މާދަމާ އޮންނަ އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި އެ ޕާޓީގެ ހުރިހާ މެންބަރުން ވެސް ނުކުމެ ވޯޓު ލުމަށް، ރައީސް ޞާލިޙްގެ ތާއީދާއިއެކު އެ އިންތިހާބުގައި ވާދަކުރަށްވާ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ގޮވާލައްވައިފިއެވެ.

އިންތިހާބުގެ ކެމްޕޭންގެ އެންމެހާ ކަންކަން ނިންމަވާލެއްވުމަށްފަހު، މިރޭ ފައްޔާޒު ވިދާޅުވީ، އެންމެން އެކުވެ ގުޅިގެންތިބެ ކުރިއެރުން ހޯދާ ފިތުނައާއި ނަފުރަތުން އެކަހެރިވެ، ދިވެހިރާއްޖެއަށް ހަމަޖެހުމާ ތަރައްގީ ގެނެސްދޭ އާރުކާޓީންނަކީ އެމްޑީޕީ މެންބަރުންކަމަށެވެ.

އަދި އަލުން އާ ބާރަކާއެކު އެމްޑީޕީ ހިންގާލުމަށް ޕާޓީގެ ހުރިހާ މެންބަރުން ވެސް ނުކުމެ ވޯޓު ލެއްވުމަށް އޭނާވަނީ އެދިވަޑައިގެންފައެވެ.



މާދަމާ އޮންނަ އިންތިހާބުގައި މާލޭގައި ވެސް ޖުމުލަ 15 މަރުކަޒެއްގައި ވޯޓުލުން ކުރިޔަށް ދާނެއެވެ. ވޯޓުލުން ހެނދުނު 9 ޖަހާއިރު ފަށާއިރު ވޯޓުލުން ބަންދުކުރަން ހަމަޖެހިފައިވަނީ ހަވީރު 4 ޖަހާއިރުއެވެ. އެންމެފަހުން އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ އިންތިހާބެކޭވެސް އެއްފަދައިން މި އިންތިހާބުގައި ވެސް ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި މައިގަނޑުގޮތެއްގައި ހަމަޖައްސާފައިވަނީ ސްކޫލްތަކެވެ.

މާދަމާ ބާއްވާ އެމްޑީޕީގެ އެތެރޭގެ މި އިންތިހާބުވާނީ، އެ ޕާޓީގެ ތާރީހުގައި ވެސް އައި އެންމެ ވާދަވެރިކަން ބޮޑު އެންމެ ފޯރިގަދަ އިންތިހާބަށެވެ. އިންތިހާބާ ގުޅިގެން ޕާޓީގެ ތެރޭގައި ފެކްޝަން އުފެދި ބައިބައިވުންތައް ބޮޑުވެފައިވާއިރު ޕާޓީގެ ގިނަ ބަޔަކު އުންމީދުކުރަނީ މި އިންތިހާބު ވެގެންދާނީ އެތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ނިމުން ގެނެސްދޭނެ އިންތިހާބަކަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން