އެސްޓީއޯއިން އިސްނަގައިގެން ކުރިއަށް ގެންދާ "ފަޚުރުވެރި ޢާއިލާ" ކެމްޕެއިން
އެސްޓީއޯއިން އިސްނަގައިގެން ކުރިއަށް ގެންދާ "ފަޚުރުވެރި ޢާއިލާ" ކެމްޕެއިން
ރައީސް ޞާލިޙްގެ "ފަޚުރުވެރި ޢާއިލާ" ވަޢުދުގެ ދަށުން އައިޖީއެމްއެޗްގައި އަލަށް އުފަންވާ ކުދިންނަށް ހަދިޔާ ދިނުން މެދުކަނޑާލީ ކޮވިޑްގެ ސަބަބުން އެ ހޮސްޕިޓަލުން އެދިގެންކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު މުޙައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

އަލަށް ދުނިޔެއަށް އުފަންވާ ކުދިންނަށް ޚާއްސަކޮށް އެސްޓީއޯއިން ކުރިއަށް ގެންދާ "ފަޚުރުވެރި ޢާއިލާ" ކެމްޕެއިން މި ނޮވެމްބަރު މަހު އަލުން ފަށާފައިވާއިރު، މި ކެމްޕެއިންގެ ދަށުން އަލަށް އުފަންވާ ކުދިންނަށް ޚާއްސަކޮށް، އެސްޓީއޯއިން ދެނީ "ގިފްޓް ހެމްޕާ" އެކެވެ. މިފަހަރު މި ކެމްޕޭން ކުރިއަށް ގެންދަނީ އެސްޓީއޯއާއި ޓްރީޓޮޕް ހޮސްޕިޓަލް ގުޅިގެންނެވެ.

"ފަޚުރުވެރި ޢާއިލާ" ކެމްޕޭނާ ގުޅިގެން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، އެސްޓީއޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން މި ޕްރޮގްރާމް އެންމެ ފުރަތަމަ ފެށީ 2020 ވަނަ އަހަރު އައިޖީއެމްއެޗްގައި ކަމަށެވެ. އަދި އޭރު ރާވާފައި އޮތީ، ފަޚުރުވެރި އާއިލާގެ ވަޢުދުގެ ދަށުން މުޅި ރާއްޖޭގައި އެ ޕްރޮގްރާމް ހިންގުމަށް ކަމަށް އަމްރު ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުގެ އެ ވަޢުދު ފުއްދުން މަޑުޖައްސާލަން ޖެހުނީ ކޯވިޑްގެ ސަބަބުން ކަމަށާއި ވަރަށް އަވަހަށް މުޅި ރާއްޖޭގައި ވަޢުދު ފުއްދުމުގެ މަސައްކަތް ފަށާނެ ކަމަށް އަމުރު ވިދާޅުވިއެވެ. ރާއްޖޭގައި އުފަންވާ ކުދިންގެ ތަފާސްހިސާބު ހިއްސާ ކުރަށްވަމުން އަމްރު ވިދާޅުވީ އަހަރެއްގެ މައްޗަށް ރާއްޖޭގައި 6000 ކުދިން އުފަންވާއިރު އަލަށް އުފަންވާ ކުދިންގެ 70 އިންސައްތަ އުފަންވަނީ މާލެ އޭރިއާގައި ކަމަށެވެ.

ފަޚުރުވެރި ޢާއިލާ" ނަމުގައި އެސްޓީއޯއިން ކުރިޔައްގެންދާ ކެމްޕެއިންގައި މިހާރު ގިފްޓް ހެމްޕާ ހަވާލު ކުރަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި އުފަންވާ ކުދިންގެ އާއިލާތަކަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި އަލަށް އުފަންވާ ކުދިންނަށްދޭ މި ގިފްޓް ހެމްޕާގައި އެސްޓީއޯ އިން އެތެރެކުރާ ގިނަ ބައެއްގެ މަޤްލޫބުކަން ހޯދައިފައިވާ ޕްރޮޑަކްޓްތައް ހިމެނެއެވެ. އެގޮތުން ރާއްޖޭގެ ބާޒާރުގައި ހުރި އެންމެ ކޮލިޓީ ހަގީސް ނެޕީ އަދި ހަގީސްގެ ވޮންޑަރ ޕޭންޓްސް މި ގިފްޓް ހެމްޕާގައި ހިމެނޭނެ ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.

އެސްޓީއޯއަކީ އަބަދުވެސް މުޖުތަމައަށް ފައިދާހުރި މިފަދަ ގިނަ ކެމްޕޭންތަކެއް ހިންގަމުން އަންނަ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން