ލ. ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ފުރަން ގޮސްހުރި މީހަކު، ބޮމެއް އޮތްކަމަށް ބުނި މައްސަލާގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ދެންމެ ބުނީ، ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ފުރަން ގޮސް ހުރި މީހަކު ބޮމެއް އޮތްކަމަށް ބުނި މައްސަލައެއް މިއަދު 17:25 ގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަދި އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފަށް އެ މައުލޫމާތު ހިއްސާ ކޮށްފައިވާނޭ ކަމަށާއި، ނަމަވެސް އެމްއެންޑީއެފުން ބެލި ބެލުމުން އެފަދަ އެއްޗެއް ފެނިފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން