މަރިޔަމް އަޒްކާ އިބްރާހީމް.
މަރިޔަމް އަޒްކާ އިބްރާހީމް.
ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން ގިނަބަޔަކު އަހުލުވެރިކުރުމަށް އަޒުމު ކަނޑައަޅަައިގެން ހުރި މަރިޔަމް އަޒްކާ އިބްރާހީމްގެ އުއްމީދަކީ ތިމާވެއްޓާ ބެހޭ މުހިންމު މައުލޫމާތުތަކެއް އާންމުކޮށްދިނުމަށް ވެބްސައިޓެއްް ތައްޔާރުކުރުމެވެ. މިކަމަށް މަގުފަހިވުމުގެ އެންމެ ބޮޑު ހިތްވަރަކަށްވީ އުގައިލް ފައުންޑޭޝަނުން ކުރިއަށްގެންދާ ކޯޑިންގ އެންޑް ކްރިޓިކަލް ތިންކިންގް ޕްރޮގްރާމެވެ.

އުގައިލް ފައުންޑޭޝަނުން މިއަހަރު ހިންގަމުންދާ ކޯޑިންގ އެންޑް ކްރިޓިކަލް ތިންކިންގް ޕްރޮގްރާމަކީ، ޅައުމުރުގައި ކޯޑިންގެ ދާއިރާއަށް ކުދިން ތައާރަފްކޮށް، އެކިކަހަލަ ކަންކަމަަށް އަޙުލުވެރިކޮށް އެކުދިންގެ ވިސްނުމާއި އަޚުލާގު ބައްޓަން ކުރަން އެހީތެރިވެދޭ ޕްރޮގްރާމެެކެވެ. އުމުރުން 7 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް މި ޕްރޮގްރާމުގެ އަލީގައި ކޯޑިންގ އަދި ޕްރޮގްރާމިންގް ލެންގުއޭޖްގެ އިތުރުން، ވެބް އެޕް ޑިވެލޮޕް ކުރުން ފަދަ ކަންކަމަށް އަޙުލުވެރިވެގެން ދާނެއެވެ.

މިޕްރޮގަރާމްގައި ބައިވެރިވަމުންދާ އުމުރުން 11 އަހަރުގެ އަޒްކާގެ އުއްމީދަކީވެސް މިއީއެވެ. އަޒްކާ ބުނީ މިޕްރޮގްރާމުގައި އެންމެ ބައިވެރިވާ ހިއްވީވެސް ކޯޑިން އަށް ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. ކޯޑިން އެކިގޮތްތަށް ބޭނުން ކުރެވޭނެ ނަމަވެސް އަޒްކާ އެންމެ ބޭނުންވަނީ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން ގިނަބަޔަކު އަހުލުވެރިކުރުމަށް ވެބްސައިޓެއް ތައްޔާރުކުރުމަށެވެ.

އަޒްކާ ބުނީ ކޯޑިންގ ގެ އިތުރުން މިޕްރޮގްރާމުގައި ކްރިޓިކަލް ތިންގކިންގްގެ ދަށުން ނަގައިދޭ ކްލާސްތައްވެސް އެހާމެ މުހިންމުކަމަށާއި، މިކްލާސްތަކުން، އާންމު ދިރިއުޅުމާއި ދުރުރާސްތާއަށް އެކި ކަންކަމުގައި ވިސްނައި އަހުލުވެރިވުމަށް ބާރު އަޅާކަމަށެވެ.

އަދި ސްކޫލްގައި ކިޔަވަމުންވެސް އުގައިލް ފައުންޑޭޝަނުން ހިންގާ މިފަދަ ޕްރޮގްރާމެއްގައި ބައިވެރިވެ ލިބޭ ތަޖްރިބާގެ އަލީގައި ކުރިއަށް ދިއުމަށް ހިތްވަރު ލިބޭކަމަށެވެ. އަދި މިޕްރޮގްރާމްގެ ދަށުން ހިންގާ ކްލާސްތަކުގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި، ކުރިއެރުމަށް ހިތްވަރުލައިދޭކަން އަޒްކާ ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން