އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާ މީހުންގެ ލިސްޓުގައި ހިމެނޭ ދައުލަތުގެ މަޤާމުތަކުގައި ތިބި ބޭފުޅުންނަށް ފިޔަވަޅު އަޅާނީ މައްސަލަތައް ތަހުޤީޤްކުރުމަށްފަހުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިހެން ވިދާޅުވެފައި މިވަނީ، އެމްއެމްޕީއާރުސީގެ ލިސްޓުގައި ތިބި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް މަޖިލީހުން ފާސްކޮށްފައިވާއިރު، އެކަމާއި ގުޅިގެން މިހާތަނަށް ސަރުކާރުން އެފަދަ ފަރާތްތަކަށް ފިޔަވަޅު ނާޅައިގެން ބައެއް ފަރާތްތަކުން ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ފިޔަވަޅު އެޅުމާއި މެދު ގޮތެއް ނިންމާނީ ތަހުގީގަށް ފަހުގައި ކަމަށެވެ.

މަބްރޫކް ވިދާޅުވީ ލިސްޓުގައި ހިމެނޭ ނަންތަކަކީ ތަހުގީގުކޮށް ބަލަންޖެހޭ މީހުން ކަމަށާއި، ޚިޔާނާތުގެ ފައިސާ ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން އެނގޭނީ ތަހުގީގަށްފަހުކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެކަމުގައި ޝާމިލުވެފައިވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަކީ ރައީސް އިސްކަންދެއްވާ ކަމެއްކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނުކަމަށް ބުނާ މީޙުންގެ ލިސްޓުގައި ސަރުކާރުގެ އެހާރާއި މިހާރުގެ ވަޒީރުންނާއި، މަޖިލިސް މެމްބަރުންނާއި، ފަނޑިޔާރުންނާއި، ސިފައިންނާއި ފުލުހުންގެ އިތުރުން، އެންމެ އާދައިގެ ރައްޔިތުންވެސް ހިމެނެއެވެ. އޭގެ ތެެރެއިން ބައެއް ފަޜާތްތަކުގެ މައުލޫމާތު ދަނީ އެއްކުރަމުންނެވެ. އަނެއް ބައެއް މައްސަލަ ތަހުޤީޤްކުރަމުންދާއިރު، ބައެއް ފަރާތްތަކުގެ މައްސަލަ ތަހުޤީޤްކުރުމަށްފަހު ވަނީ ޕީޖީއަށް ފޮނުވާފައެވެ. 200 އެއްހާ މީހުން ހިމެނޭ މިލިސްޓުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން މަޤާމުން އިސްތިއުފާ ދެއްވީ އޮޑިޓަރ ޖެނަރަލްގެ މަޤާމުގައި ހުންނެވި ހަސަން ޒިޔަތު އެކަންޏެވެ. ދެން ލިސްޓުގައި ތިބި ހުރިހާ އެންމެންވެސް ދަނީ ލިސްޓުގައި ނަން ހިމެނޭ އަބުރު ކަތިލުމަށްކަމަށް ބުނެ، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ވާހަކަ ދޮގުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ރަހުމަ

19-May-2021

ތަހުގީގު ލަސްނުކޮށްކުރިޔަށްގެންދެ ލަސްކުރަބްޖެހޭނެ ސަބަބެއްނެށް.



ޓްރެންޑިން