އަޑުގަދަކޮށް އަނގަ ގަދަކޮށްގެން ހުރިހާ ކަމެއް ހައްލުނުވާނެ ކަމަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޗީފް ވިޕް އަދި އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިހެން ވިދާޅުވީ، ނަފުރަތުގެ ބިލާ މެދު އެމްޑީޕީގެ އެތެރޭގައި ބޮޑެތި ޚިޔާލު ތަފާތުވުން ތަކެއް އުފެދި ޕާޓީ ދެބަޔަކަށް ބެހި ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެބޭފުޅުންނަށް ތާއިދުކުރާ ފަރާތްތަކުން، އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތަށް ދެމުންގެންދާ ދަނޑިވަޅެއްގައެެވެ.

ރޮޒައިނާ ވިދާޅުވީ ހުރިހާ ކަމަކީ އަޑުގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަމެއް ނޫން ކަަމަށެވެ. އަދި ބައެއްކަންކަން ހައްލު ކުރުމަށް ރަނގަޅު ގޮތްތަކެއް ރާވައި ވިސްނުންތެރިކަން އިސްކޮށް ބަސް މަދުކޮށް އަމަލުގިނަކުރާ އުސޫލު މުހިންމު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.



"މާތް ﷲ އަޅުގަނޑުމެންގެ ވެރިންނަށް ހެއު ވިސްނުން ދެއްވާށި އާމިން!" ރޮޒައިނާ ވިދާޅުވެފައި ވެއެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ ނަފުރަތުގެ ބިލާމެދު ސަރުކާރާއި ޚިޔާލު ތަފާތުވެ ރައީސް ސޯލިހާއިއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލާފައެވެ. ނަފުރަތުގެ ބިލަށް ސަރުކާރުން ތާއިދު ނުކުރާނަމަ ސަރުކާރަށް ތާއިދު ކުރެވެން ނެތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން