މަތިންދާ ބޯޓެއް ސިފަވާގޮތަަށް ތައްޔާރުކޮށްފައިވާ 39،000 ޑޮލަރުގެ އަތް ދަބަހެއް ވިއްކުމަށް އިއުލާންކޮށްފިއެވެ.

މިއީ މަޝްހޫރު ފެޝަން ބްރޭންޑް ލުއިވިޓޯން އިން ތައްޔާރުކޮށް ބާޒާރަށް ނެރިފައިވާ ދަބަހެކެވެ. މިދަބަސް އެންމެ ފުރަތަމަ އާންމުކޮށް ދައްކާލައިފައިވަނީ ފިރިހެނުންނަށް ހާއްސަކޮށް ފިނި މޫސުމާއި ގުޅޭ ހެދުން ދައްކާލުމަށް މިއަހަރު ބޭއްވި ރަންވޭ ޝޯއެއްގައެވެ.

ލުއިވިޓޯން ފެޝަން ބްރޭންޑުން ވަނީ މީގެ ކުރިންވެސް އާދަޔާ ހިލާފު ޑިޒައިންތަކަށް ދަބަހާއި، ހެދުމުގެ އިތުރުން އެކި ގަހަނާވެސް ތައްޔާރުކޮށް ބާޒާރަށް ނެރެފައެވެ.

ނަމަވެސް ލުއިވިޓޯނުން މަތިންދާބޯޓެއް ސިފަވާގޮތަަށް ތައްޔާރުކޮށް ބާޒާރަށް ނެރެފައިވާ މިދަބަހާ ބެހޭގޮތުން އާންމުންގެ ގިނަބައެއްގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދިފައިވެއެވެ. ބައެއް މީހުންނަށް މިދަބަސް ކަމުދިޔަޔަސް، އަނެއްބަޔަކު ބުނަނީ މިދަބަހަށްވުރެއް އަގުހެޔޮކޮށް މަތިންތާބޯޓެއް ގަންނަން ލިބޭނެކަމަށެވެ. އަދި މިހެން ބުނިފަރާތުން ވަނީ ކުޑަ މަތިންތާ ބޯޓެއް 32،000 ޑޮލަރަށް ވިއްކަން އިއުލާންކޮށްފައިވާ އިސްތިހާރެއްވެސް ހިއްސާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން