އެމްޑީޕީގެ އާއްމު މެމްބަރުން ތިބީ ބަޖެޓަށް މެމްބަރުން ވޯޓް ދޭ ގޮތެއް ބަލަންކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަސަން މޫސަ މަނިކު، ރީކޯ ވިދާޅުވެއްޖެއެވެ.

ރީކޯ މޫސާ މިހެން ވިދާޅުވީ ބަޖެޓް ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްވަމުން ގެންދާތީ އެކަމުގެ ކަންބޮޑުވުން ޕާޅުކުރަށްވަމުންނެވެ.

މޫސަ ވިދާޅުވީ ބަޖެޓް ބަހުސްގައި ޕާޓީގެ ބައެއް މެމްބަރުންގެ ވާހަކަތައް އަޑު އައްސަވައިފިކަމަށެވެ. އަދި ހަނދާނަށް އަންނަނީ 2014 ވަނަ އަހަރު މޫސަ އެމްޑީޕީން ކަނޑާލީމަ މަޖިލީހުގައި ޕާޓީގެ ވެރިޔަކަށް ކުޑައިމީސް ބަހެއް ވިދާޅުވުމުން އޭނާއަށް ކޮށްލިވަރުކަމަށްވެސް މޫސަ ވިދާޅުވިއެވެ.



މޫސަ ވިދާޅުވީ އެމްޑީޕީގެ އާއްމު މެމްބަރުން ތިބީ ބަޖެޓަށް މެމްބަރުން ވޯޓް ދޭ ގޮތެއް ބަލަންކަމަށެވެ.

ބަޖެޓް ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި އެ މެންބަރުން ސަރުކާރަށް ފާޑު ކިޔަމުންދަނީ މީގެކުރިން މަޖިލީހުގައި ހިމެނޭ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާއަށް ފާޑު ކިޔާފައިނުވާ މިންވަރަކަށްކަން ބައެއް ބޭފުޅުން ފާހަގަކުރައްވައެވެ. އަދި އެއީ ބަލައިގަނެވޭނެ ކަންކަން ނޫންކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މިކަމާ ގުޅިގެން ޚިޔާލުފާޅުކުރުމުން ގެންދާ ބައެއް މީހުން ބުނަނީ މިހާރު މަޖިލީހާއި މީސްމީޑިއާގައި ވެސް އިދިކޮޅު ފަރާތްތަކުގެ ދައުރު އަދާކުރަނީ އެމްޑީޕީގެ މެންބަރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން