ސިޔާސީ ގޮތުން ތިމާ ނުރުހޭ މީހާއަށް ބަދު ދުޢާ ކުރުމާއި އޭނާގެ ގައިގާ ނެތްހާ ނުބައި ވާހަކަ ދައްކައިގެން މީހުންގެ ނަފުރަތު އެމީހެއްގެ މައްޗަށް އުފަން ކުރުމަކީ ރާއްޖޭގެ ވެށީގެ މިއަދުގެ ހަގީގަތެވެ. ކަން ހިނގާ ގޮތެވެ. މިކަމުގައި އެކުލައެއް މިކުލައެއް، މިފިކުރެއް އެފިކުރެއް އިސްތިސްނާއެއް ނެތެވެ. މީހަކު ދައްކާ ވާހަކައަކުން އެމީހާ ދީނީ ގޮތުން މުރުތައްދުވެ ލާދީނީވެ ދީނުން ބޭރުވީ ކަމަށް ނިންމައި އެމީހަކު މަރަން ގޮވުމާއި މަރަން ޖެހޭނެ ކަމަށް ތިމާ އަމިއްލައަށް ނިންމުމަކީ މިއަދުގެ ހަގީގަތެވެ. މީހަކު ދައްކާ ވާހަކައަކުން އޭނާއަކީ ލާދީނީ މީހެއްކަމުގައި އިޢުލާން ކުރުމާއި އޭނާގެ އެ އަމަލުގެ އަދަބަކީ ކޮބައިކަން އާންމު މީހާ ނިންމަން ޖެހޭ ހިސާބަށް މިއަދު މިގައުމު ދިއުމަކީ މައްސަލައެކެވެ. ހިތާމަކުރަން ޖެހޭ ވަރުގެ ކަމެކެވެ.
އިސްލާމް ދީނުގެ ނަމުގައި މީހުންނަށް ނުވަތަ ޖަމާއަތަކަށް ނޫނީ ވަކި ގައުމެއްގެ ރައްޔިތުންނަށް އަނިޔާކޮށް އެމީހުން މެރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ކަމުގައި ބެލެވިގެން މުޅި ދުނިޔޭގައި އިސްލާމް ދީނުގެ ހަރުކަށި ފިކުރެއް އެނބުރޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އިސްލާމްދީނުގެ ނަމުގައި އެކިކަހަލަ ޖަމާއަތް ހަދައިގެން އިސްލާމުންނާއި އަދި އިންސާނީ ދަރިފަސްކޮޅު އުޅޭ މުޖުތަމަޢުތަކަށް ނުރައްކާތެރި ހަމަލާތައްދީ، ކުޑަކުދިންނާއި އަންހެނުންނާއި ދުވަސްވީ މީހުން މަރައި އެމީހުންގެ މުޅި ދިރިއުޅުން ސުންނާފަތި ކުރަމުންދާއިރު އެކަމުން މުސްލިމުންނަށް ލިބެނީ ރީތި ނަންތޯ، ކުރިއެރުންތޯ ނުވަތަ ދަނީ ފަހަތަށްތޯ ވެސް ވިސްނާލަން ޖެހެއެވެ. ހަމަގައިމުވެސް އެނގޭ އެއްޗަކީ އިސްލާމްދީނަކީ އިންސާނީ ދަރިފަސްކޮޅަށް އޮތް ރައްކާތެރި ދީނެއް ކަމެވެ. އިންސާނީ ދަރިފަސްކޮޅަށް އޮތް ރަހުމަތެއް ކަމެވެ. އެއްވެސް އިންސާނަކަށް ގެއްލުމެއް ދޭން ނުވަތަ މީހަކަށް އަނިޔާއެއް ދިނުމުގެ ގޮތުން މަރާކަށް އެދީން ހުއްދައެއް ނުކުރެއެވެ. ހާކިމާގެ ބަހެއް ނެތި އިސްލާމްދީނުގައި މީހެއްގެ މަރެއްވެސް ނުހިފެއެވެ. މީހަކު ކުށެއްކޮށްފިނަމަ އެމީހަކަށް އަދަބު ދޭންޖެހޭ ރިވެތިގޮތް އިސްލާމްދީނުގައި އެބައޮތެވެ. ހަތް އުޑުމަތީން ބާވައިލައްވާފައިވާ ކަލާންފުޅުގައި އެކަން ކުރާންވީ ގޮތް އެބައޮތެވެ. މީހަކު ހަމަ ބޭނުންވީމާ ނޫނީ އެކަކު އަނެކަކާމެދު ނަފުރަތު ވީމާ ނޫންނަމަ މީހަކު ކަންކުރަނީ ގޯސްކޮށްކަން ތިމާއަށް ގަބޫލުކުރެވުނީމާ ކަނޑި ހިފައިގެން ގޮސް އެމީހަކު ގަތުލުކޮށްލާކަން ނޫނީ ވަޅި ހިފައިގެން ގޮސް އޭނާގެ ބޯ ބުރިކޮށްލާކަށް އިސްލާމްދީން ހުއްދައެއް ނުކުރެއެވެ. އަދި މީހަކު ތިމާ ގަބޫލުކުރާ ގޮތާއި ޚިލާފަށް ބަސްބުނެގެން ވިސްނުން ތަފާތުވެގެން އޭނާގެ މައްޗަށް އަނިޔާވެރިވެ އޭނާގެ ދުވަސް ދުއްވާލުމަކީ ސުލްހަވެރިކަމާއި އިންސާފަށް ގޮވާލާ އިސްލާމްދީން ދަންނަ ކަމެއް ނޫނެވެ. އެދީން ދަސްކޮށްދޭ ކަމެއް ވެސް ނޫނެވެ. އެދީން ދަސްކޮށްދެނީ ހުރިހާ ވައްތަރެއްގެ އިންސާނުންނާއެކުގައި ވެސް ހިތްހެޔޮކޮށް ރީއްޗަށް އުޅުމަށެވެ.
އަޅުގަނޑުމެން 21 ވަނަ ގަރުނާ ކުރިމަތިލީ ޒަމާނީ ޑިމޮކްރެސީއާއެކުގައެވެ. އަޅުގަނޑުމެން މި ޑިމޮކްރެސީ ބަލައިގަތީ ކުރީން އުޅުނު ގޮތަށްވުރެ ރީތިކޮށް އުޅުމަށެވެ. ކުރީގައި އޮތް ގޮތަށް އިންސާފު ހޯދައިދިނުމުގައި މޮޅު މީހާއާއި ދެރަ މީހާ ތަފާތު ނުކުރުމަށް ބޭނުންވާތީއެވެ. އަޅުގަނޑުމެން އެ ނިޒާމު ބަލައިގަތީ އިންސާފާއި ހަމަހަމަކަން ގާއިމު ކުރުމަށެވެ. އެ ނިޒާމަށް އުޅެން ނިންމީ މިނިވަން ކަމާއެކު ބަސްބުނުމުގެ ހައްގު ހޯދުމަށެވެ. ޖަންގަލީގެ ގާނޫނު ކަމުނުދާތީއެވެ. ބޮޑުއެތި އައިސް ކުޑައެތި ކާލާ އިންސާފު ކަޑަވީމައެވެ. މީހަކު ތިމާ ނުރުހޭ ބަހެއް ބުނެފިނަމަ ނޫނީ ނުރުހޭ ގޮތަކަށް ކަންކޮށްފިނަމަ ތިމާ އަމިއްލައަށް އެކަމަށް އިންސާފުކޮށް ތަނުންތަނަށް އޭނާ ދަންމާލުމުގެ އުސޫލު ބޭނުން ނުވާތީއެވެ. މަގުމަތީގައި އަމާންކަމާއެކު އަންހެން ދަރީންނާއި ދައްތައިންނާއި މަންމައިންނަށް ވެސް އުޅެވޭން ޖެހޭނެކަން ނޫނީ އުޅެން ޖެހޭނެކަން ގަބޫލުކުރާތީއެވެ. އެ ނިޒާމުގެތެރެއިން ހަދާ އުސޫލުތަކާއި ގާނޫނުތަކަށް އެންމެން ހަމަހަމައަށް ތަބާވެ އުޅޭން ވެގެންނެވެ. އަޅުގަނޑުމެން އެ ތަހުޒީބަށް ދިޔައީ އެނިޒާމުން ބޭރުވާ މީހުންނަށް އެމީހަކު އަމިއްލައަށް އަދަބު ކަނޑައެޅުމުގެ ބަދަލުގައި އެކަން ކުރާނެ ވަކި ބަޔަކު ތިބޭނެކަން އެނގޭތީއެވެ.
ނަމަވެސް މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގެ ދުވެލި މިހިރީ އެދިމާއަށް ބާވައޭ އަޅުގަނޑުމެން ކޮންމެ ރައްޔިތަކުމެ ސުވާލު ކޮށްލަން ޖެހެއެވެ. ވިސްނާލަން ޖެހެއެވެ. ސުލްހައާއި އަމާން ކަމުގައި ދުނިޔެ މަތީގެ ސުވަރުގޭގެ ގޮތުގައި ސިފަކުރަމުން ގެންދިޔަ މިރާއްޖޭގެ އަތުން އެލަގަބު މިހާރު ގެއްލުނީއެވެ. އެ ރީތިނަން ބީވެ ދިޔައީއެވެ. ދުނިޔޭގައި ބައަކު އަމިއްލަ އެދުންތައް ފުއްދުމާއި އެކިއެކި ނާޖާއިޒު ފައިދާ ހޯދުމަށާއި ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އިސްލާމްދީނުގެ ނަމުގައި މީހުން މެރުމާއި މީހުންނަށް ގެއްލުންދިނުމަށް އެހިންގާ އަމަލުތަކުގެ އަވައިގައި ދިވެހީންގެ ބަޔަކު ވެސް ޖެހެނީއެވެ. މާތް މަތިވެރި، ސުލްހައާއި އާމާން ކަމުގެ ދީނުގެ ނަމުގައި ނުކުމެ އެމީހުން ހިންގާ އަމަލުތައް ދީނީ ރަނގަޅު ކަންތައްތައް ކަމުގައި ސިފަކޮށް ދެއްކުމުން އެކަން ގަބޫލުކޮށް އެމީހުން ހިނގާ މަގުން ސުވަރުގެ ދާން ވެގެން ތިމާއަށް ރަނގަޅު ކަމަށް ގަބޫލުނުކުރެވޭ މީހުންނަށް އަނިޔާޔާދީ މަރަނީއެވެ.
ދިވެހި ރާއްޖެއަކީ ފެށުނީއްސުރެ ހުރިހާ ދީންތަކެއްގެ ހުރިހާ ނަސްލެއްގެ މީހުން ޒިޔާރަތްކޮށްއުޅޭ އެންމެ ރައްކާތެރި އެއް މަންޒިލެވެ. ތިމާއާ ދިމާވާ މެހެމާނަކީ ކޮންދީނެއްގެ ކޮންނަސްލެއްގެ މީހެއްތޯ ނުބަލައި މެހެމާންދާރީ އަދާ ކުރުމުގައި ނަމޫނާ ދައްކާފައިވާ ބައެކެވެ. ދުނިޔޭގެ އެކި ގައުމުތަކަށް މިފަދަ ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކުގެ ހަމަލާތައް އަމާޒު ކުރަނީ އެތަނުގައި އިސްލާމްދީނަށް ތަބާވާ އެދީން މަތީގައި އުޅޭ މުސްލިމުންގެ އިތުރުން އެދީނުގައި އެންމެ އިސްކަމެއް ދީގެން ރައްކާތެރިކޮށް ހިމާޔަތް ކޮށްދޭ ތުއްތު ކުދިންނާއި އަންހެނުންނާ މުސްކުޅިން ވެސް އެމުޖުތަމަޢުގައި ތިބޭނެކަން ނޭނގިގެންނެއް ނޫނެވެ. އެމީހުންގެ މަގުޞަދު ހާސިލު ކުރާން ގެއްލުންދީ މަރާކަށް ވަކި ނަސްލެއް ވަކި އުމުރެއް ވަކި ދީނެއްގެ ބައެއް ނޯވެއެވެ. ހަމަގައިމުވެސް މިއީ އިސްލާމްދީން ދަންނަ ހަމައެއްނޫނެވެ.
މިސާލަކަށް މި ފުރަ މާލޭގައި މިމަހުގެ ހަވަނަ ދުވަހު ބަޔަކު އެފަދަ ނުރައްކާތެރި ހަމަލާއެއް ދިނީ ރައީސް ނަޝީދަށް އަމާޒުކޮށް ކަމަށް ވިޔަސް އެހަމަލާއިން އަނިޔާލިބުނީ ރައީސް ނަޝީދަށް އެކަންޏެއް ނޫނެވެ. އެމީހުން އަމިއްލައަށް ހުކުމް ކަނޑައަޅައިގެން "ދީނަށްޓަކާ ނަޞްރު ދޭން" ވެގެން ނުކުމެ އަދަބު ދިނީ ރައީސް ނަޝީދަށް ކަމަށް ވެދާނެއެވެ. އެކަމަކު އެހަމަލާގައި އެމީހުން އަދަބު ކަނޑަނާޅާ އެތައް ބަޔަކަށް ވެސް އަދަބު ލިބުނީއެވެ. މިއީ ހަމަ އިސްލާމްދީނުގައި އޮންނަ ގޮތްތޯއެވެ؟ ތިމާގެ ނަޒަރުގައި ކުށެއްކޮށްފައި ހުރި މީހަކު މުޖުތަމަޢެއްގައި ހުރީމާ އެމުޖުތަމަޢެއްގެ އެންމެން ދުއްވާލުމަކީ އެމީހުން ދީނީ ގޮތުން ގަބޫލުކުރާ ގޮތް ކަމަށްވާނަމަ އެއީ ވަރަށް ނާތަހުޒީބު ކޮށި ވިސްނުމެކެވެ.
މި ވިސްނުމާއި މި ނާތަހުޒީބު ފިކުރަކީ މިރާއްޖެއިން ފޮހެ ނައްތާލަން ޖެހޭ ފިކުރެކެވެ. ކުށެއްކުރީމާ އެ ކުށަށް އަދަބުދޭން ޖެހޭނީ ތިމަންނާ ކަމަށް ގަބޫލު ކުރެވޭ ފިކުރާއި ތިމާ ނޫން އެހެން އެންމެންނަކީ ދީނާ ދެކޮޅު އަދުއްވުން ކަމާއި މީހަކު ދައްކާ ވާހަކައަކުން ކުރާ އަމަލަކުން މީހަކާމެދު ބަޔަކު ދައްކާ ވާހަކައަކުން ތިމާގެ ނަފުރަތާއި ރުޅިވެރިކަން ކުރިއަށް ނެރެ ކަނޑި ކަންފަތްމައްޗަށް ދަމައިގެން ގޮސް އެމީހާ ގަތުލުކޮށް ކޮށާ ކުދިކޮށްލުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟ އެއީ ހަމަގައިމުވެސް މުސްލިމުން ފަޚުރުވެރިވާ އެންމެ މަޑުމަތިރި އެންމެ އިންސާފުވެރި އެންމެ އަދުލުވެރި އެންމެ ރިވެތި ދީން ދަންނަ ކަމެއް ނޫނެވެ.
މި ކުޑަކުޑަ މުޖުތަމަޢުގައި އުޅޭ އެފަދަ ފަރާތްތައް ހޯދައި އެމީހުންގެ ސިކުނޑިތަކުން އެނުބައި ވަސްވާސްތަކާއި ޖާހިލު ވިސްނުން ފޮހެލައި ރިހެބިލިޓޭޓްކޮށް އަލުން މުޖުތަމަޢަށް ނެރެގެން ނޫނީ މިގައުމު އަލުން އަމާން ބަނދަރަކަށް ވާސިލުވާކަށްނެތެވެ. މީހަކު ސިޔާސީ ވުމަކީ އޭނާގެ ޒާތީ ވާހަކަ ދައްކައިގެން އެމީހާއާއި މެދު މީހުންގެ ރުޅިވެރިކަމާއި ނަފުރަތު އުފެއްދުން ތޯއެވެ؟ މީހަކު އަނގައިން ބަހެއް ބުނާއިރަށް ނޫނީ މީހެއްގެ ފަރާތުން ތިމާ ނުރުހޭ ގޯސް އަމަލެއް ހަމަ ފެންނައިރަށް އެއީ ލާދީނީ މީހެއްކަމަށް ނުވަތަ އެއީ މުސްލިމުންގެ ތެރެއިންވާ މީހެއް ނޫން ކަމަށް ނިންމައި ތިމާ އަމިއްލައަށް ގޮތް ނިންމައި އޭނާއަށް އަދަބުދޭން ދުއްވައި ގަތުމަކީ މިއޮށް ތަހުޒީބު ޒަމާނުގައި ކޮން މުޖުތަމަޢެއް ދަންނަ ކަމެއްތޯ ކޮންމެ މީހަކު ވެސް ސުވާލުކޮށްލަން ޖެހެއެވެ.
ދިވެހިރާއްޖޭގައިވެސް ދީނުގެ ނަމުގައި ހައްދުފަހަނަޅާ ގޮސްފައިވާ ބަޔަކު ނުވަތަ ކުރިން ދެންނެވިހެން ދީނުގެ ނަމުގައި ހަނގުރާމަކޮށް މީހުންމަރާ ޖަމާއަތްތަކާއި ގްރޫޕްތަކުގެ ބަސް ގަބޫލުކޮށް އެގޮތަށް އުޅޭން ބޭނުން ބަޔަކު އުފެދިއްޖެއެވެ. ހަގީގަތުގައި ރާއްޖޭގައި ވެސް އެމީހުން އެ ނުރައްކާތެރި އޮށް އިންދައިގެން އެގަސް ހެއްދީއެވެ. ސަލްޓަން ޕާކް ބޮމުގެ ހާދިސާއަކީ ރާއްޖޭގައި އެ ފިކުރުގެ ފެށުން ކަމުގައި ދަންނަވަން ޖެހެއެވެ. ރާއްޖޭގައި އެ ފިކުރު ބަޔަކު އުފެއްދީ ވަރަށް ވެސް ވިސްނުންތެރިކަމާ އެކުގައެވެ. ޒުވާނުންގެ އާބާދީ ބޮޑު މިގައުމުގައި އެ ނުބައި އޮށް އިންދުމަށް އެމީހުން ކުޅުނީ ޒުވާން ސިކުނޑިތަކާއެވެ. މާބޮޑަށް ތައުލީމު އުނގެނި ހޭލުންތެރިވެފައި ނެތް ބައެއްގެ ސިކުނޑިތަކާއެވެ. އެމީހުން ބުނެދިނީ ސީދާ ސުވަރުގެ ދާން ބޭނުންނަމަ ދީނާ ދެކޮޅު މީހުންނާ ޖިހާދުކޮށް ޝަހީދުވުން ނޫން ގޮތެއް ނެތް ކަމަށެވެ.
ދެން އިވޭން ފެށީ ދިވެހީން ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި ގުޅި އެންމެ ކުރީ ސަފުގައި ދިވެހިން ހަނގުރާމަ ކުރަމުންދާ ވާހަކައެވެ. އެތައް ބަޔަކު ގޮސް ތިބީ އަދި ފަހުން ދިޔައީވެސް އަނބިދަރީންވެސް ގޮވައިގެންނެވެ. މިއީ ބަޔަކު ހަމަ ރާވައިގެން ވަރަށް ދުރާލައި ޕްލޭންކޮށްގެން ކުރި ކަމެކެވެ. އެމީހުން އެޖަހާ "ޗިޕެއް" ޖަހައިގެން އެޖަރީމާ ހިންގަން އޭރު އެމީހުންނަށް ފުރުސަތުވެސް މާބޮޑަށް ހުޅުވުނީއެވެ. އެވަގުތަކު ވެރިކަން ކުރާ ބަޔަކުވެސް އެމީހުންނަށް ފުރުސަތު ދީގެން ތިބީ އެމީހުންނާ ދެކޮޅަށް އެއްޗެއް ބުނެފިނަމަ ނުވަތަ ފިޔަވަޅެއް އަޅައިފިނަމަ އެކިޔާ ލާދީނީ ލަގަބު އަރުވާތީއެވެ. ނޫނީ ލާދީނީ ޓެގް ޖެހޭތީއެވެ. ދެން ދިވެހީންގެ ގިނަ މީހުންނަށް ވެސް މި ވާނުވާ ނޭނގި ނޫނީ އެނގި ތިބެވެސް ސިޔާސީ މަންފާއެއް ހޯދުމަށް ބައެއް މީހުން އެމީހުންނަށް ތާއީދުކޮށް އެމީހުން ދިފާއުކޮށް އެމީހުންގެ އަތުގައިވެސް ހިފަނީއެވެ.
ރާއްޖޭގައި ދީނާ ދެކޮޅު ފިކުރުތައް ފަތުރާން އުޅޭ ބަޔަކު ނޫނީ އިސްލާމްދީނާ ދެކޮޅު ފިކުރުގެ ބަޔަކު ނޫޅޭ ކަމަށް އެއްގޮތަކަށް ވެސް ދަންނަވަނީއަކީ ނޫނެވެ. ރާއްޖޭގައި އެ ފިކުރު އާލާކުރަންވެސް ބަޔަކު މަސައްކަތް ނުކުރެއެކޭ ވެސް ދަންނަވަނީއަކީ ނޫނެވެ. ރާއްޖޭގައި އެފިކުރުވެސް އެބައުޅެއެވެ. ޒުވާނުން އެމަގަށް ލަންބާން އުޅޭ ބަޔަކުވެސް އުޅެއެވެ. އެއީ ކޮންމެ ޒަމާނެއްގައި ވެސް އަދި ކޮންމެ މުޖުތަމަޢެއްގައި ވެސް ކަންހިނގާނެ އާދައެވެ. މުޖުތަމަޢެއްގައި ތަފާތު ފިކުރާއި ތަފާތު މިޒާޖުގެ މީހުން އުޅޭނެއެވެ. މުޖުތަމަޢެއްގައި ތިބޭނީ ހުސް އެއްކަހަލަ މީހުން ނޫންކަން ގަބޫލުކުރަން ޖެހެއެވެ. އެހެން ނޫންނަމަ އަތުގެ އިނގިލިތައް ވެސް އެއްވަރުވީހޭ މީހުން ބުނެ އުޅޭތީ އަހަމެވެ. އެކަމަކު މައްސަލައަކީ ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ގޮތަކަށް އެހެންމީހަކު އުޅޭހެން ހީވަންޏާވެސް އެގޮތް ކަމުނުގޮސްގެން ކަނޑި ކަންފަތްމައްޗަށް ދަމައިގެން ނުކުތުމެވެ. ދެން އެވީ އެބަޔަކާމެކު ތިމާ އަމިއްލައަށް ގޮތް ނިންމައި އަދި އެމީހުންނަށް ތިމާ ބޭނުންވާ އަދަބެއްދީ ނިންމާލާށެވެ. އެކަމަކު ތިމާ އުޅޭ މުޖުތަމަޢުގައި އެކަން ބޮލުގައި އަޅަންޖެހޭ، ޒިންމާ ނަގަންޖެހޭ ހާކިމާއާއި ފަނޑިޔާރުންވެސް އެބަތިއްބެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ އަގު ބޮޑު އެންމެ މަޝްހޫރު މަންޒިލް ތަކުގެ ވެސް އެންމެ ކުރީސަފުގައި ލިސްޓު ކުރެވިފައިވާ މި ދިވެހިރާއްޖެއަކީ ކުރިން ކިޔަމުން އައި ދުނިޔެ މަތީގެ ސުވަރުގެއެއް ނޫނެވެ. އެލަގަބު މިރާއްޖެއަށް ފަތުރުވެރިންނާއި ދަތުރުވެރިން ދިނީ ރާއްޖޭގެ ރީތިކަމަކުން އެކަންޏެއް ނޫނެވެ. އެރާއްޖޭގައި އުޅޭ ދަރީންގެ މެހެމާންދާރީއާއި ހިތްހެއުކަމާއި ހިތްތިރި ކަމުންނެވެ. ކަޅެއް ދޮނެއް ނަސްލެއް މިއްލަތެއް ނުބަލައި އެހިނިތުންވުމާއި އެ ހިތްހެއުކަމާއެކު މަރުހަބާ ކިޔާތީއެވެ.

ކިޔުންތެރިންގެ ހިޔާލު