އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް
އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް
އެއްވެސް ބޭރު ބަޔަކަށް ރާއްޖޭގެ އެއަރޕޯޓެއް ދިނުމަކީ ސަރުކާރުގެ ސިޔާސަތެއްނޫން ކަމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ރީޖަނަލް އެއަރޕޯޓުގެ އެއްވެސް ހިއްސާއެއް ބޭރުގެ އެއްވެސް ބަޔަކަށް ވިއްކުމަކީ ހުވަފެނުގައި ވެސް ދުށް ކަމެއް ނޫން ކަމަށެވެ. ނަމަވެސް ދިވެހިންނަށް އެއަރޕޯޓުގެ ހިއްސާ ވިއްކުމަކީ ދެކޭ ހުވަފެނެއް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ސަރުކާރުން އިއްޔެ ވަނީ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި) އަށް އިސްލާހެއް ގެނެސްފައެވެ. އެ އިސްލާޙުގެ ދަށުން 100 އިންސައްތަ ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ އެއަރޕޯޓްތައް ހިންގޭނެއެވެ. މިނިސްޓަރ މިރޭ ވިދާޅުވީ އެއަރޕޯޓް ވިއްކަނިކޮށް ބައެއް ބޭފުޅުންނަށް ހުވަފެނުން ފެނުނު ނަމަވެސް އެއީ މި ސަރުކާރުގެ ސިޔާސަތު ނޫން ކަމަށެވެ. މިސަރުކާރުގެ ސިޔާސަތަކީ ރީޖަނަލް އެއާޕޯޓުތައް ތަރައްގީކުރުމަށް ކޯޕަރޭޓިވް މޮޑެލެއްގައި އެއާޕޯޓުތައް ހިންގުން ކަމަށާއި، އެކަމަށް ރީޖަނަލް އެއާޕޯޓު ކުންފުންޏެއް އުފައްދާ އޭގެ ދަށަށް އެއާޕޯޓުތައް ގެންނަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ރީޖަނަލް އެއާޕޯޓް ކުންފުނި ވަރުގަދަވުމުން އެ ކުންފުނީގެ ހިއްސާ ދިވެހި ރައްޔިތުންނަށް ލިބޭ ގޮތަށް ޕަބްލިކް ލިސްޓިންއަކަށް ދިއުމަކީ ވިސްނާފައިވާ ކަމެއް ކަމަށެވެ. އަދި އެކަމަށް ދިހަ ވަރަކަށް އަހަރު ނަގާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން