ހެރިޓޭޖް މިނިސްޓަރ - ޔުމްނާ މައުމޫން
ހެރިޓޭޖް މިނިސްޓަރ - ޔުމްނާ މައުމޫން
ފަތުރުވެރިކަމުގެ ދާއިރާއަކީ ދިވެހި ފަންނާނުންގެ ހުނަރު އިތުރަށް ދައްކާލުމަށް ގިނަ ފުރުސަތުތަކެއް ފަހިވާންޖެހޭ ޕްލެޓްފޯމެއްކަމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖެއްގައެވެ. މިނިސްޓަރ ޔުމްނާއަކީ ރާއްޖޭގެ ސަގާފަތާއި އާދަކާދަ އަދި ދިވެހީންގެ ފަންނުވެރިކަން ތަރައްގީކޮށް ކުރިއަރުވައި އެފަދަ މަސައްކަތް ތަކުން އާމްދަނީ ހޯދޭނެ މަގުތައް ތަނަސްވަސްކޮށްދިނުމަށް ވަރަށް ބޮޑަށް ވާކާލާތުކުރަށްވައި މަސައްކަތް ކުރަށްވާ ބޭފުޅެކެވެ.



އެކަމަނާ ވިދާޅުވެފައިވަނީ ފަތުރުވެރިކަން ވަށާޖެއްސުމުގައި އެންމެ ފުރަތަމަ އިސްކަން ދޭންޖެހޭނީ ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމަށް ކަމަށާއި، ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމަށް ދިވެހި ފަންނާނުންގެ ހުނަރު ދައްކާލާނެ އިތުރު ފުރުސަތުތައް ފަހިވުމަކީ މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖެއަކީ މުއްސަނދި ސަގާފަތެއް ލިބިފައިވާ ހުނަރުވެރި ފަންނާނުން ދިރިއުޅެމުންދާ ޤައުމެއް ކަމަށްވެސް އެކަމަނާ ވަނީ ފާހަގަކުރަށްވާފައެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާގައި ފަތުރުވެރިކަމާބެހޭ ވަޒީރު ދެއްވި ޚިޠާބުގައި ސަރުކާރުގެ އެއް ސިޔާސަތަކީ ފަތުރުވެރިކަން ރައްޔިތުންނާއި ހަމައަށް ގެންގޮސް ފަތުރުވެރިކަމުގެ މަންފާ ވަކިވަކި ފަރުދުންނަށް ފޯރުކޮށް ދިނުންކަން ވަނީ ފާހަގަ ކުރަށްވާފައެވެ. އެގޮތުން އުންމީދަކީ 2022 ވަނަ އަހަރުގެ ޖަނަވަރީމަހު ރާއްޖޭގެ ހޯމް ސްޓޭ ޓޫރިޒަމް ތަޢާރަފް ކުރުން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އެންމެހާ ރައްޔިތުން ޝާމިލުވާގޮތަށް ފަތުރުވެރިކަން ތަރައްޤީވުމުގެ ފުރުޞަތު ލިއްބައިދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް ސްޓޭ ފަތުރުވެރިކަން ތަޢާރަފު ވުމުން ދިވެހިން ސަގާފަތާއި ދިވެހީންގެ ހުނަރުތަކާއި ފަންނުތައް ދައްކާލުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެގެން ދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން