ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް، ނުވަތަ ދިރާގަކީ ރައްޔިތުންނަށް އެއްގޮތަށްވުރެ ގިނަ ގޮތުން ތުރާ ކުރިމަތި ކުރުވާ ކުންފުންޏެއްކަމަށް އެ ރައްޔިތުން ބުނާތާ އެތައް ދުވަހެއް ވެއްޖެއެވެ. ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ދޭ ކުންފުނިތަކުން ރައްޔިތުން ފެލާ ވާހަކައިގެ ކުރިއަށް ދިރާގުގެ ވާހަކަ އަންނަނީ ހަމަ އަސްލުގައިވެސް ރައްޔިތުން ފެލާތީއެވެ.

 

މިއަދު ދިވެހީންވެސް މިތިބީ އިގުތިސާދީ ހީނަރުކަމެއްގެ ތެރޭގައެވެ. މި ނާޒުކު ވަގުތުގައި ގައުމުގެ އިގުތިސާދު ހިފެހެއްޓުމަށް މުދަލާއި ޚިދުމަތުން ނަގާ ޖީއެސްޓީއާއި ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ނަގާ ޓީޖީއެސްޓީ ބޮޑުކުރުމުން ރައްޔިތުން އަތުން ނަގާ ޖީއެސްޓީ 2 ޕަސެންޓް އިތުރު ކޮށްލަން ސަރުކާރުން ބޭނުންވި ހިނދު ބައެއް ރައްޔިތުން ތިބީ އެކަމަށް ރުހިގެނެވެ. ސަރުކާރުން މިކަން މިގޮތަށް ކުރަން ޖެހުނު ސަބަބަކީ ގިނަ ރައްޔިތުންނަށް ގަބޫލުކުރެވޭ ސަބަބެއް ކަމުގައި ވާތީއެވެ.

 

އެގޮތުން، 1 ޖަނަވަރީ 2023 އިން ފެށިގެން ދޭ ހިދުމަތާއި ވިއްކާ ތަކެތީން 8 ޕަސެންޓުގައި ޖީއެސްޓީ ނަގަން ނިންމުމާއިއެކު ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުން ވެސް މިވަނީ ޖީއެސްޓީ 8 ޕަސެންޓަށް ބޮޑުވާނެކަން ހާމަކޮށް އެގޮތަށް އަމަލުކުރަން ފަށާފައެވެ.

 

ނަމަވެސް ގާނޫނަށް ގެނައި މިބަދަލާއި، ސަރުކާރުގެ އެންގުމާއި ހިލާފަށް ޖީއެސްޓީ ގަވާއިދާއި ހިލާފަށް ޖީއެސްޓީ ބޮޑުކޮށް ރައްޔިތުން "ފެލަން ފެށި" ފުރަތަމަ ކުންފުނީގެ ފަހުރުވެރި މަގާމު ހޯދާފައި މިވަނީ އެކަމުގެ މާޒީއެއް އޮތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ދިވެހި މުވާސަލާތީ ކުންފުނިންނެވެ.

 

މިކަން ފަޅާއަރުވާލި އެއް ބޭފުޅަކީ ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނެވި ސޯޝަލް މީޑިޔާގައި ނަންހިނގާ ތޮއްޔިބު ޝަހީމެވެ. އޭނާ މީސްމީޑިއާގައި އާންމުކޮށްފައިވާ ދިރާގުގެ ފޯނު ބިލުގައިވާގޮތުން, 1 ޑިސެންބަރު 2022 އިން 31 ޑިސެންބަރު 2022 ގެ ނިޔަލަށް އޭނާ ދިރާގުން ހޯދި ހިދުމަތަށް ޖީއެސްޓީ ހިސާބު ކޮށްފައިވަނީ 8 ޕަސެންޓްގެ ރޭޓުންނެވެ.

 

ތޮއްޔިބު އާންމުކުރި ބިލުގައިވާ ގޮތުން މި ދެންނެވި މުއްދަތުގައި ޗާޖެއްގެ ގޮތުގައި ހިނގާފައިވަނީ 350 ރުފިޔާއެވެ. އަދި އެއަށް ޖީއެސްޓީ 8 ޕަސެންޓް އިތުރު ކޮށްލުމުން 378 ރުފިޔާއަށް ބިލުގެ އަދަދު ވަނީ އަރާފައެވެ.

 

މިއީ ސަރުކާރުން ޖީއެސްޓީ ނަގަން އަންގާފައި އޮންނަގޮތާއި ސީދާ ހިލާފު ކަމެކެވެ. ބޮޑު އޮޅުވާލުމެކެވެ.

 

ފެންނަންހުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދިރާގުން ބައި މިލިއަނެއްހާ ސިމްކާޑަށް ހިދުމަތް ދެއެވެ. އެކި މީހުން ނަގާފައި ހުންނަ ޕެކޭޖުތައް ތަފާތުވާނެތީ ރައްޔިތުންއަތުން މިދިޔަ މަހުގެ ބިލުން ދިރާގުން ފެލާލި އަދަދުގެ ހިސާބެއް ގެނެސްދޭން ދަތިވިނަމަވެސް, އެއަދަދުގެ ބޮޑުކަން އެންމެ ބޭފުޅުންނަށް ވެސް ވަޒަން ކޮށްލެވޭނެއެވެ.

 

ނަމަވެސް ހިތާމައަކީ މީސްމީޑިއާގައި މިކަމާއި ގުޅޭގޮތުން އެކި ވާހަކަތައް ދައްކާއިރުވެސް ދިރާގުން ކަހާތަން ހިރުވާވެސް ނުލާ އޮތްކަމެވެ. ބޮޑު ޖީއެސްޓީ ހިމަނައިގެން ދިރާގުން ހެދި ބިލަށް ގިނަ ބަޔަކު ފައިސާ ދައްކާ ނިންމައިވެސްފިއެވެ. އެގޮތަށް ޖީއެސްޓީ ހިސާބުކުރަން ޖެހުނު ސަބަބެއްވެސް އަދި ދިރާގުން ބުނެފައެއް ނުވެއެވެ.

 

މިއީ ދިވެހީންގެ ނަން ކުރިއަށް ލައިގެން ހިންގާ ސަރުކާރުގެ ހިއްސާ ބޮޑު ކުންފުންޏަކުން މި ދަނޑިވަޅުގައި އަމަލުކޮށްގެން ވާނެ ގޮތްތޯއެވެ؟ ވަކިވަކި ފަރުދުންގެ އަތުން ވިއްސަކަށް ރުފިޔާ ބޮޑުކޮށް ނެގުން އެ ރައްޔިތު މީހާއަށް މާބޮޑު ކަމަކަށްވެ އަޅައިނުގަނެ އޮތްނަމަވެސް, ގައުމެއްގެ މެޖޯރިޓީ ރައްޔިތުންއަތުން މިވަރުބޮޑު އަދަދެއް ނުހައްގުން އަތުލުމަކީ ކިހާ ވިޔާނުދާ ކަމެއްތޯއެވެ.

 

ދެން މިވާހަކަ ދައްކަން ތިބި މީހުންގެ އަނގަ ބަންދުކޮށްގެން ތިއްބެއް ކަމަކު މިއަދު މިވާހަކަ ރައްޔިތުން ދައްކާނެ ޕްލެޓްފޯމްތައް ތައްމިނަށް ހުޅުވިފައި އޮތީމާ އެކަން އެގޮތަށް ކުރެވިދާނެ ކަމަށް ދެކިގެން ނުވާނެއެވެ.  


ކިޔުންތެރިންގެ ހިޔާލު


-13

މުހައްމަދު

22-Feb-2023

ދިރާގުން އަބަދުވެސް ޕެކޭޖް ފީ ނަގާނީ ހިގާމަހަށް. މާނައަކީ ޱޑިސެމްބަރ ބިލްގަ އިއްނާނީ ޖެނުއަރީމަހުގެ ޕެކޭޖް ފީ. އެހެންވީމާ 8% އަންނާނެ


-10

މާހިރާ

22-Feb-2023

އަހަރެން ބިލް ނުދައްކާ މި މަޑުކުރަނީ މިކަން ކޮޅެއްގައި ޖެހޭތޯ.


-2

ނުރަބޯ

22-Feb-2023

ނޫނޭ. އެއްގޮތަކަށްވެސް ރައްޔިތުން ތިބީ ޖީއެސްޓީ ބޮޑުކުރަން ރުހިގެންނެއްނޫނެވެ. ސަބަބަކީ ސަރުކާރުން ކުރާ ފައިސާގެ އިސްރާފުން ޒައްރެއްގެ މިންވަރުވެސް ކުޑަނުކުރާ ކަމެވެ.


-13

ރައްޔިތު

22-Feb-2023

ދިރާގުން ތިކަމުގަ އަމަލު ކޮށްފައި އޮތީ ކުރިންވެސް އެމީހުން ކަންކުރަމުން އައި އުސޫލުން. އެއީ އެމީހުން ބިލް ކުރާނީ އަބަދުވެސް ހިނގާ މަހުގެ ބިލް، ކުރިއަށް އަންނަ މަހުގެ އެކަކަށް ނުވާތީ ކުރީކޮޅުގައި.


-10

ބަކުންބޭ

22-Feb-2023

ތިބޭފުޅާއަށް ޓެކްސް ނެގޭ ގޮތްތަށް ނޭގުމަކީ ދިރާގަށް އެއްޗިހި ކިޔަން ޖެހޭ ކަމެއް ނޫން ދޯ؟


6

ޢަހުމަދު

22-Feb-2023

ޒަހީނަށް ސާބަސް! 2 ޕަސެންޓްއިތުރުކުރަން ގިނަ ރައްޔިތުން ބޭނުންވާހަކަ ކޮންދިރާސާއެއްގެ އަލީގައި ލިޔުއްވި ވާހަކައެއްތޯ ?


0

ޗޯރު

22-Feb-2023

2023 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ޕްލާސްޓިކް ކޮތަޅަށް ލާރި ނަގަން ނިންމާފަ ވީ ނަމަވެސް ރައްޔިތުންގެ ކުންފުނި އެސް.ޓީ.އޯ އިން 2022 ޑިސެންބަރު 1 އިން ފެށިގެން ޕްލާސްޓިކް ކޮތަޅަށް 2 ރުފިޔާ ނަގަން ފަށާފަ ވޭ. ކަންމަތީ ފިހާރަތަކަށް ވުރެވެސް ރައްޔިތުންގެ ކުންފުނި ރައްޔިތުންނަށް ދުއްޕާން ބޮޑު.


4

ދުންމާރި

22-Feb-2023

ކޮއިފުޅާ ނޫސްވެރިއަކަށްވެގެން އުޅޭއިރު ކޮންމެސްވަރަކަށް ރޯފިލައިގެން އުޅޭނީ އެހެންނޫނީ ވޮލާފޮށާ އެޅިދާނެ ޖެނުއަރީގެ 1 ވަނަދުވަހު ދިރާގު އަދި ވަތަނިއްޔާވެސް ފޯނުގެ ހިދުމަތް ބިލު ކުރާނީ 1 ޑިސެމްބަރުން 31 ޑިސެމްބަރުގެ ނިޔަލަކަށްނޫން ޖެނުއަރީމަހު 1 ވަނަދުވަހު ފޯނުގެ ބިލުކުރާނީ ޖެނުއަރީ 1 ން ޖެނުއަރީ 31 އަށް


-5

މަރީ

22-Feb-2023

ޒިންމާދާރުކަން ކުޑަ ނޫސްވެރިކަމެއް ތިޔަ ކުރައްވަނީ. ހަބަރެއް ލިޔާ އިރު ކަމުގެ ރަނގަޅު މައުލޫމާތު ހޯދައިގެން ލިޔުއްވާ. ޖީއެސްޓީ ނަގާ ރޭޓު ކަނޑައަޅާނީ ބިލް ހަދާ ވަގުތު ނުވަތަ ފައިސާ ދައްކާ ވަގުތުގެ ތެރެއިން ކުރިން އަންނަ ވަގުތެއްގައި އިންނަ ރޭޓަކުން. ދިރާގުން ބިލް ހެދި ދުވަހާ ތޮއްޔިބު ފައިސާ ދެއްކި ދުވަހަކީ 2023 ގެ ދުވަހެއްނަމަ 8% ނަގާނީ. ރަނގަޅައް ގާނޫނު ބަލާލުމައްފަހު ހަބަރު ލިޔުއްވާ


-5

އިއްބެ

22-Feb-2023

ދިރާގަކީއަބަދުވެސް ރައްޔިތުންފެލާކުންފުންޏެއްއަޅުގަނޑުގެސިމްކާޑަށްއަޅާފައިސާހުސްވާގޮތްނޭންގިގެންދިރާގަށްގުޅީމައިޖަވާބެއްނުލިބުނެވެދެންއެއަށްފަހުގޭގައިއޮތް4ފޯނުގެސިމްކާޑުވަގުތުންއުރޭދޫގެ4ސިމަށްބަދަލުކުރީއެވެ ވަގުންނާވާނީވަގުންނާ



ޓްރެންޑިން