މާލެސިޓީ އަކީ ޓެކްސީގެ ޑިމާންޑް ބޮޑު ދުވަހު އާމްދަނީއަށް މަސައްކަތް ކުރާ ގިނަ ޑްރައިވަރުން އުޅޭ ސިޓީއެއް
މާލެސިޓީ އަކީ ޓެކްސީގެ ޑިމާންޑް ބޮޑު ދުވަހު އާމްދަނީއަށް މަސައްކަތް ކުރާ ގިނަ ޑްރައިވަރުން އުޅޭ ސިޓީއެއް
ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ފުރަބަންދުކުރުމުގެ ސަބަބުން ގެއްލުންވި ޓެކްސީ ޑްރައިވަރުންނަށް ރަނގަޅު ގޮތްތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ދެއްވައިފިއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ޓްރާސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ދެމުންދާ ގޮތާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވާރޗުއަލް ކޮށް ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި، މިނިސްޓަރ ނަހުލާ ވިދާޅުވީ، ޑްރައިވަރުންނަށް މުހިންމު ރަނގަޅު ގޮތްތަކެއް ހޯދައިދޭން ޖެހިފައިވާކަމަށެވެ. އެގޮތުން ޓެކްސީ ޑްރައިވަރުންނަށް ފޯރުކޮށްދެވޭނީ ކޮން އެހީތެރިކަމެއްކަން ދެނެގަނެ، ސަރުކާރުން އިޢުލާންކޮށްފައިވާ އުސޫލްތަކުގެ ތެރެއިން ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސައިދެއްވާނެކަމުގެ ޔަގީން ކަން މިނިސްޓަރު ދެއްވިއެވެ.

"އިކޮނޮމިކް މިނިސްޓްރީން މީގެ ގިނަ ކަންކަން ހިންގަވަނީ. އަޅުގަނޑު މިނިސްޓަރ ފައްޔާޟް އާއި ވާހަކަދައްކައިގެން އަޅުގަނޑުމެންނަށް ކުރެވޭނީ ކޮންކަމެއްތޯ ބަލައި ކުރިއަށް ގެންދާނެ ވާހަކަ ޢިއްޒަތްތެރި މެންބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަން." އަދި މިހާތަނަށް އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނެތްކަން ހާމަވާ މޭރަމަކުން ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ސޮލެޓެއްގައި ވަޒީރު ކަމުގައި ހުންނެވި މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ފުރަތަމަ ފުރަބަންދުކުރުމުން ކޮންމެ ސެންޓަރަކުން 6 ޓެކްސީއަށް ހުއްދަދޭން ނިންމި ކަމަށެވެ. އެ އަދަދު އިތުރުކުރުމަށް ސެންޓަރުތަކުން އެދުމުން ފުލުހުންނާއި މަޝްވަރާކޮށް ކޮންމެ ސެންޓަރަކުން 10 ޓެކްސީއަށް މިހާރު ހުއްދަދީފައިވާކަމަށް ނަހުލާ ވިދާޅުވިއެވެ. މި ވަގުތަކީ ހުރިހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ފިޔަވަޅު އަޅަންޖެހޭ ވަގުތުކަމުން ކޮންމެ ކަމެއްގައިވެސް ދަތިތަކެއް ހުންނާނެކަމަށް ނަހުލާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން އަޅާފައިވާ ކޮންމެ ފިޔަވަޅަކީވެސް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަޅާފައިވާ ފިޔަވަޅުތަކެއްކަން ނަހުލާ ވަނީ ފާހަގަކުރައްވާފައެވެ. ކޯވިޑާ ގުޅިގެން މާލެ ފުރަބަންދު ކުރުމުން ޓެކްސީގެ ޚިދުމަތް މުޅިން ހުއްޓި އެފަރާތްތަކަށް ލިބެމުންދިޔަ އާމްދަނީ ހުއްޓި ދިރިއުޅުމުގެ މުހުތާދުތައް ނުފުއްދި ގިނަ ޓެކްސީ ޑްރައިވަރުން ވަނީ ގޮތް ހުސްވެފައެވެ. އެހެން ނަމަވެސް ފުރަބަންދަށް ދިން ލުއިތަކާއެކު ސިއްހީ ވަރުގަދަ ފިޔަވަޅުތަކާއެކު އެޗްޕީއޭ މިހާރު ވަނީ ބައެއް ޓެކްސީ ތަކަށް ހުއްދަދީފައެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ފުރަބަންދުކުރުމުގެ ސަބަބުން ގެއްލުންވި ޓެކްސީ ޑްރައިވަރުންނަށް ރަނގަޅު ގޮތްތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓަރ ދެއްވި ނަމަވެސް ފުރަބަންދުގައި ތިބޭތާ މިހާ ދުވަސްވެގެން ދިޔައިރު އެކަމާ ކުރައްވަމުން ގެންދަވާ އެއްވެސް ކަމެއް ފެނި އަދި އެފަދަ ކަމެއްގެ އަޑެއްވެސް އިވިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން