ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް "ކާޅަށް" ގޮވުނީތީ މިހާރު ދެރަވާ ކަމަށް، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

ދެހާސް ބާރަވަނަ އަހަރު، އޭރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން، ޑރ. ވަހީދު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން އެމްޑީޕީން ވަނީ އެމަނިކުފާނަށް "ބާޣީ"ގެ ލަގަބު ދީފައެވެ. އަދި އެމަނިކުފާނަކީ "ކާޅެއް" ކަމަށް އެމްޑީޕީން ސިފަކޮށް މުޒާހަރާތަކާއި އެއްވުންތަކާއި މީޑިއާގައި ބޭނުންކޮށް މުހާތަބު ކުރަމުން ގެންދިޔައީ އެނަމުންނެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)، "ބާޣީ ވަހީދު"ގެ ގޮތުގައި ނިސްބަތްކުރައްވައި ކުރެއްވި ޓުވީޓްގައި ވިދާޅުވީ ރައީސް ވަހީދަށް "ކާޅު" ވަހީދު ގޮވުނީތީ މިހާރު ދެރަވާ ކަމަށެވެ. ރައީސް ވަހީދަށް "ކާޅު" ކިޔާ ސަބަބު ވެސް ވައްޑޭ ވަނީ ތަފްސީލްކޮށްދެއްވާފައެވެ.

"ވަހީދަށް 'ކާޅަށް' ގޮވުނީތީ މިހާރު ދެރަވަން. އެކަމަކު އެހެން ގޮވަން މެދުވެރި ކުރުވީ ރައްޔިތުންގެ ވެރިކަމެއް 'ކާޅެއްހެން' ބަޣާވާތަކުން ޖަހައިގަނެ އަޅުގަނޑުމެންނަށް ކިހާ އަނިޔާއެއް ދިނީމާކަން، [ރައީސް ވަހީދުގެ] ބޭފުޅުން ހަނދުމަފުޅު ނައްތާލައިގެން ނުވާނެ،" ވައްޑެ ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރުން ތުހުމަތު ކުރާ ގޮތުގައި ރައީސް ނަޝީދުގެ ވެރިކަން ވައްޓާލީ އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ސަލާމަތީ ބާރުތަކުން ސަރުކާރާ ދެކޮޅަށް ބަޣާވާތް ކޮށްގެންނެވެ. ނަމަވެސް އެ ހާދިސާ ތަހުގީގު ކުރުމަށް ރާއްޖެއާއި ބޭރުގެ ބޭފުޅުން ހިމެނޭ ގޮތަށް އެކުލަވާލީ ކޮމިޝަނުން ހިންގި ތަހުގީގުން ނިންމާފައިވަނީ އެއީ ބަޣާވާތެއް ކަމަކަށް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު


-11

ޔެގ

19-May-2021

ކިޔޭނުކިޔޭ ނޭނގޭ މީހުން ދެން މާގިނައީ. އަނެއްކާވެސް ތިގޮވީ ކާޅަށާ ބާޣީއަށާ. ވެރިކަންކުރަން ހަމަ ނޭނގުނީ. އަދި ވެރިކަން ގެއްލުނީ ވަހީދުއާ ހުރެއެއް ނޫން. ވަހީދު ހަވާލުވީ ދުސްތޫރީ ހަމައިގެތެރެއިން. ހަވާލުނުވިނަމަވެސް އިސްތިއުފާދިން ވެރިކަމެއް އަމިއްލައަކަށް ރެޓާނެއް ނުކުރެވޭނެ. މީ ވަރިކައިވެންޏެއް ނޫން. އިންތިޚާބެއް ބޭއްވިނަމަވެސް އަމުދުން އެދަނޑިވަޅުގަ ކާމިޔާބެއް ނުވީސް.



ޓްރެންޑިން