ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ސިޔާސީ ގުޅުމުގެ ބިންގަލަކީ ވަން-ޗައިނާ ސިޔާސަތުކަމަށާއި، އަދި އެގޮތުގައި ރާއްޖެ އޮންނާނެކަމަށް ދިވެހި ސަރުކާރުން ހާމަކުރައްވައިފިއެވެ.

ދިވެހި ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ރައީސް ނެންސީ ޕެލޯސީ ޗައިނާގެ ބައެއްގެ ގޮތުގައި ދުނިޔެއިން ބަލައިގަންނަ ޓައިވާނަށް ޗައިނާއިން ދެކޮޅު ހަދަމުންދަނިކޮށް ކުރެއްވި ޒިޔާރަތާއި ގުޅިގެން އެމެރިކާއާއި ޗައިނާއާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ނެންސީ ޕެލޯސީގެ ދަތުރުފުޅާއި ގުޅިގެން އެކި ގައުމުތަކުން ދަނީ އެ ގައުމުތަކުން މިކަމުގައި ދެކޭ ގޮތް ހާމަކުރަމުންނެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ކުރި ޓްވީޓެއްގައި ބުނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ސިޔާސީ ގުޅުމުގެ ބިންގަލަކީ ވަން-ޗައިނާ ސިޔާސަތުކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެގޮތުގައި ރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން ރާއްޖޭގެ ހަރިޖިއްޔާއިން ދެއްވާފައިވާ ކަމަށެވެ.



ޗައިނާގެ އެމްބަސީން ބުނި ރާއްޖެއާއި ޗައިނާއާ ދެމެދު ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނައިރު، މި ގުޅުން ބިނާވެފައި އޮންނަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ އިހްތިރާމާއި، ގަބޫލުކުރުންތަކުގެ މައްޗަށްކަމަށެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ އެމްބެސެޑަރ ވަންގ ލިޒިން ވިދާޅުވީ "ވަން-ޗައިނާ" އުސޫލަށް ދިވެހި ސަރުކާރުން އަބަދުވެސް ދެއްވާ އަހައްމިއްޔަތުކަން ޗައިނާއިން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ. އަދި ރާއްޖެ އާއި ޗައިނާއަކީ އަބަދުވެސް އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން، މައިގަނޑު މަޞްލަޙަތު ހިމެނޭ ކަންކަމުގައި، އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދޭ ބައެއްކަން ފާހަގަކުރެއްވިއެވެ.



ޗައިނާ ސަފީރު ވިދާޅުވީ އެކަމަނާގެ އުއްމީދަކީ ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވެ، ކުރިއެރުންތަކެއް ހޯދުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން