ޔޯގާ ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކޮށް، ބަންދުގައި ބަހައްޓާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޝައިހް ފަޟްލޫން މުހައްމަދު ދޫކޮށްލީ ގޯސްކޮށްކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާއަކީ ފަޟުލޫން އާއި ދެކޮޅަށް ހުށައަޅާފައިވާ ހެކީގެ ނިސްބަތަށާއި، ސަބަބުތަކަށް މީގެ ކުރިން ވެސް ބަންދުގެ އަމުރު ނެރެމުން ގޮސްފައިވުމެވެ. އަދި އެއިން އެއްވެސް ހާލަތަކަށް ބަދަލެއް ނާންނަ ކަމަށް ދަޢުލަތުން ހުށައެޅި ނުކުތާގައިވެއެވެ.

އެ މައްސަލާގައި ހައި ކޯޓުގެ ނިންމުމުގައިވަނީ އެންމެ ފަހުން ފަޟުލޫން ދޫކޮށްލަން ޖުލައި މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި އޭގެ ކުރިން ޖުލައި ފަސްވަނަ ދުވަހު ނެރުނު އަމުރާ އަޅާ ބަލާއިރު ހެކީގެ ނިސްބަތަށް އެއްވެސް ބަދަލެއް އައިސްފައިނެތް ކަމަށެވެ.

އެހެންކަމުން ހަތް ދުވަހުގެ ތެރޭގައި ފަޟުލޫންގެ ބަންދާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ދައުލަތުން ހުށަހަޅައިފިނަމަ، އެމައްސަލާގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހައިކޯޓުގެ ހުކުމްގައިވެއެވެ.

ފަޟުލޫން ބަންދުގައި ބެހެއްޓުމަށްފަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ މާލޭންނާއި ރާއްޖޭން ބޭރަށް ދާނަމަ ކޯޓަށް އެންގުމަށް ޝަރުތުކޮށްފައެވެ. އަދި، ފުލުހުންގެ ތަހުގީގަށް އެއްބާރުލުންދީ، ހާޒިރުވާން އެންގުމުން ހާޒިރުވުމަށް ވެސް ޝަރުތުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން