ފްރާންސްގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން މިއަދު ފަށައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގެ އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި މިހާރުގެ ރައީސް އެމަނުއަލް މެކްރޮންގެ ކޯލިޝަނަށް މަޖިލީހުގެ ސާފު އަޣްލަބިއްޔަތު ގެއްލިދާނެއެވެ.

މިއަދު ކުރިއަށްދާ އިންތިހާބުގެ ދެ ވަނަ ބުރުގެ ވާދަކުރާނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކޮންމެ ދާއިރާއަކުންވެސް ވޯޓްލާނީ ފުރަތަމަ ބުރުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނައިން ވޯޓް ލިބުނު 2 ކެނޑިޑޭޓުންނެވެ.

އިންތިހާބުގެ ދެވަނަ ބުރަށް ހޮވުނު ގިނަ ކެނޑިޑޭޓުންނަކީ ފްރާންސްގެ ރައީސް މެކްރޮން ކޯލިޝަނާއި މެކްރޮންގެ ކޯލިޝަންއާ އެންމެ ގާތުން ވާދަކުރާ 4 ޕާޓީއެއް ހިމެނޭ ނުޕޭސް ކޯލިޝަންގެ ކެނޑިޑޭޓުންނެވެ.

މި އިންތިހާބުގައި 577 ގޮނޑިއަށް މެމްބަރުން އިންތިހާބުކުރަން ޖެހޭއިރު ސާފު އަގްލަބިއްޔަތު ހޯދުމަށް ރައީސް މެކްރޮންގެ ޕާޓީން 289 ގޮނޑި ހޯދަންޖެހެއެވެ. އެހެންނޫންނަމަ ސަރުކާރަށް ޖެހޭނީ ދެވަނައަށް އެންމެ ގިނަ ގޮނޑި ލިބޭ ނުޕޭސް ގްރޫޕާއި ކޯލިޝަނަށް ހަދާށެވެ. އެހެންކަމަށްވާނަމަ ބޮޑުވަޒީރުގެ މަގާމު ސަރުކާރު ޕާޓީއަށް ގެއްލޭނެއެވެ.

އިންތިހާބުގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން ސަރުކާރަށް ލިބެނީ 255 އާއި 305އާ ދެމެދުގެ އަދަދެއްގެ ގޮނޑިތަކެވެ. އަދި އެންމެ ގާތުން ވާދަކުރާ ނުޕޭސް ކޯލިޝަނަށް ލިބޭނީ 140 އާއި 200 އާ ދެމެދުގެ އަދަދެއްގެ ގޮނޑިތަކެވެ.

ފްރާންސް ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ކުރިއަށްދާއިރު، މިދިޔަ އޭޕްރީލްމަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް މެކްރޮން ވަނީ ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފައެވެ. އަދި އޭނާގެ ރީފޯމް އެޖެންޑާ ތަންފީޒުކުރުމަށް މަޖިލީހުގެ ސާފު އަޣްލަބިއްޔަތެއް ވަރަށް މުހިއްމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން