ރާއްޖޭގެ ރީތިި ރިސޯޓެއް؛ ކޯވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަން ވަނީ ހުއްޓިފައި
ރާއްޖޭގެ ރީތިި ރިސޯޓެއް؛ ކޯވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަން ވަނީ ހުއްޓިފައި
ކޯވިޑް-19އާއި ގުޅިގެން މޮނިޓަރިންގގެ ހާލަތުގައި ނެތް ރަށްރަށުންނާއި، މޮނިޓަރިންގގެ ހާލަތުން ނެގިފަހުން 14 ދުވަސް ހަމަވެފައިވާ ރަށްރަށުން ރިސޯޓުތަކަށް ވަޒީފާއަށް ދާންބޭނުންވާ މުވައްޒަފުންނަށް، އެރިސޯޓުތަކަށް މިހާރު ދެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މޮނިޓަރިންގގެ ހާލަތުގައިހުރި ރަށްރަށުންނާއި، މޮނިޓަރިންގގެ ހާލަތުން ނެގިފަހުން 14 ދުވަސް ހަމަނުވާ ރަށްރަށުން ރިސޯޓުތަކަށް ވަޒީފާއަށް ދާންބޭނުންވާ މުވައްޒަފުންނަށް ވެސް، އެރިސޯޓެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވުމަށްފަހު ވަޒީފާއަށް ނުކުތުން އެންމެ ރަނގަޅުކަމަށް އެޗްޕީއޭއިން ނިންމާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިގޮތަށް ރަށްރަށުން ރިސޯޓުތަކަށްދާ މުވައްޒަފުންގެ މައުލޫމާތު އެޗްޕީއޭއަށް އެންގުމަށް އަންގާފައިވާތީ، ރިސޯޓުތަކަށް ވަޒީފާއަށްދާން ބޭނުންވާ މުވައްޒަފުންގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީގެ ހޮޓްލައިން 7273131 އަށް ނުވަތަ އީމެއިލް އަށް ފޮނުވުމަށް އެދިފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީއާއި ރާއްޖޭގައި ވެސް ބަލިފެތުރެން ފެށުމުން ރާއްޖޭގެ ބޯޑަރުތައް މިދިޔަ މާޗުމަހުގެ ތެރޭގައި ވަނީ ފަތުރުވެރިންނަށް ބަންދުކޮށްފައެވެ. އެއާއެކު ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ މުޅިން ހުއްޓިފައެވެ. ނަމަވެސް ސަރުކާރުން މިހާރުދަނީ ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމަށް ތައްޔާރުވަމުންނެވެ.

އަންނަ ޖުލައި މަހުން ފެށިގެން ރާއްޖެ އަންނަން ބޭނުންވާ ފަތުރުވެރިންނަށް ރިސޯޓުތަކަށް ދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން