ރައީސް އިބްރާހިމް މުހަންމަދު ސާލިހާއެކު ކުރިއަށް އޮތްތާގައި ސިޔާސީ މަސައްކަތް ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބަރުލަމާނީ ނިޒާމު ގެނައުމާއި ނަފްރަތުގެ ބިލުގެ މައްސަލައިގައި އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ ރައީސް ޞާލިހާއެކު ސިޔާސީ ގޮތުން މަސައްކަތް ނުކުރެއްވޭނެ ކަމަށް ވިދާޅުވެ އެމަނިކުފާނާއި އޮތް "ސިޔާސީ ގުޅުން" ކަނޑާލެއްވިކަން އިއުލާން ކުރައްވާފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، ރައީސް ސާލިހާއެކު ސިޔާސީ މަސައްކަތް ކުރެވޭނެ ކަމަށާއި، ސަރުކާރުން މަޖިލީހަށް ހުށައަޅާ އެމްޑީޕީގެ ސިޔާސަތާ އެއްގޮތަށް އެކުލަވާލާ ބިލްތައް ހެދުމަށްވެސް ރައީސާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ރައީސް ސާލިޙާއި ވާހަކަފުޅު ނުދައްކަވައި ހުންނެވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށާއި، އެއީ އެމަނިކުފާނަށް ކުރައްވަން ފަސޭހަ ކަމަަކަށް ވެސް ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް މަސައްކަތް ކުރައްވާނީ ރައީސް ސާލިޙާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.

"އަޅުގަނޑު އިތުރަށް އެއްޗެއް ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާއާ އެކަމާ ގުޅޭ ގޮތުން ފުރިހަމައަށް މަޝްވަރާ ކުރެވުނީމާ،" އެމަނިކުފާނު އިސްވެ ބަރުލަމާނީ ނިޒާމް ގެނައުމަށް ކުރައްވާ މަސައްކަތާއި ގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވައި ބަރުލަމާނީ ނިޒާމް ގެނައުމަށް މަސައްކަތް ކުރަމުންދާއިރު އެމްޑީޕީގެ ތެރޭގައި ބަރުލަމާނީ ނިޒާމު ގެނައުމަށް ރައްޔިތުންގެ ތާއީދު އޮތްކަން ހާމަކުރަން ޕެޓިޝަނެއްގައި ސޮއި ކުރުމުގެ ހަރަކާތެެއް ވެސް ވަނީ ފަށާފައެވެ. އެމްޑީޕީގެ އެތެރޭގައި ހިޔާލުތަފާތުވުންތައް އުފެދި ރައީސް ނަޝީދަށް ތާއީދު ކުރާ ފެކްޝަނަކާއި ރައީސް ސާލިޙަށް ތާއީދު ކުރާ ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ދެ ފެކްޝަނެއްގެ ގޮތުގައެވެ. އެ ވާދަވެރިކަން އެންމެ ބޮޑަށް ފެނިގެންދިޔައީ ނިމިދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުންނެެވެ. ވާދަވެރި އިންތިޚާބަށްފަހު އެ އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ސާލިޙުގެ ފެކްޝަނުންނެެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ބުލްބުލް

16-Oct-2021

ކޮންތާކު. މިހާރު ތިއުޅެނީ އޮޅުވައިލާއިގެން ބަރުލަމާނީ މުއްކޯރޭ ކިޔައިގެން ވެރިކަމުގެ ދަހިވެތިކަމުގަ. ޢޭބުރާންޗާ ކަލޭތީ ކާކުކަން މިހާރު ރައީސް ސޯލިހަށް އިގޭ.



ޓްރެންޑިން