ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން
ޢުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރި ޕޮލިސް އޮފިސަރު ޝަރީޢަތް ނިމެންދެން ބަންދު ކޮށްފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ 16 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ރޭ 11:09 ގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 34 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާގެ ބަންދު މުއްދަތު އިތުރުކުރުމަށް ކޯޓަށް ޙާޟިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތާއި ގުޅިގެން ރޭ އައްޑޫގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ. އަދި އަންހެންކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ ފުލުސް މީހާއަށް ހިމާޔަތް ދީގެން ގެންގުޅޭ ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ތުހުމަތުކޮށްފައެެވެ. ފުލުސް މީހާ ދިރިއުޅޭ ގެކައިރިއަށް ގިނަ ބަޔަކު އެއްވެ މުޒާހަރާ ކުރި މީހުން ހުއްޓުވަން ފުލުހުން ވަނީ ބާރުގެ ބޭނުންވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން