އަހުމަދު ޝާހް   18 ސެޕްޓެމްބަރު 2021 - 3:1
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ދަތުރުފަތުރު ކުރުމުގައި ރައްކާތެރިނޫން ޤައުމުތައް ކަނޑައަޅާފައިވާ ޔޫކޭގެ ރެޑްލިސްޓުން ރާއްޖެ އުނިކޮށްފިއެވެ.

ޔޫކޭގެ ރެޑް ލިސްޓުން 8 ޤައުމެއް އުނިކުރުމަށް ނިންމާފައިވާކަން އިޢުލާނުކޮށްފައިވަނީ އެ ޤައުމުގެ ސެކެޓްރީ އޮފް ސްޓޭޓް ފޯރ ޓްރާންސްޕޯޓް ގްރާންޓް ޝެޕްސް ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން 22 ސެޕްޓެމްބަރުން ފެށިގެން އެޤައުމުގެ ރެޑްލިސްޓުން އުނިކުރުމަށް ނިންމާފައިވަނީ، ދިވެހިރާއްޖެ، ޕާކިސްތާން، ސްރީލަންކާ، އޮމާން، ބަންގްލަދޭޝް، ކެންޔާ އަދި އިޖިޕްޓެވެ.



ރާއްޖެ އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން އުނިކޮށްފައި މިވަނީ، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނަޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް، ރާއްޖެ އެގައުމުގެ ރެޑްލިސްޓުގައި އޮންނަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރަށްވާފައިވަނިކޮށެވެ.

ކޯވިޑްގެ ޙާލަތު ރާއްޖޭގައި ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އިނގިރޭސިވިލާތް ހިމެނެނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން