ބޮލީވުޑްގެ ކާމިޔާބު ތަރިންތަކުގެ ތެރޭގައި މިހާރު ހިމެނޭ އާލިއާ ބަޓް އާއި ރަންވީރު ސިންގްއަށް މި ޖީލުގެ ކާޖޮލް އާއި ޝާހްރުކް ޚާންގެ ލަގަބުބޮލީވުޑްގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރ ކަރަން ޖޯހަރު ދީފިއެވެ.

ކަރަން ގަބޫލުކުރާ ގޮތުގައި ރަންވީރާއި އާލިއާގެ އޮން ސްކްރީން ޕެއަރިން ކާޖޯލް އާއި ޝާހްރުކްގެ ޑެބިއު ފިލްމު، "ކުޗް ކުޗް ހޯތާ ހޭ" ގައި ފެނިގެންދިޔަ ދެތަރިންގެ އެކްޓިންގ އާއި ގާތްގޮތެެއް ހުރެއެވެ. އެގޮތުން ކަރަން ވަނީ ކާޖޯލް އާއި ޝާހްރުކްގެ އޮން ސްކްރީން ކެމިސްޓްރީ އާއި އާލިޔާ އަދި ރަންވީރުގެ އޮން ސްކްރީން ކެމިސްޓްރީގައިވެސް އެއްގޮތްކަމެއް ހުންނަކަން ފާހަގަކޮށްފައެވެ.



އާލިއާއާއި ރަންވީރު އެކުގައި ބޮޑު ސްކްރީނުން އަދި ފެނިގެން ގޮސްފައިވަނީ ޒޯޔާ އަޚްތަރު 2019 ވަނަ އަހަރު ރިލީޒްކުރި ފިލްމު ގުލީ ބޯއީ އިންނެވެ. ނަމަވެސް ކާޖޮލް އާއި ޝާހްރުކް ވަނީ ދިލްވާލޭ ދުލްހަނިއާ ލޭ ޖަޔަންގޭ، ކަބީ ޚުޝީ ކަބީ ޣަމް، ބާޒިގަރު، މައި ނޭމް އިޒް ޚާން ފަދަ ގިނަ ކާމިޔާބު ފިލްމުތަކަކުން އެކުގައި ފެނިގެން ގޮސްފަ އެވެ.

އާލިޔާ އަދި ރަންވީރު އެއްކޮށް ބޮޑު ސްކްރީނަށް ގެނައުމުގެ މަސައްކަތް ކަރަން ޖޯހަރު ދަނީ މިހާރު ކުރަމުންނެވެ. އެގޮތުން ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު ރޮކީ އައުރް ރާނީ ކީ ޕްރޭމް ކަހާނީ އިން މިދެތަރިން ލީޑު ރޯލުތަކުން ފެނިގެން ދާނެއެވެ.

2012 ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފް ވެގެން ދިޔަ އާލިއާ ބަޓް ފުރަތަމަ ފެނިގެން ދިޔައީވެސް ކަރަން ޖޯހަރުގެ ފިލްމަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން