަނީ؟] މަލަކާއާ ދިމާއަށް ބަލަހައްޓައިގެން، ލޯންޗުން ފައިބަންވެސް ނޭނގިފައި ހުރި އިޔާދުގެ ގައިގައި ކޮއްޓާލަމުން ގީތާ އެއްސެވެ.
[މި ބަލަނީ ތޮށިގަނޑު ކައިރިން ބޮޑު މަހެއް ފުމޭތަން ފެނުނީމަ.] އިޔާދު ދޮގުހެދިއެވެ. އެއަށްފަހު، އޭނާ ދޯނިން (ލޯންޗުން) ފައިބައިފިއެވެ. އޭރު އެމީހުން ބަލައ ތޮށިގަނޑު ކައިރިއަށް އައިސް، ޝަޒާދާގެ ރަޙްމަތްތެރިޔާ ހުއްޓެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު