އިންޑިއަން އައިޑޮލް 12 ވަނަ ސީޒަނުގެ ފަހުރުވެރި އެއްވަނަ ނުވަތަ 12 ވަނަ އިންޑިއަން އައިޑޮލް ޕަވަންދީޕް ރާޖަން ކާމިޔާބުކޮށްފިއެވެ.
އިންޑިއަން އައިޑޮލްގެ 12 ވަނަ ސީޒަން ނިންމައި ވަނަތައް ދީފައިވަނީ ރޭ އޮތް ޚާއްޞަ ފިނަލޭ ޝޯގައެވެ. މިސީޒަން ހާއްސަ ހަފުލާއަކުން ނިންމާލުމަށް އިއްޔެ ބޭއްވި ގްރޭންޑް ފިނާލޭ ޝޯ 12 ގަޑިއިރައް ދެމިގެން ދިއައެވެ.
އިންޑިއަން އައިޑޮލް 12 ވަނަ ސީޒަނުގެ ފަހުރުވެރި އެއްވަނަ އާއިއެކު ޕަވަންދީޕަށް ވަނީ ފައިސާގެ އިނާމުގެ ގޮތުގައި 25 ލައްކަ އިންޑިއާ ރުޕީސްއާއެކު ކާރެއްވެސް ލިބިފައެވެ. މިސީޒަނުގެ ދެވަނަ އަދި ތިންވަނަ ކާމިޔާބުކޮށްފައިވަނީ އަރުނިތާ ކަންޖިލާލް އަދި ސާއިލީ ކާމްްބްލޭ އެވެ.
2020 ވަނަ އަހަރު ނޮވެމްބަރު މަހު ފެށި އިންޑިއަން އައިޑޮލް 12 ވަނަ ސީޒަނަށް އެތައް ފާޑު ކިޔުމެއް އަމާޒުވެގެން ދިޔަ ނަމަވެސް، ޝޯ ނިންމާލައިފައިވަނީ ކާމިޔާބުކަމާއެކުއެވެ. މިސީޒަން ޖަޖް ކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިންކަމަށްވާ ނޭހާ ކައްކާރް، ހިމޭޝް ރޭޝަމިޔާ، އަދި އަނޫ މަލިކް އެވެ. މިސީޒަނުގެ ޝޯތައް ހުށައަޅައިދީފައިވަނީ އަދިއްތިޔަ ނާރާޔަންއެވެ.
ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި ވެސް ކުރިއަށް ގެންދިޔަ މި ޝޯ ކުރިއަށް ދިޔައިރު ޝޯގެ ބައެއް ބައިވެރިންނާއި ޖަޖުންވެސް ކޯވިޑަށް ޕޮޒިޓިވްވެ ޝޯއިން ދުވަސްކޮޅަކަށް ވަކިވާން ޖެހުނެވެ. އެގޮތުން ޝޯގެ ހޯސްޓް އަދިތިޔާވެސް ކޯވިޑަށް ޕޮޒިޓިވް ވެގެން ގިނަ ދުވަސް ތަކެއް ވަންދެން ޝޯއާއި ދުރުގައި ހުންނަން ޖެހުނެވެ. އަދި އެކި ސަބަބު ތަކާހުގެ ޝޯގެ ބައެއް ޖަޖުން ވެސް ސީޒަން ނިމިގެން ދިޔައިރު ވަނީ ބަދަލުވެފައެވެ. ޝޯ ފެށުނީއްސުރެ ޝޯއާއި މުޅިން ވަކިނުވެ ހުރި ހަމައެކަނި ޖަޖަކީ މަޝްހޫރު މިއުޒިކް ކޮމްޕޒަރ، ލަވަކިއުންތެރިޔާ އަދި އެކްޓަރ ހިމޭޝް ރޭޝްމިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު