އަހުމަދު މަސްނޫމް   2 އޯގަސްޓު 2022 - 14:15
އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އަލްގައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ މަރާލައިފިއެވެ.

އަލްގައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ މަރާލާފައިވަނީ އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އާދިއްތަދުވަހު އެމެރިކާގެ ސީއައިއޭއިން ހިންގި ކައުޓަރ ޓެރަރިޒަމްގެ އޮޕަރޭޝަނެއްގައެވެ.

އަލްގައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ މަރާލެވުނުކަން ރަސްމީކޮށް އިއުލާނުކުރީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއެވެ.

ހަބަރުތައް ބުނާގޮތުން ޒަވާހިރީ މަރާލާފައި ވަނީ އޭނާ ދިރިއުޅެމުންދިޔަ ގޭގެ ބެލްކަންޏެއްގައި ހުއްޓައެވެ. އަދި މި ހަމަލާގައި އިތުރު މީހަކު މަރުވެފައެއް ނުވެއެވެ.

އަލްގައިދާގެ ލީޑަރަކަށް ޒަވާހިރީ އިސްކުރެވިގެންދިޔައީ އެ ޖަމާއަތުގެ ލީޑަރަކަށް ހުރި އުސާމާ ބިން ލާދިން 2011 ވަނަ އަހަރު އެމެރިކާއިން މަރާލުމާއި ގުޅިގެނެވެ.

އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި 2001 ސެޕްޓެމްބަރު 11ގެ ޓެރަރިސްޓް ހަމަލާ ރޭވުމުގައި ބިން ލާދިން އާއި ޒަވާހިރީއަކީ އިސް މޭސްތިރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން