ވިޒް އެއާއިން އަބޫ ދާބީ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ފަށަން ނިންމައިފި އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ވިޒް އެއާ އިން ބުނެފައިވަނީ، އެ އެއާލައިނުން ބޭރުގެ އިތުރު ދެ މަންޒިލަކަށް ދަތުރުތައް ފަށަން ނިންމާފައި ވާކަމަށެވެ. އޭގެ ތެރޭގައި ރާއްޖެވެސް ހިމެނެ އެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.



ވިޒް އެއާ އިން ރާއްޖެއަށް ހަފްތާއަކު ހަތަރު ދަތުރު ކުރުމަށް ނިންމާފައިވާއިރު ފްލައިޓް އޮންނާނީ ކޮންމެ ހޮނިހިރު، އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ. އެ އެއާލައިނުން މިހާރު ވަނީ ރާއްޖޭގެ ދަތުރުތަކުގެ ޓިކެޓު ވެސް ވިއްކަން ފަށާފަ އެވެ. ވިޒް އެއާ އިން ބުނީ ރާއްޖެއަށް އޮޕަރޭޓުކުރާނީ މުޅިން އާ، އެއާބަސް އޭ321ނިއޯ މަރުކާގެ ބޯޓެއް ކަމަށެވެ.

ޔޫއޭއީގެ ބަޖެޓް ގައުމީ އެއާލައިން ވިޒް އެއާގެ އޮޕަރޭޝަންތައް ފެށީ ޖެނުއަރީ 2021 އެވެ. ޖުމްލަ ފަސް ބޯޓު އޮންނަ މި އެއާލައިނުން ޖުމްލަ 34 މަންޒިލަކަށް އުދުހުންތައް ބާއްވަމުންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން