06 ވަނަ ބައި
................
ދެން އަނެއްކާވެސް އޭނާގެ ހިތަށްއެރިއެވެ. މިއީ ވިޔަފާރިއެކެވެ. އަމިއްލަ ރުހުމާނުލާ އަނބިމީހާއަށްޓަކައި ކުރެވޭ ވިޔަފާރިއެކެވެ. އަހަރެން މިކަން ކުރާނަމެވެ. އެއަށްފަހު ވީހާއަވަހަކަށް ޕްރަބާގެ ގެ ދޫކޮށްލެވޭތޯ މަސައްކަތް ކުރާނަމެވެ. އެދެމެދުގައި ރޫޕާއަށް ޝައްކެއް ވެއްޖިއްޔާ
އަހަރެން ހުރިހާ ވާހަކެއް ކިޔާ ދޭނަމެވެ. ރޫޕާ އަހަރެންގެ ލޯތްބާމެދު އިތުބާރު ކުރާނެއެވެ. ދެން އޭނާ ހިތްހަމަ ޖައްސާލިއެވެ. ހުރިހާ ދިމާއަކުން ދޮރު ބަންދުވިއަސް މިމަގު މިއޮތީ ހުޅުވިފައެވެ. ވީއިރު މިމަގު ދޫކޮށްލާފައި ރޫޕާ މަރުވިޔަ ދޭންވީ ކީއްކުރަން ހެއްޔެވެ.
އެގޮތަށް އިނދެގެން އޭނާ ވަރަށްގިނަ ގޮތްގޮތަށް ވިސްނިއެވެ. ދެން ތެދުވެފައި އެންމެ ފުރަތަމަ ޑަކްޓަރ މެހެތާއަށް ފޯނުކޮށް ރޫޕާގެ ޙާލާމެދު ސުވާލު ކުރިއެވެ. ޑަކްޓަރ މެހެތާ ޙައިރާންވެފައި ބުންޏެވެ.
"ތިޔަ އުޅެނީ ކޮންތާކު ހެއްޔެވެ. ތިރްލޯކްގެ އަންހެނުން އޮތީ ވަރަށް ކަންބޮޑުވެފައެވެ."
"މިއަދު ހަވީރު އަޅުގަނޑު ދާނަމެވެ." ތިރްލޯކް ބުންޏެވެ.
ދެން އޭނާ ސޭޓްސާހަބުގެ ދަރިފުޅާ ބެހޭގޮތުން ހިނގި ޙާދިސާ ބުނެދީފިއެވެ. އަދި ބުންޏެވެ.
"މިކަހަލަ ދަނޑިވަޅެއްގައި ނޯކަރުންގެ ބޭނުން ޖެހޭނީ ކިހާ ވަރަކަށްކަން ޑަކްޓަރަށް ރަނގަޅަށް އެނގިލައްވާނެއެވެ. ސިސްޓަރ މެދުވެރިކޮށް މިހުރިހާ ވާހަކައެއް ރޫޕާއަށް ކިޔައި ދެއްވައިފިނަމަ ޝުކުރު ވެރިވާނަމެވެ."
"އަހަރެން ބުނެދޭނަމެވެ. އެކަމަކު އޮޕަރޭޝަން ކުރުމަށްޓަކައި ފައިސާގެ އިންތިޒާމު ހަމަޖައްސައިފިން ހެއްޔެވެ؟"
"އިރާދަކުރެއްވިއްޔާ މާދަމާ ތިޔަކަންތައްތައް ހަމަ ޖެހިދާނެއެވެ. މާދަމާ އެގާރައިގެ ފަހުން ކޮންމެވެސް އެއްވަގުތަކު ދުރުވެ ޑަކްޓަރ ސީންގެ ކައިރިން ވަގުތު ހޯއްދަވައި ދެއްވައިފިއްޔާ ވަރަށްބޮޑު އިޙްސާންތެރިކަމެއް ކަމުގައި ދެކޭނަމެވެ."
"އަހަރެން ހަމަ މިހާރު ޑަކްޓަރު ސީންއަށް މި ފޯނުކުރަނީއެވެ."
"ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ."
ތިރްލޯކު ފޯނު ބާއްވާފައި އައިސް އިށީނދެއްޖެއެވެ. މިހާރު ވަގުތު ކަނޑައްތު ކުރުމަކީ ދަތިކަމަކަށް ވެއްޖެއެވެ. އޭނާއަށް އަޖައިބެއްފަދަ އިޙްސާސްތަކެއް ކުރެވެން ފަށައިފިއެވެ. އޭނާގެ ރޫޕާ ސަލާމަތް ވެދާނެއެވެ. އެކަމަކު އަނެއް ކޮޅުން އޭނާ ޕްރަބާއާ ބައްދަލުވުމަށް ނުދިއުމުން ނުރުހުން ނުވާނެ ބާވައޭވެސް ހިތަށް އެރިއެވެ.
ބަރާބަރު ދޭއްޖެހިއިރު ކިޝޯރު ބޭންކުން މުސާރަ ހިފައިގެން އަތުވެއްޖެއެވެ. ފައިސާ އަޅާފައިހުރި ފޮށީގައި ބޮޑުތަޅެއްލާފައި އޮތެވެ. ފޮށި އުފުލަން ތިބީ އޮފީހުގެ ފާރަވެރިންގެ ދެމީހެކެވެ. އަދި ހަތިޔާރާއެކު ހުރި މީހަކުވެސް ބަޑިހިފާފައި ހުއްޓެވެ. ކިޝޯރުގެ އޮފީހާ ހަމައަށް އައިސްފައި ހަތިޔާރު އެޅިމީހާ ހިނގައްޖެއެވެ. ފާރަވެރިންގެ ދެމީހުންވެސް ހިނގައްޖެއެވެ.
ހުރިހާ ސްޓާފުން އުފަލުން ހެވިއްޖެއެވެ. އެމީހުންގެ މުސާރަ ލިބެން އުޅޭތީއެވެ. މެނޭޖަރ އޮފީހުގައި ނެތުމާއެކުވެސް އެސިސްޓެންޓް މެނޭޖަރ ކިޝޯރު ހުރިހާމީހުންނަށް މުސާރަ ދޭގޮތަށް ނިންމިއެވެ. އޭނާ ޓައިޕިސްޓް ގާތުގައި މުސާރައިގެ ރަސީދުހެދުމަށް ބުންޏެވެ. އެއާއެކު ޓައިޕިސްޓް ޙާޟިރީ ބަލަބަލާފައި ރަސީދު ހަދަން ފަށައިފިއެވެ.
އެންމެ ފުރަތަމަ ކިޝޯރު ގޮވީ ތިރްލޯކަށެވެ. ތިރްލޯކް ފައިސާކޮޅު ޖީބަށްލާފައި ރަސީދުގައި ސޮއި ކޮށްލުމާއެކު ފޯނުގެ ރަނގަބީލު ވާންފަށައިފިއެވެ. އަދި ތިރްލޯކްގެ ހިތް ބާރަށް ތެޅިގަތީ ކީއްވެގެން ކަމެއް ނޭގުނެވެ. ކިޝޯރު ރިސީވަރ ނަގާ ކަންފަތުގައި ޖައްސާލިއެވެ. އަދި ބުންޏެވެ.
"ޔޭސް .........!"
"ކާކުތޯއެވެ. ކިޝޯރް ތޯއެވެ."
"ލައްބައެވެ. ވާހަކަ ދައްކަނީ ކިޝޯރެވެ."
"ވާހަކަ ދައްކަނީ ހުސްޕިޓަލުން މެނޭޖަރ އެވެ."
"ކިހިނެއްވީތޯއެވެ."
"ކުޑަ އިރުކޮޅެއްގެ ކުރީގައި ސޭޓްގެ ދަރިފުޅު ނިޔާވެއްޖެއެވެ."
"ކީކޭތޯއެވެ...." ކިޝޯރު ފުންމައިގެން ތެދުވެއްޖެއެވެ. "ސޭޓްގެ ދަރިފުޅު މަރުވީއޭތޯއެވެ؟"
ތިރްލޯކަށްވެސް ވީހީ ކޮންމެވެސް މީހަކު އޭނާގެ ބޮލުގައި ހިލަބުރިއަކުން ޖެހި ހެންނެވެ. އޭނާ ހިމޭނުން ދެލޯ ބޮޑުކޮށްގެން އިނދެ ކިޝޯރަށް ރަނގަޅަށް ބަލަމުން ގެންދިޔައެވެ. ކިޝޯރު ބުނަމުން ދިޔައެވެ.
"ކުއްލިއަކަށް އެހެން އެވީ ކީއްވެގެންތޯއެވެ. އޭނާ ސަލާމަތް ކުރެވިދާނެކަމުގެ އުއްމީދުވެސް އޮތީ ކުރެވިފައި ނޫންތޯއެވެ؟"
'"ތަޤްދީރުގެ ނިންމެވުމާ ދެމެދަށް ވަދެވޭނީ ކާކަށް ހެއްޔެވެ؟"
"އެމެރިކަން ޑަކްޓަރ ނާދޭތޯއެވެ."
"އޭނާ އައިސް ސިވިލްސާރޖަންގެ ކޮޓަރިއަށް ވަން ވަގުތު ނަރުހަކު އައިސް އެޚަބަރު ދިނީއެވެ."
"ދެން ހަދަންވީ ކިހިނެއްތޯއެވެ."
"އަވަހަށް ވަގުތުން އޮފީސް ލައްޕަންވީއެވެ. ދެން މިކޮޅަށް ދުރުވާށެވެ. މިތާނގައި މިހިރީ އަޅުގަނޑު އެކަންޏެވެ. އަވަހަށް އަތްގާތް ކޮށްދެއްވަން ދުރުވާށެވެ. ސޭޓް ސާހަބްގެ ދެމަފިރިންވެސް ތިބީ ހޭނެތިފައެވެ. އެއްވެސް މީހަކު އެއްވެސް ކަމެއްގެ ހެއެއްނެތެވެ."
"އަޅުގަނޑު ކުޑައިރުކޮޅެއްގެ ތެރޭގައި މިދަނީއެވެ."
ކިޝޯރު މިހެންބުނެފައި ފޯނު ބާއްވައިފިއެވެ. އަދި އިންޓަރކަމުން ހެޑްކްލާކާ ގުޅާފައި ސޭޓް ސާހަބްގެ ދަރިފުޅު ނިޔާވެއްޖެކަމާއި، އަވަހަށް އޮފީސް ލެއްޕުމަށް އެންގިއެވެ. އަދި އެއްވެސް މީހަކަށް މިއަދު މުސާރަ ނުލިބޭނެކަންވެސް އެންގިއެވެ. ބޭރުގައި ތިބި މީހުންނަށް މިކަމުން އަސަރުކުރި ކަމުގައި ވިޔަސް ތިރްލޯކް ހުރީ ހިތްހަމަ ޖެހިފައެވެ. މިއަދު މުސާރަ ނުލިބުނުނަމަ ބަސްޓިކެޓް ގަންނާނެ ފައިސާ ފޮއްޗެއްވެސް ނުލިބުނީހެވެ.
ކިޝޯރު އަވަސް އަވަހަށް ސޭފެއް ހުޅުވާލަމުން ބުންޏެވެ.
"ތިރްލޯކްއެވެ. ކުޑަކޮށް އަހަންނާ އެހީވެދީ ބަލާށެވެ. ފޮށިން ފައިސާ ބޮނޑިތައް ނަގާފައި އަހަރެންގެ އަތަށް ދޭށެވެ. އަހަންނަށް ތަންކޮޅެއްކުރިން މިކަން އެގުނުނަމަ ފައިސާއެއް ނުނެގީމުހެވެ. އަދި ސުދަރްޝަންގެ ދިހަލައްކަ ރުފިޔާވެސް އައި މަގުމަތީގައި އެގެއަށް ރައްދުކުރީމުހެވެ."
ތިރްލޯކްގެ އަތުން ބޮޑެތި ނޫޓްތައް ނަގަމުން ގެންދިޔައެވެ. އޭނާގެ ހިތަށް އެރިއެވެ. މުސްކުޅިން ބުނަނީ ދޮގުވާހަކައެއް ނޫނެވެ. ފައިސާއިން ފުރާނަ ސަލާމަތް ކުރެވޭނެނަމަ އެއްވެސް ފައިސާވެރިއަކު މަރެއް ނުވީހެވެ. އެވަގުތު ސޭޓް ސާހަބްގެ ރުޅިދުރުވުންވެސް އޭނާއަށް ހަނދާން ކުރެވުނެވެ. ސޭޓް ސާހަބް އޭނާއަށް ވިހިހާސް ރުފިޔާ ދެއްވިނަމަ ކަލާނގެ އޭނާގެ ދުޢާ އެއްސެވުމަކީ ދުރުކަމެއްނޫނެވެ. އެކަމަކު މިހާރު އެހުރިހާ ފައިސާތަކުގެ ބޭނުމަކީ ކޮބައި ހެއްޔެވެ. އެއިން ހިފުނީ ކޮންބޭނުމެއް ހެއްޔެވެ. އެފައިސާތައް ޖަމާކުރާނީ ކޮންކަމަކަށް ހެއްޔެވެ.
އެންމެ ފަހުބޮނޑި ސޭފްގައި ބާއްވަމުން ތިރްލޯކް ގާތުގައި ކިޝޯރު ބުންޏެވެ.
"ވާހަކަ ކޮޅެއްވެސް ދައްކާލަން ވެފައި އެބައޮތެވެ. އެކަމަކު މިހާރަކު ވަގުތެއް ނެތެވެ."
"ލައްބައެވެ."
"ކިޝޯރު ބްރީފްކޭހަށް ތަޅުދަނޑު ވައްޓާލުމަށްފަހު ބުންޏެވެ."
"ތިރްލޯކް ހޮސްޕިޓަލަށް ދާނަން ހެއްޔެވެ؟"
"ލައްބައެވެ. އެކަމަކު ކުރިން ދާނީ އަންހެނުން ކައިރިއަށެވެ."
"އެންމެ ރަނގަޅެވެ. އިށީންނާށެވެ."
ތިރްލޯކް އިށީނުމާއެކު ފޯނުގެ ރަނގަބީލު ވެއްޖެއެވެ. ކިޝޯރު ރިސީވަރ ނަގާފައި ވާހަކަ ދެއްކިއެވެ. މެނޭޖަރ އަނެއްކާވެސް އަވަސް ކުރުމަށް އެދި ފޯނުކުރީއެވެ. ކިޝޯރު ވަރަށް އަވަހަށް މިދަނީއޭ ބުނެފައި ފޯނު ބާއްވައިފިއެވެ. އަދި ކުޑަވައި އިނގިލި ދައްކާލަމުން ބުންޏެވެ.
"އަހަރެން ފާޚާނާއަށް ވަދެލާފައި މިއަންނަނީއެވެ. ތިރްލޯކް ދާނީ އަހަންނާ އެކުގައެވެ."
"ލައްބައެވެ."
ކިޝޯރު ފާޚާނާއަށް ހިނގައްޖެއެވެ. ތިރްލޯކު ގޮނޑީގައި ލެނގިލުމާއެކު ސޭފުގެ މައްޗަށް ނަޒަރު ހުއްޓިއްޖެއެވެ. އޭގައި ގާތްގަނޑަކަށް ވިހިލައްކަ ފަންސާސްހާސް ރުފިޔާ ވަރު ހުންނާނެއެވެ. ކުއްލިއަކަށް ތިރްލޯކްގެ ހިތް ފުންމައިގެން އައިސް ކަރުބުޑުގައި ތާށިވެއްޖެއެވެ. އެހެނީ އެހުރިހާ ފައިސާތަކެއްހުރީ ސޭފްގައެވެ. ތަޅުދަނޑި އޮތީ އޭނާގެ ކުރިމަތީގައި ހުރި ބްރީފް ކޭހުގައެވެ. ކިޝޯރު ބްރީފްކޭސް ތަޅުނުލާކަންވެސް ތިރްލޯކަށް އެނގެއެވެ. ތިރްލޯކް ތެޅިތެޅި އޮތް ހިތަކާއެކު ވިސްނަމުން ދިޔައެވެ. އަހަރެން ބޭނުންވަނީ ހަމައެކަނި ވިހިހާސް ރުފިޔާއެވެ. ސޭފްގައި ވިހިލައްކަ ފަންސާސްހާސް ރުފިޔާ އެބަހުއްޓެވެ. ......... ވިހި ލައްކަ ފަންސާސްހާސް ރުފިޔާ.........
އަހަރެން ބޭނުމީ އެންމެ ވިހިހާސް ރުފިޔާއެވެ. އަންހެނުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައެވެ...... މިކަމަށްޓަކައި ޕްރަބާއާއެކު ދާއިމީ ގޮތަކަށް ފާފައެއްގައި ބައިވެރިވުމަކީ އަހަރެންގެ ޙަޔާތަށް އަސަރު ކޮށްފާނެ ކަމެކެވެ. އެއަށްވުރެ ރަނގަޅީ ވިހި ހާސް ރުފިޔާ ވަގަށް ނުގެމެވެ.
ވައްކަން ކޮށްގެން އުޅެނިކޮށް ފަޅާއެރި ކަމުގައި ވިޔަސް ސަޒާއަކަށްވާނީ އަހަރާ ހަމަސް ދުވަހެވެ. އެކަމަކު ޕްރަބާއާއި އެއްބަސްވުމުން ރޫޕާގެ އިތުބާރު ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ. ދިރިއުޅުން ނަރަކައަކަށް ވެދާނެއެވެ.......
ވަގުތު ވަރަށްކުޑައެވެ. އެހެންކަމުން އޭނާއަށް އޮތް އެންމެ ރަނގަޅުގޮތަކީ ފަހުން ގޮތެއް ނިންމުމެވެ. އޭގެ ކުރިން ތަޅުދަނޑި ފޮރުވުމެވެ. ވައްކަން ކުރުމަށް ހިތް ނުރުހިއްޖިއްޔާ އެ ތަޅުދަނޑި ކޮންމެވެސް ތާކަށް އެއްލާލާނީއެވެ. އޭރުން ކިޝޯރަށް ހީވާނީ ތަޅުދަނޑި ވެއްޓުނީ ކަމުގައެވެ. އަހެން ނަމަވެސް ފައިސާ ހަމައަށް ހުންނާނެއެވެ.
ތިރްލޯކް ވަރަށް ހަލުވިކަމާއެކު ބްރީފްކޭސް ހުޅުވާލާފައި ތަޅުދަނޑި ނަގައިފިއެވެ. އަދި ހަމަ އެހާ އަވަހަށް ބޫޓް ތެރެއަށް ތަޅުދަނޑި ލުމާއެކު ބްރީފްކޭސް ލައްޕާލާފައި އިށީދެއްޖެއެވެ. އޭނާގެ ހިތް ގަޑިއަކު އެއްހާސް މޭލުގެ ބާރު މިނުގައި ތެޅެމުން ދެއެވެ. އެވަގުތު ބޭރުން އަޑުފަށްގަޑެއް އިވުމާއެކު ތިރްލޯކް ބޭރަށް ނުކުމެއްޖެއެވެ.
ސްޓާފުން ކިޝޯރު ގާތުގައި މުސާރަކޮޅު ލިބިދިނުމަށް އެދި ވާހަކަ ދައްކަނީއެވެ. އެހެނީ ތޭރަ ދުވަހުގެ ކުރިއަކުން ދެނެއް އޮފީހެއް ނުހުޅުވާނެއެވެ. ތިރްލޯކްގެ ފައިދަށުން ބިންގަނު ދެމިގަތެވެ. އޭނާގެ ހިތަށްއެރިއެވެ. މިވަގުތު ކިޝޯރު އަންމެނަށް މުސާރަދޭގޮތަށް ނިންމައިފިއްޔާ ތަޅުދަނޑި ނުފެނުމުން ވާނީ ކިހިނެއް ހެއްޔެވެ. އޭނާގެ ކޮޓަރީގައި ތިރްލޯކް ނޫން ދެވަނަ މީހަކު ނެތެވެ.
ތިރްލޯކް ދާހިއްލާ ފޯވެއްޖެއެވެ. އަނެއްކޮޅުން ކިޝޯރު ބުންޏެވެ.
"އަހަރެންވެސް މުސާރަ ބޭނުމެވެ. އަހަންނަށްވެސް ކަލޭމެންގެ މަޖުބޫރީ ޙާލަތު ވިސްނެއެވެ. އެކަމަކު ކަލޭމެން އަހަރެންގެ މަޖުބޫރީ ޙާލަތު ވިސްނޭތޯ މަސައްކަތް ކޮށްލަބަލާށެވެ. ހަމަދެންމެ މެނޭޖަރ ސާހަބް ދެވަނަ ފަހަރަށް ފޯނު ކުރައްވައިފިއެވެ. އޭނާ އެ އަންގަވަނީ އަވަހަށް އަހަރެން ދިއުމަށެވެ. އޭނާގެ އަމުރަށް ތަބާ ނުވެއްޖިއްޔާ އަހަރެންގެ ވަޒީފާއަށްވެސް ބުރޫ އަރާފާނެއެވެ. އާއެކެވެ. މުސާރައިގެ ޒިންމާ އަހަރެންގެ ބޮލުގައި އަޅައިފީމެވެ. މާދަމާ ދޫކޮށްލާފައި އަނެއްދުވަހު ހަމަ ހެނދުނާ ކަލޭމެންނަށް މުސާރަ އަތުލާދޭނަމެވެ."
އެންމެންގެ ކަނދުރާ އެލިއްޖެއެވެ. އެހެން ނަމަވެސް ތިރްލޯކް ހުރީ ހިތްހަމަ ޖެހިފައެވެ. އެވަގުތު އަނެއްކާވެސް ފޯންގެ ރަގަބީލުވާން ފަށައިފިއެވެ. ކިޝޯރު އެތެރެއަށް ވަންނަމުން ބުންޏެވެ.
"އެއައީ ތިންވަނަ ފޯނެވެ. ޝަރްމާޖީއެވެ. އަވަހަށް އޮފީސް ލައްޕާށެވެ."
ހަމަ ރަނގަޅަށްވެސް މެނޭޖަރގެ ފޯނެކެވެ. ކިޝޯރު އަވަސް އަވަހަށް ބްރީފްކޭސް ހިފައިގެން އޮފީހުން ނިކުމެއްޖެއެވެ. އަދި ޝަރުމާޖީ ގާތު ކަންތައް ކުރަންވީގޮތް ބުނެދީފައި ބޭރަށް ނުކުމެއްޖެއެވެ. އަވަސް އަރުވާލާފައި ހުރިވަރުން ތިރްލޯކްގެ މަތިންވެސް ހަނދާން ނައްތާލާފައި އޭނާ ކާރު ދުއްވާލައިފިއެވެ.
+ + + + +
ރޫޕާއާއި ބައްދަލުކޮށްފައި އޭނާ ހޮސްޕިޓަލުން ނުކުތްއިރު ސިކުނޑި ބަރަށް އެނބުރެއެވެ. ރޫޕާ މަރުން ސަލާމަތް ކުރެވޭތީ އުފަލުން ވަރެއްނެތެވެ. ޑޮކްޓަރ ސީން އޮޕަރޭޝަނަށް ހަމަޖެއްސީ މާދަމާ ނޫން އަނެއް ދުވަހެވެ. އެކަމަށްޓަކައި ފައިސާ ޖަމާކުރަންވީއެވެ. މިހާރު ދެން ތިރްލޯކު ވިސްނަންވީ ފައިސާ ހޯދާނެ ގޮތަކާމެދުގައެވެ. އޭނާގެ ކުރިމަތީގައި ދޮތީ ދެގޮތެކެވެ. ޕްރަބާއާއެކު ފާފައެވެ. ނުވަތަ ވައްކަމެވެ. އެކަމަކު ޕްރަބާގެ ބަހަށް ޢަމަލުކުރުމަކީ އެއްގޮތަކަށްވެސް އޭނާގެ ހިތްދެއޭ ކަމެއްނޫނެވެ. އޭނާ ވިސްނަމުން ދިޔައެވެ. އޭނާ ރޫޕާ ސަލާމަތް ކުރުމަށްޓަކައި މިފާފަ ކޮށްފާނެއެވެ. އެކަމަކު ރޫޕާއަށް މިކަން އެނގިއްޖިއްޔާ ބަލަބަލާހުއްޓާ ޙަޔާތް ބަރުބާދުވެގެން ހިނގައިދާނެއެވެ.
އެތައްއިރަކު ވިސްނުމަށްފަހު ތިރްލޯކް ގޮތެއް ނިންމައިފިއެވެ. އޭނާ ވައްކަން ކުރާނީއެވެ. އަދި މިއީ ފާފައެއް ކަމުގައެއްވެސް ނުވާނެއެވެ. އެހެނީ މިވައްކަން ކުރެވެނީ އަމިއްލަ އަނބިމީހާ މަރުން ސަލާމަތް ކުރުމަށްޓަކައެވެ. މިގޮތަށް ނިންމުމަށްފަހު އޭނާ ގެއަށް ދިއުމުގެ ޚިޔާލު ދޫކޮށްލައިފިއެވެ.
ފުރަތަމަ އޭނާ އެތައް އިރެއްވަންދެން މަގުމަތީގައި ހިނގަމުން ދިޔައެވެ. އަދި އޮފީހުގެ ޗާޓް ހިތަށް ނަގަމުން ދިޔައެވެ. އޮފީހުގެ ފުރަގަހުން ތަންކޮޅެއް ދުރުގައި ރޭލް ދަގަނޑު ދަމާފައި އޮވެއެވެ. އޭނާއަށް އެއްރެއަކު އޯވަރޓައިމް ކުރަން ޖެހުނެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް އެއްގަޑި ފަސްމިނިޓްގައި އެތަނުން ރޭލު ދަތުރުކުރާކަން އެނގިފައިވެއެވެ.
ޢިމާރާތުގެ ތަންތަން ހުރިގޮތް އޭނާގެ ހިތަށް ނެގިފައިވެއެވެ. ޢިމާރާތުގެ ފުރަގަހުން ވަދެވިދާނެއެވެ. އެހެން ނަމަވެސް އެދިމާއިން ފާރުމަތީގައި ދެމީޓަރުގެ އުސްމިނަށް ކަށިނަރު ދަމާފައިވެއެވެ. މި ނަރުތަކުގެ މަތިން އެރިއްޖިއްޔާ އޮފީހުގެ އެތެރެއަށް ވަންނާނެ ގޮތްވެސް އޭނާއަށް އެނގެއެވެ.
ދިޔަދޮވީގެ ހޮޅިން ފުރާޅު މައްޗަށް އެރުމުގައި، ތަންކޮޅެއް އުނދަގޫވާނެއެވެ. އެކަމަކު މިއީ ނުކުރެވޭނެ ކަމެއްނޫނެވެ. މައްޗަށް އަރާފައި ސޭފްގައިހުރި ފައިސާނެގުމަށްޓަކައި ކޮޓަރީގެ ފެންލައިޓް ތަޅާލަން ޖެހޭނެއެވެ.
ބިއްލޫރިގަނޑު ތަޅާލުމަށްޓަކައި ޚާއްޞަކުރަން ޖެހޭނީ ޓްރޭން ދަތުރުކުރާ ވަގުތެވެ. އެހެނީ އޮފީހުގެ ފާރަވެރިޔާ ތާއަބަދު ބަޑިހިފައިގެން ޢިމާރާތުގެ ވަށައިގެން ހިނގަހިނގާ ހުރެއެވެ. އާދައިގެ އަޑެއް އިވުނަސް އޭނާ ހުޝިޔާރުވެ ހުރެއެވެ. އަދި ހިޔަންޏެއްވެލިއަސް އޭނާ ތިރްލޯކްގެ ގަޔަށް ބަޑިޖަހާނެއެވެ.
ތިރްލޯކް ހޮޓަލަކުން ކައިފިއެވެ. އަދި ބޫޓްގެ ތެރެއަށް ވައްޓާލާފައި އޮތް ތަޅުދަނޑިނަގާ އިސްޓާކީނުގެ ދަށަށް ޖަހައިފިއެވެ. ދެން އޭނާ އިރުކޮޅަކު ހިނގާލަ ހިނގާލަ ހުއްޓެވެ. ބަރާބަރު ނުވައެއް ޖެހިއިރު ސިނަމާގެ ޓިކެޓް ކިޔޫގައި ޖެހިއްޖެއެވެ. ނުވަގަޑި ބައިގައި ޝޯ ފެށޭނެއެވެ.
ގަޑިން ބާރަޖެހުމާއެކު ފިލްމު ނުނިމެނީސް އޭނާ އަރިމަތީ ދޮރުން ނުކުމެއްޖެއެވެ. އެކަމަކު ޓިކެޓްބުރި ފަރުވާތެރި ކަމާއެކު ރައްކާކުރިއެވެ. ސިނަމާގެ ގޯތި ތެރޭންލާފައި ނުކުތްއިރު އެއްވެސް މީހަކު އޭނާއާމެދު އަޅައެއް ނުލައެވެ. އެންމެ ފަހު ޝޯ ކަމުގައިވާތީ ދޮރު ފާރަވެރިއަކުވެސް ނެތެވެ. ދޮރުތައް ހުރީ ހުޅުވާ އަޅާފައެވެ. ގޯތި ތެރޭގައި ހުރި ފިހާރަތައްވެސް ލައްޕައިފިއެވެ.
ކުޑަ އިރުކޮޅަކަށްފަހު ތިރްލޯކް މަގުމަތީގައި ދުވަމުން ދިޔައެވެ. ހިތް ބާރަށް ނެގިނެގިފައި ޖެހެއެވެ.
+ + + + +
ތިރްލޯކް ވަރަށްދުރުން މަގުދޫކޮށްލައިފިއެވެ. އޭނާ ރޭލްދަގަނޑު މަތިން ހިނގާފައި އޮފީހުގެ ކަމްޕައުންޑްގެ ފުރަގަހަށް އަތުވެއްޖެއެވެ. އޮފީހުގެ ބޭރުން ފާރު ކައިރީގައި ރޭލެއްގެ ޙަލާކުވެފައި އޮތް ބުރިވަރެއް އޮތެވެ. އޭގެ މައްޗަށް އެރުމުގައި މާބޮޑު އުނދަގުލެއް އުފުލާކަށް ނުޖެހުނެވެ. އެހެން ނަމަވެސް އޭނާގެ ހެދުން އެކި ތަންތަނުން ވީދިއްޖެއެވެ. މައްޗަށް އަރާފައި ތިރްލޯކް ބަލާލިއެވެ. ފާރާ އެދެމެދު ފުދޭވަރެއްގެ ދުރުމިނެއް ހުއްޓެވެ. އެކަމަކު ނަސީބު ތަންދީފިއްޔާ ފުންމައިގެންވެސް ދެވިދާނެއެވެ.
ތިރްލޯކް ވިސްނާލިއެވެ. ވެއްޓިއްޖިއްޔާ އެންމެ ބޮޑުވަރަކަށްވެސް ވާނޭގޮތަކީ އަތްފައިގެ ތަންތަން މަށައިގެން ދިއުމެވެ. އެނގިދާނެތާއެވެ. އެހެން ނަމަވެސް ހަމައެވަގުތު ފާރަވެރިޔާ ޓޯޗް ހިފައިގެން އަލިއަޅުވަމުން އެދިމާއަށް އަންނަތަން ފެނިއްޖެއެވެ.
ތިރްލޯކް ކުއްލިއަކަށް ބަންޑުން އޮށޯވެއްޖެއެވެ. މިކަމުން އޭނާއަށް ހިތްހަމަ ޖެހުމެއްވެސް ލިބުނެވެ. އެހެނީ އޮފީސް ވަށާޖަހާފައި ދެން ފާރަވެރިޔާއަށް އާދެވޭނީ ބައިގަޑިއެއް ހާއިރު ފަހުންނެވެ. ބައިގަޑިއިރަކީ ވަރަށް ގިނަ ވަގުތެވެ. ތިރްލޯކް އަނެއްކާވެސް ތެދުވެއްޖެއެވެ. އެވަގުތު ފާރަވެރިޔާގެ ހިޔަނި އަނެއް ފަރާތަށްގޮސް ގެއްލެނިކޮށް އެނާއަށް ފެނުނެވެ. އެއާއެކު ފުންމާލަން ތައްޔާރުވެއްޖެއެވެ.
ދެން ވިސްނާލިއެވެ. މިއީ ނުބައި ނިޔަތެއްގައި ކުރެވޭ ވައްކަމެއް ކަމުގައި ވަންޏާ އޭނާއަށްވާނީ ނާކާމިޔާބެވެ.
އެއަށްފަހު އޭނާ ގައިގާ ހުރި ބާރެއްލާފައި ފުންމާލިއެވެ. ކަށިނަރުތަކުގެ މަތިން ހުރަސްކޮށް ދާން ފެށުމުން އޭނާ ލޯމަރާލިއެވެ. އަދިފާރުން އެތެރޭގެ ވިނަގަނޑު މައްޗަށް އޭނާ ވެއްޓުމުން ހީވީ ކަރުބުޑުގައި ހިތް ތާށިވިހެންނެވެ. މިއީ އޭނާގެ ފުރަތަމަ ކާމިޔާބެވެ. އޭނާގެ ގައިގެ އެތަން މިތަނުން ލޭކޮށާލައިފިއެވެ. އެހެން ނަމަވެސް އޭނާ މިކަމަކާ އެއްގޮތަކަށްވެސް ފަރުވާލެއް ނުބަހައްޓައެވެ. އެންމެބޮޑަށް އޭނާ އުފާވީ ވިނަގަނޑު މައްޗަށް ޖެހިގަތް އަޑު ފާރަވެރިޔާއަށް ނީވުނުކަމެވެ.
* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 21 އިން 25 އަށެވެ.

ކިޔުންތެރިންގެ ހިޔާލު