ފީފާވޯލްޑްކަޕްގައި މިއަދު އާޖެންޓީނާއާއި ދެކޮޅަށް ކުޅެ ސައުދީ އަރަބިއްޔާއިން ހޯދި ތާރީހީ މޮޅުގެ ކާމިޔާބީ ފާހަގަ ކުރަން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގޮތުގައި ސައުދީ ރަސްގެފާނު މަލިކު ސަލްމާން ބިން އަބްދުލްއަޒީޒް ،ހަމަޖައްސަވައިފިއެވެ.

ސައުދީގެ ނޫސްތަކުން ބުނެފައިވަނީ، ސަރުކާރު އަދި އަމިއްލަ އޮފީސްތަކާއި، ސަރުކާރުގެ ސުކޫލް ތަކުގެ އިތުރުން އަމިއްލަ ސުކޫލްތައް ވެސް މާދަމާ ބަންދު ވާނެ ކަމަށެވެ.


މިއަދު ކުޅުނު މެޗުގައި ފުރަތަމަ ގޯލެއްޖަހާ ލީޑު ނެގީ އާޖެންޓީނާއިންނެވެ. ނަމަވެސް، ފަހަތުން އަރާ ދެގޯލް ޖަހައިގެން މެޗު ކާމިޔާބުކުރީ ސައުދީންނެވެ.

މިމެޗުން މޮޅުވުމާއި އެކީ ސައުދީ އޮތީ މިހާރު ގްރޫޕް ސީގެ އެއްވަނައިގައި ތިން ޕޮއިންޓާއި އެކުއެވެ.

މިމުބާރާތުގައި ދެން ސައުދީ ބައްދަލުކުރާނީ މިމަހުގެ 26 ވަނަ ދުވަހު ޕޮލޭންޑާއިއެވެ. އަދި ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު މެކްސިކޯއާ ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު