ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
ޔޫތު މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ، ކޮމިއުނިޓީ އެމްޕަވަރކުރަން ނުވަތަ ޒުވާނުންގެ މުޖުތަމަޢު ބާރުވެރި ކުރުވުމަށް އެކަށީގެންވާ ބަޖެޓެއް ނެތް ކަމަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުގައި މަޤާމުން އެކަހެރި ކޮށްފައިވާ ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އޮންލައިން ފޯރަމެއްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ، ކޮމިއުނިޓީ އެމްޕަވާ ކުރުމަކީ ވަރަށް ފުޅާ ދާއިރާއެއް ކަމަށާއި، ނަމަވެސް ޔޫތު މިނިސްޓްރީއަށް އެދާއިރާއިން ލިބިފައި ވަނީ ވަރަށް ލިމިޓެޑް ރިސޯސަސް ކަމަށެވެ. އެގޮތުން މުވައްޒަފުން މަދުކަމާއި، އެކަށީގެންވާ ބަޖެޓްވެސް އެ ދާއިރާއަށް ނެތްކަމަށް މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފް ރޭ ވިދާޅުވީ، ޤައުމުގައި ދިމާވާ ކޮންމެ ކަމަކާ ގުޅިގެން އެންމެ ބޮޑަށް ލިބޭ ޝަކުވާއަކީ ޒުވާނުންގެ މިނިސްޓްރީން ޒުވާނުންގެ ކަންކަމުގައި އިސްނަގައިގެން ނޫޅޭ ކަމުގެ ޝަކުވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) އެކުލަވާލާފައި އޮތީ ޒުވާނުންގެ ކަންތައްތައް ގިނަ މިނިސްޓްރީތަކަށް ބެހޭ ގޮތަށް ކަމަށާއި، އެހެންކަމުން އެކަމުގައި ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށް މަޙްލޫފް ވިދާޅުވިއެވެ.

"މިއުޒީޝަނުންގެ މޭންޑޭޓް މިއޮންނަނީ އާޓްސް މިނިސްޓްރީގައި، ދެން އަޅުގަނޑު އެ މިނިސްޓްރީގެ މަސައްކަތުގެ ތެރެއަށް ވަނީމަ މަސްލަޙަތު ގޯސްވާނެ. ވަޒީފާ އާއި ޢާމްދަނީގެ ކަންތައް މިއޮތީ އިކޮނޮމިކް މިނިސްޓްރީގެ ދަށުގައި. އެކަމުގައި ބޭނިގަނެވޭތޯ ބަލަންވެގެން އެމްއޯޔޫ އެއްގައި ސޮއިކުރީ. އެކަމަކު އެކަންވެސް ގިނަ ބަޔަކު ނެގީ ޖޯކަކަށް." މަޙްލޫފް އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލެއްވީ މި މޭރުމުންނެވެ.

މަޙްލޫފްގެ ވާހަކަތަކާ ގުޅިގެން، ސަރުކާރުގެ ތެރޭގައި ކުދިކުދި ވަކި ސަރުކާރުތަކެއް އޮންނަނީތޯ ބައިވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަޙަލޫފް ވިދާޅުވީ، އެހެން ނުދަންނަވާ ކަމަށާއި ނަމަވެސް ޔޫތު މިނިސްޓްރީގައި އޮތީ ރެގިއުލޭޓް ކުރުމުގެ ދައުރެއް ކަމަށާއި، އެކަން ކުރެއްވޭތޯ މަސައްކަތް ކުރަށްވާ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުންވެސް އެކަމަށް އެއްބާރުލުން ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާކަން ތަހުޤީޤަށް ސާބިތުވުމާއި ގުޅިގެން މަޙްލޫފްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ހުށައަޅާފައިވާ މައްސަލައާއި ގުޅިގެން މަޙްލޫފް ވިދާޅުވީ، ފެށުނީއްސުރެވެސް އެމްއެމްޕީއާރުސީ މައްސަލައިގައި އޭނާއާމެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް ކަމަށާއި، އެކަންކުރަނީ ސިޔާސީ އިސް ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން