އެމެރިކާގައި ކޮވިޑް ޕެންޑެމިކް ނިމުމަކަށް އައިސްފިކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ މީޑިއާއަކާ ވާހަކަދައްކަވަމުންނެވެ.

އެގޮތުން ކޮންމެ ދުވަހަކު އެމެރިކާގެ އެތައް ސަތޭކަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވަމުން ދިޔަ ނަމަވެސް، "ޕެންޑެމިކް ނިމިއްޖެ" ކަމަށް ޖޯ ބައިޑަން ވަނީ ވިދާޅުވެފަ އެވެ.

ބައިޑެން އިތުރަށް ވިދާޅުވީ ޕެންޑެމިކް ނިމުނަކަށް ކޯވިޑްގެ ބިރު އެބައޮތް ކަމަށެވެ.



"އަދިވެސް މިބަލި ފެތުރުން ހުއްޓުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން މިދަނީ. އެކަމަކު ޕެންޑެމިކް ނިމިއްޖެ. ފާހަގަ ކުރެވޭނެ މިހާރު އެއްވެސް މީހަކު މާސްކު ނާޅާކަންވެސް."



އެގޮތުން އާންމު ހާލަތަށް ބަދަލުވަމުންދާތަން ފެންނަމުންދާކަމަށް ބައިޑެން ވިދާޅުވިއެވެ.

ކޮވިޑުގެ ބަލިމަޑުކަން އެމެރިކާގައި ފެށުނުއިރު، ކޮންމެ ދުވަހަކު 3000 އަށް ވުރެ ގިނަ އެމެރިކާ މީހުން މަރުވަމުން ދިޔަ ނަމަވެސް މިހާރު މި އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ނަމަވެސް މިހާރުވެސް ދުވާލަކު ގާތްގަނޑަކަށް 400 އެއްހާ މީހުން ކޮވިޑު ބަލި ޖެހިގެން މަރުވަމުންދާ ކަމަށް އެމެރިކާގެ ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން