-އިބްރާހީމް ރަޝީދު މޫސާ (ބުރޯ)-

2018 ގެ ރިޔާސީ އިންތިޚާބު ބޯމަތި ވެގެންއައި އިރު މާލެތެރޭގައި އެންމެ ހަރުކޮށް ދެކެވެމުން ދިޔަ ވާހަކައަކީ މާލޭގެ ގެދޮރުގެ ދަތިކަން ކުރިމަތިވެފައިވާ އާއިލާތަކަށް ހުޅުމާލެއިން ގޯތިކަނޑާ ދޭނެކަމުވެ ވާހަކައެވެ. މުޅިރާއްޖޭގަ ވެސް އެންމެ ދަތިހާލުގައި ކުދި ކޮޓަރިތަކުގައި ދިހަ ބާރަ މީހުންގެ އާއިލާތަށް ދިރިއުޅެމުންދަނީ ވެރިރަށް މާލޭގައެވެ. ގެއެއް އަޅާނެ ބިމެއްލިބުމަކީ މާލޭގެ އާބާދީގެ 80 ޕަސެންޓް ރައްޔިތުންގެ އެންމެބޮޑު އެދުމެވެ. ސަބަބަކީ މާލޭގެ ރައްޔިތުންނަށް ލިބިފައިވާ ގިނަބިންތަކަކީ މުނިކާފަ މާމަގެ ފަރާތުން ވާރުތަވެ ބިން ފޮތިކޮށް ބޯކިބާ ފޮތިތަކެއް ވަރުގެ ބިންކޮޅު ތަކެއްގައި ސަތޭކަ އަކަފޫޓުގެ ތަންތަން ކޮޅުގައި ދިރިއުޅެން މަޖުބޫރު ވެފައިވާ އާއިލާތައް ގިނަކަމުންނެވެ.

ޖެހިގެން އައި 2019 ވަނަ އަހަރު އޮތް މަޖްލިސް އިންތިޚާބުގައި އިހުނަށްވުރެ އަޑުހަރުކޮށް މާލޭގެ އެކިދާއިރާތަކަށް ކުރިމަތިލެއްވި މެމްބަރުން ބުނަންފެށީ މަޖްލިސް ގޮނޑި ލިބިއްޖެ ނަމަ ހުޅުމާލޭން ގެވަޅު ކަންޑާ ރޯނުދަމާ އިންވަކި ކުރަން ދާންވީ ކަމަށެވެ. މާލޭގެ ރައްޔިތުން ހޭވެރިކަމެއް ނެތެވެ. ރެޔާދުވާލު އެމްޑީޕީގެ ކެނޑިޑޭޓުން ހޮވުމަށްޓަކާ ޤުރުބާން ކުރިއެވެ. ވިލިމާލެ ފިޔަވާ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް މާލޭގެ އެމްޑީޕީ މެމްބަރުންނާ ރައްޔިތުން ގުޅިގެން ހޯދަދިނެވެ. އެމްޑީޕީ ގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖްލިސްގެ އިންތިޚާބުގައި މާލޭގެ ރައްޔިތުންނަށް ވެފައިވާ އެންމެ މުހިންމު ވައުދަކީ ހުޅުމާލެ ފޭސް ދެއަކާއި ގުޅީފަޅުން މާލޭގެ ރައްޔިތުންނަށް ގޯތިކަނޑާދިނުމަށް ވެވުނު ވައުދެވެ. އެމްޑީޕީ ކޯލިޝަން ސަރުކާރަށް އަށާރަ މަސް ވެގެން ދިޔައިރު މި ދެ ވައުދުމެ މިހާރު ބިލާހަކަށްވެގެން ނިމެނީ ހެއްޔެވެ.

އެންމެފަހުން މާލޭ ރައްޔިތުންނަށް ގޯތިދެވުނީ ރައީސް އިބްރާހީމް ނާސިރުގެ ދުވަސްވަރުކަމުގައި މާލޭގެ ހަރުމީހުން ބުނަމުން ދިޔައެވެ. ރައީސް އިބްރާހީމް ނާސިރުގެ ދުވަސްވަރު މާލޭގެ ބިންފުރި އިތުރަށް ގޯތިދެވެން ނެތުމުން އެދުވަސްވަރު ގޯތިބޭނުންވެފައިވާ އާއިލާތަކަށް ދޫކުރެވުނީ މާލޭގެ މިސްކިތްތަކުގެ ޤަބުރުސްތާނުތަކުންނާއި މިސްކިތާ އިންވެގެން އޮތް ހުސްބިން ތަކުންނެވެ. އިތުރަށް ދެވޭނެ ބިން ނެތުމުން މާލޭގެ ދެކުނު ފަރާތް ހިއްކުމުގެ މަޝްރޫއު ފެށުނެވެ. މިމަސައްކަތް ފެށުނުތާ ގިނަ ދުވަސްތަކެއް ނުވެ ރައީސް ނާޞިރުގެ ފަސް އަހަރުގެ ދެ ދައުރުގެ ވެރިކަންނިމި ރައީސް މައުމޫން ވެރިކަމާއި ހަވާލުވިއެވެ. ރައީސް މައުމޫން މާލޭގެ ދެކުނު ފަރާތުގެ ފަޅުހިއްކުމަށް ރައްޔިތުންގެ އެހީތެރިކަމަށް އެދުމުން ވަރަށްފޯރީގައި ހަތަރު އަވަށުގެ ރައްޔިތުން ނިކުމެ ވެލިފުނިތަށް ޖެހިއެވެ. މާލޭގެ ދޯނިއެހެލާ ސަރަހައްދުގައި ހެންވޭރު މީހުންގެ ވެލިފުނި ޖެހިއެވެ. އެއީ މިހާރުގެ ހުޅުމާލެ ފެރީޓާމިނަލް ހުރިބިމެވެ. ހެންވޭރު މީހުން ވެލިފުނި ޖެހުމުގައި އަޅުގަނޑު ވެސް އުމުރުން ދިހަ ވަރަކަށް އަހަރުގައި ހުޅުލެއަށް ވެލިފުނިޖެހުމަގައި ބައިވެރިވުމަށް ދިޔައިމެވެ. މާފަންނު މީހުންގެ ވެލިފުނި ޖެހީ ގުރާބު ތުނޑި އަށެވެ. އެއީ މިހާރު ޕޯޓްސް ލިމިޓެޑްގެ ބިމެވެ. އަތޮޅުތެރޭގެ ރައްޔިތުންގެ އެހީތެރިކަން ވެސް މިކަމުގައި ލިބިގެން ދިޔައެވެ. މިކަމުގައި ސިފައިން ދޫނިދޫއިން ވެލި އަރުވައިގެން މާލެއައި ބަނޑެއް އަޑިއަށް ދިޔައިރު ފަލްކާ އެތެރޭ ނިދިކުރައްވާފަ ތިއްބެވި ހަ ބޭކަލުން މިދުނިޔެ ދޫކުރެއްވިއެވެ.

މިކުރެވުނު މަސައްކަތުން ވެސް ދެކުނުފަރާތް ހިއްކާލެވޭވަރެއް ނުވިއެވެ. ސަރުކާރުން ދެން ހިއްކަން ފެށީކޮންނަ ބޯޓެއްގެ ބޭނުން ކޮށްގެންނެވެ. ދިގު މުއްދަތަކަށްފަހު މާލޭގެ ދެކުނު ފަރާތުގެ ބިންހިއްކާ ނިމިއްޖެއެވެ. މިބިމުގެ ތިންބައިކުޅަ ދެ ބައި ނެގުނީ ސަރުކާރުގެ އެކިއެކި ބޭނުން ތަކަށެވެ. ރައީސް މައުމޫނުގެ ދެ ވަނަ ދައުރުން ފެށިގެން ރިޔާސީ އިންތިޚާބުގެ ފެންނަ ނުފެންނަ ވޯޓު ތަކުގައި ނުބައިފާހަގަ ގިނަވާން ފަށައިފިއެވެ. މާލޭގެ ބިން ބޭނުންވެފައި ތިބި ރައްޔިތުންގެ ތެރެއިން ވިހި ޕަސެންޓް ރައްޔިތުންނަށާއި މާލޭގެ ދަފްތަރެއް އުފައްދާ ދަފްތަރުގެ އައްޑިހަ ޕަސެޓް މީހުންނަށް މާލޭގެ ހިއްކިބިމުން ގޯތި ކަނޑާފަ ދެވުނެވެ.

ރައީސް މައުމޫނުގެ ތިންވަނަ ދައުރަށް ކުރިމަތިލީ ވިލިގިލި މާލޭގެ ރައްޔިތުންނަށް ދައްކާފައެވެ. ވިލިގިލިން ވެސް ގޯތި ލިބުނީ މާލޭން ވެސް ގޯތި ދެވުނު އުސޫލުންނެވެ. އަސްލު މާލޭގެ ރައްޔިތުން ބާކީވެ ބޯހިޔާވަހި ކަމަށް ހައްލެއް ނުލިބުނެވެ. ރައީސް މައުމޫނުގެ ހަތަރު ވަނަ ދައުރަށް ފެށެން ވާއިރަށް އަނެއްކާ ވެސް މާލޭގެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން 1997ގައި ހުޅުމާލެ ހިއްކަން ފެށިއެވެ. އަށް އަހަރުގެ ދިގު މުއްދަތަކަށްފަހު ހުޅުމާލެ ފުރަތަމަ ފޭސް ހިއްކާނިމި ފްލެޓް އަޅަންފެށިއެވެ. 2001 ވަނަ އަހަރު ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުފައްދާ ހުޅުމާލޭގެ ބެލެނިވެރިކަން ހަވާލު ކުރެވުނެވެ. މިހިސާބުން ބިންވިއްކުމާއި ފްލެޓްގެ ވިޔަފާރީގެ ތެރެއަށް އެޗްޑީސީ މެދުވެރިކޮށް ސީދާ ސަރުކާރުން ވަނެވެ.

މާލޭގެ ރައްޔިތުންގެ ތެރެއިން ފައިސާހުރި ފަރާތްތަކަށް ބިންވެރިވުމުގެ ފުރުސަތުލިބި އާދައިގެ ރައްޔިތުމީހާ ބިންވެރިވުމަށް ދެކެމުންއައި ހުވަފެން ބިލާހަކަށްވިއެވެ. ރައީސް މައުމޫނުގެ ހަވަނަ ދައުރުގައި 2004ގައި ފްލެޓް ދޫކުރެވި ހުޅުމާލެ އާބާދު ކުރަން ފެށުނެވެ. އާބާދުކުރެވޭ ރައްޔިތުންގެ ތެރެއިން ޝަރުތުހަމަވެ މާލޭ ރައްޔިތުންގެ ވިހި ޕަސެންޓް މީހުނަށް ކުރިއެކޭ އެއްގޮތަށް ފުރުސަތު ލިބި ތޮއްޖެހެމުންދާ މާލޭ ރައްއްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ނުލިބުނެވެ. ދަފްތަރުގެ ނުވަދިހަ ފަސް ޕަސެންޓް އެކުލެވިގެންވަނީ އަތޮޅުތެރެއިން މާލެ އައިސް ސަރުކާރާއި އަމިއްލަ މަސައްކަތްކުރާ މީހުންގެ މައްޗަށެވެ އަދި ދަފްތަރުގަ ހިމެނޭ ނުވަދިހަ ޕަސަންޓުމީހުންނަކީ އަމިއްލަ ރަށުގައި ބޮޑެތި ބިންތަކުގެ ވެރިންނެވެ. އަތޮޅުތެރެއިން މާލެއަށް ރައްޔިތުން ބަދަލުވަނީ މާލެ ރީތިވެފަ އަރާމު ވެގެނެއްނޫނެވެ. އަތޮޅުތެރެއިން އިންޖެކްޝަނެއް ވެސް ޖެހޭވަރުނެތިގެން ދަރިންނަށް ރަނގަޅު ތައުލީމު ހޯދާދިނުމާއި ރަށުގަ ތިބެގެން އާމްދަނީ ލިބޭނެ ގޮތެއް ނެތުމުން މަޖުބޫރު ވެގެންނެވެ. ދިވެހި ސަރުކާރުގެ ހިންގުމުގެ ނިޒާމުގެ މައްސަލައެކެވެ. ވެރިންނަށް ތިބިމީހުން އަތޮޅުތެރެ ތަރައްޤީ ކުރުމުގެ ވިސްނުން ނެތުން ނުވަތަ ކުރަންބޭނުން ނުވަނީއެވެ.

2008 ވަނަ އަހަރު ތަސްދީޤު ކުރެވުނު ފެހި ޤާނޫނު އަސާސީއާއެކު ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހު ބަދަލުވެގެން ދިޔައެވެ. 2008 ގައި ދިވެހިރާއްޖޭގެ ތާރީޚުގައި ބޭއްވުނު ފުރަތަމަ މަލްޓިޕާޓީ އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓަކަށް ނިކުމެވަޑައިގަތީ ގ. ކެނެރީގޭ މުހަންމަދު ނަޝީދެވެ. މުހަންމަދު ނަޝީދަކީ ދިވެހިރައްޔިތުންގެ ހައްޤުތައް ހޯއްދަވައި ދެއްވުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާ އެތައް ފަހަރަކު ޖަލަށްލެވި ރައީސް މައުމޫނުގެ ފަރާތުން އެތަކެއް އަނިޔާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އިންތިހާބުގައި ރައީސް ނަޝީދު ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު ވައުދަކީ ދިވެހިންނަށް ތާހިރު ދިރިއުޅުމެއް އުޅެވޭނެ މަގުފަހިކޮށްދެއްވައި ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ފުލެޓް އަޅާދީ އެފުލެޓް ރައްޔިތުންނަށް ހެޔޮއަގުގައި ލިބޭނެ ކަމުގެ ވައުދާއި ބޭސްސިޓީއަށް ސަލާންޖެހުން ނައްތާލާނެކަމުގެ ވައުދެވެ. 2008ގެ އިންތިޚާބު ރައީސް މުހަންމަދު ނަޝީދު ކާމިޔާބުކުރައްވައި ދުނިޔޭގެ ނޫސްތަކުގެ ފަލަސުރުޚީތައް އެކުލަވާލިއެވެ. މިއާއެކު ރައީސް މައުމޫނަކީ ސައުތް ވެސްޓް އޭޝިއާގެ 30 އަހަރުގެ ދިގުމުއްދަތުގައި ދިވެހިންގެ މައްޗަށް އަނިޔާވެރި ވެރިކަމެއްކުރި ޑިކްޓޭޓަރެއްގެ ލަގަބުން ދުނިޔޭގެ ނޫސްތަކުގެ ފަލަސުރުޚީގައި ލިޔެވިގެން ދިޔައެވެ.

ރައީސް ނަޝީދު ދިވެހި ވެރިކަމާއި ހަވާލުވުމާއެކު މާލޭގެ ރައްޔިތުންނަށް އުއްމީދުގެ ހުޅުކޮޅެއް ދިއްލިގެން ދިޔައެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޯހިޔާވަހިކަމަށް ފުލެޓް އިމާރާތްތައް އަޅަން ފެށުނެވެ. އަތޮޅުތެރޭގެ ދުވަސްވީ ބޭކަލަކު ރައީސް ނަޝީދަށް ފުލެޓް ދޮންބެގެ ލަޤަބު ދިނެވެ. ހުޅުމާލެއާއި ވެރިރަށް މާލޭގައި ފުލެޓް އިމާރާތް ތަކުގެ މަސައްކަތް ބާރަށް ކުރިއަށް ދާންފެށިއެވެ. ފްލެޓްތަކުގެ ތެރެއިން އެންމެ ގިނަ ފުލެޓް އިމާރާތްތައް އެޅުނީ ހުޅުމާލޭގައެވެ. ބޭސް ސިޓީއަށް ސަލާންޖެހުން ނިމުމަކަށްގޮސް އައިޑީކާޑު ދައްކާލުމުން ހިލޭބޭސް ކުރެވޭނެ އާސަންދަ ނިޒާމް ޤާއިމު ކުރެވިއްޖެއެވެ. ވެށިފަހި މާލެ ޕްރޮގްރާމަކީ މާލޭގެ ރަށްވެހިންގެ ބޯހިޔާވަހިކަން ހައްލުކުރުމަށް ހިންގުނު އެންމެ މުހިންމު ރައްޔިތުންނަށް އޭގެފައިދާ ސީދާގޮތެއްގައި ލިބުނު މަޝްރޫއެވެ.

ރައީސް ނަޝީދުގެ ހަތުރުންގެ ގޮތުގައިތިބި އިދިކޮޅު ފަރާތްތައް ލީޑް ކުރައްވަނީ ކުރީގެ ރައީސް މައުމޫނެވެ. ރައީސް ނަޝީދު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ގެންދަވާތަން ދެކެން އިދިކޮޅު ފަރާތްތަކަކަށް ހަޖަމެއް ނުވިއެވެ. ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ޓީވީތަކުން ލައިވްކޮން ދައްކަމުންދިޔަ "ބަޣާވާތަކުން" ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ނިމުމަކަށް ދިޔައެވެ. އިދިކޮޅު ފަރާތްތަކުގެ ބާރުގައި ރައީސް ނަޝީދުގެ ނައިބުރައީސް ރައީސްކަމުގެ ހުވާކޮށް ވެރިކަމާ ހަވާލުވިއެވެ. ރައީސް ނަޝީދު އަޅުއްވަން ފެއްޓެވި ފުލެޓްތައް ނިމޭވަރަކުން މާލޭގެ އެކަމަށް ޝަރުތު ހަމަވާމީހުން އެއްފަރާތްކުރެވި ދަފްތަރުގެ ބޮޑު ބަޔަކަށް ފުލެޓުތައް ދެވިގެން ދިޔައެވެ. މާލޭގެ ގިނަރައްޔިތުން ބުނަމުން ދިޔައީ " ސިނަމާލެ ފުލެޓުން ފެށިގެން ނެރޭ ފޯމުސެޓެއް ވިއްޔާ ފުރާފަ ހުށައަޅަމުން މިދަނީ ދުވަހަކު ޝަރުތު ހަމަވެގެން މިގޭގެ އެއްވެސް މީހަކަށް ފުލެޓެއް ލިބޭވަރެއްނުވެ، މިގެއާ ޖެހިގެން ހުރިގެއަށް ސުނާމީގެ ފަހުން މާލެ ހިޖުރަކުރި ބަޔަކަށް ވެސް އިހަށްދުވަހު ރައީސް ނަޝީދު އެޅި ފުލެޓު ތަކުންފުލެޓު ލިބިގެން އެމީހުން ހުޅުމާލެއަށް އެބަދަލުވީ އަހަރުމެން މާލެ މީހުން ދުވަހަކު ވެސް ޝަރުތު ހަމައެއްނުވެ."

2013ގެ އިންތިޚާބަކީ ދިވެހި ތާރީޚުގައި އެންމެ ގިނަފަހަރު ވޯޓުލެވުނު އިންތިޚާބެވެ. އެންމެ ފުލުހަކު ނިކުމެ އިލެކްޝަން ކޮމިޝަންގެ މައްޗައް އަމުރުހިންގާ ވޯޓުލުން ހުއްޓުވިއެވެ. ރައީސްކަން ކާމިޔާބު ކުރެއްވި އަބުދުﷲ ޔާމީން ލައިވް ޓީވީގައި ވިދާޅުވަނީ އެބޭފުޅާއަށް ރައީސްކަން ލިބިވަޑައިގަތީ ސްޕްރީމް ކޯޓުން ފުލުފުލުގައި ނެރެދެއްވި ހުކުން ތަކަކާގުޅިގެން ކަމަށެވެ. އަލަށް ހޮވުނު ރައީސްގެ އަމާޒަކީ ހުޅުމާލެ ފޭސް ދޭއް ހިއްކާ ފުލެޓް އިމާރާތްތަކެއް އަޅާފައި ރާއްޖޭގެ ބޮޑު އާބާދީއެއް ހުޅުމާލެއަށް ހިޖުރަ ކުރުވާ މާލެ އިތުރަށް ތޮއްޖެއްސުމެވެ. ތަރައްޤީގެ ގިނަމަޝްރޫއު ތަކެއް ހިންގަވަމުން ދިޔައިރު އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން ބުނަމުން ދިޔައީ ކޮންމެ މަޝްރޫއެއްގެ ފަހަތުގައި ބޮޑެތި ވައްކަން އެކުލެވިފައި ވާކަމަށެވެ. 2018ގައި ބޭއްވުނު އިންތިޚާބުގައި ވެރިކަން ބަދަލުވިއިރު އެމްޑީޕީން ވަކާލާތުކުރި މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރެވުނެވެ.

އެމްޑީޕީން 2018ގައި ވެރިކަމަށް އައުމަށް މާލޭގެ ރައްޔިތުންނަށް ވީވައުދަކީ ހުޅުމާލެ ފޭސް ދެއަކުން ގޯތި ކަނޑާފަ ދޭނެ ކަމުގެ ވައުދާއި ގުޅިފަޅު ހިއްކާ ގުޅިފަޅުން ގޯތި ލިބޭނެ ކަމުގެ ވައުދެވެ. އިންތިޚާބުގައި މާލޭގެ ރައްޔިތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހަށް ފަސްދޮޅަސް ޕަސެންގެ ވޯޓު ދިނެވެ. ޖެހިގެންއައި 2019 ވަނައަހަރުގެ ރައްޔިތުންގެ މަޖްލިސް އިންތިޚާބުގައި މާލޭގެ 15 ދާއިރާގެ ތެރެއިން ވިލިމާލެ ފިޔަވާ 14 ގޮނޑި އެމްޑީޕީއަށް މާލޭގެ ރައްޔިތުން ކާމިޔާބު ކޮށްދިނެވެ. މިއިންތިޚާބުގައި މުޅިރާއްޖެއިން 65ގޮނޑި އެމްޑީޕީ ކާމިޔާބުކޮށް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީއިން ފުރަތަމަ ފަހަރަށް ނެގިއެވެ.

މިކާމިޔާބީއާއިއެކު މާލޭގެ ރައްޔިތުންގެ އުންމީދަކީ ދިރއުޅުމުގެ ހާސްކަން ފިލުވާލާ ސަތޭކަ އަކަފޫޓުގެ ކުދި ކޮޓަރިތަކުގައި ދަތިހާލުގައި ދިރިއުޅެމުން ދާދިއުން ނިމުމަކަށް އައިސް ހުޅުމާލެ އާއި ގުޅިފަޅުން ގޯތިލިބި ހިތްފަސޭހަ ދިރިއުޅުމެއް އުޅުމެވެ. ރައީސް އިބްރާހީމް މުހަންމަދު ޞާލިހުގެ ވައުދާ އެމްޑީޕީގެ އެޖެންޑާ19ގެ ވައުދާއި ޚިލާފަށް ޕްލޭނިން މިނިޝްޓަރު ތިލަފުށީގައި އެޅުމަށް 2008ގެ އެމްޑީޕީ ސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރުން ޕްލޭން ކުރެވިފައިވާ މާލޭގެ ވިޔަފާރި ބަނދަރުގެ ޕްލޭން ގުޅީފަޅަށް ކުއްލިގޮތަކަށް ބަދަލުވުމުން މާލޭގެ ރައްޔިތުންގެ މާޔޫސްކަން އިންތިހާޔަށް ބޮޑުވިއެވެ. ކުއްލިގޮތަކަށް އެމްޑީޕީގެ ކޯލިޝަން ސަރުކާރުން ގުޅިފަޅުގެ ހިއްކުން ބިޑުކުރުމެއްނެތި ބޮސްކާލިސް އާއި ހަވާލުކުރުމުން މާލޭގެ ރައްޔިތުންނާއި އިސްލާހަށް މަސައްކަތްކުރާ އެންމެހާ ފަރާތްތައް ކަންބޮޑުވިއެވެ. ސަބަބަކީ ގުޅިފަޅަކީ މުސްތަޤްބަލުގައި ތިލަފުށިން މާލެއާއި ގުޅާލެވޭ ބުރިޖުއެޅުމުން މާލޭގެ އަވަށަކަށްވެ މާލޭގެ ރައްޔިތުންނަށް ގޯތި ލިބޭނެކަމުގެ އުއްމީދުކުރާ އެއް ތަނެކެވެ.

ކޮރަޕްޝަން ނައްތާލާ ހެޔޮވެރިކަން ކޮށްދިނުމުގެ ވައުދުވެގެން އައިސަރުކާރުން މާލޭގެ ރައްޔިތުންގެ އުންމީތަކުގައި ކޮޅުފައިން ޖެހިއެވެ. ރާއްޖޭގެ އެކިކަންކޮޅުގައި ބިމަށް ޖެހިފައިވާ ރަށްތައް ހިއްކަނީ ދިވެހި ދައުލަތުގެ މާލިއްޔާއިން ޚަރަދުކޮށްގެނެވެ. މިބިންތަށް އެއްވެސް އަގެއް ނުނަގާ އެރަށްރަށުގެ ރައްޔިތުންނަށް ހިލޭ ދެވެއެވެ. ދައުލަތުގެ ޚަރަދުގައި މާލެ ސަރަހައްދުގައި ހިއްކާ ބިން މާލޭގެ ގެދޮރުގެ ދަތިކަން ޖެހިފައިވާ ރައްޔިތުންނަށް ވިއްކުމަކީ އިންސާފުތޯއެވެ؟ ހުޅުމާލެ ފޭސް ދޭކުން ދާދިއަވަހަށް ބިން ވިއްކާނެކަމުގެ އިއުލާނާއެކު މާލޭގެ ގެދޮރުގެދަތިކަން ކުރިމަތިވެފައިވާ އާއިލާތަކަށް ގޯތި ކަނޑާފަ ދިނުމަށް އެމްޑީޕީން ވީވައުދު ބިލާހަކަށްވެ ނިމުނީއެވެ.


ކިޔުންތެރިންގެ ހިޔާލު


34

Scottfauch

30-Nov-2023

Pasjonują Cię alegaty zbierackie? Dowiedz się o nich mnogość! Najspokojniejsze blankiety kolekcjonerskie aktualne strony, które nienagannie reprodukują akty biurokratyczne - symptom osobisty azaliż przywilej podróże. Jednak przebijają ostatecznie jak ekscentryki, nie umieją być zatrudniane w zamysłach identyfikacyjnych. Jako eksponuje firma, załączniki zbierackie, cierpią gatunek kolekcjonerski, i ergo umiemy lilak tematu spożytkować zżera do najprzeróżniejszych punktów indywidualnych. Zastanawiasz się dokąd ująć alegat kolekcjonerski? Spośród grubym ujęciem, ich działanie należałoby przyznać zaledwie fachmanom. W rzeczonej istoty umiesz sumować rzeczywiście na nas! Znane fakty kolekcjonerskie wysuwa najznaczniejsza sytuację uczynienia zaś foremne odwzorowanie fachowe chimeryków. Umiemy, &


0

IQ

28-Nov-2023

cheap viagra online viagra professional mail order viagra order viagra viagra prescription online


4

XRumerTest

27-Nov-2023

Hello. And Bye.


-2

HO

27-Nov-2023

Greetings! Should you require data harvesting services, I'd willingly offer my assistance. As a skilled professional in this domain, I possess the expertise and necessary tools to provide fast and accurate data extraction. This can facilitate you in making well-informed decisions and growing your enterprise. Feel free to reach out for assistance with web scraping.. Progressive Data Analysis


-4

RD

24-Nov-2023

online payday loans no credit check loans personal online best payday loans personal online loans payday loans online 5 minute approval


-4

TimothySnada

17-Nov-2023

don't think anything


-7

ThomasLex

10-Nov-2023

Thanks, +


-10

Barryjal

08-Nov-2023

Hi , Are you ready to tap into the full potential of AI for crafting awe-inspiring videos that can elevate your profits? Brace, because we've got something exceptional for you! Introducing Your Magical AI Tool – The powerhouse of AI video creation that's here to redefine your business and generate extraordinary results. ???? ?? Here's why you can't afford to miss this opportunity: ?? Agency License: With our package, you'll receive an Enterprise License, allowing you to offer our cutting-edge video creation service to your clients for added revenue streams! ???>? GPT-4 Magic: Powered by GPT-4 technology, our whiteboard video creation software is crafted to be your profit-producing wizard. ?? Niche Mastery: Create AI-generated whiteboard videos in ANY industry with unmatched speed and ease. ?? Versatile Videos: Generate an UNLIMITED number of whiteboard sales videos, business ads, product promos, informational content, squeeze page videos, explainers,


-2

Bali_viPa

07-Nov-2023

Get your piece of paradise with a Bali villa


-1

Bali_saei

07-Nov-2023

The Perfect Villa in Bali Awaits


-7

Bali_uamt

07-Nov-2023

Beautiful Bali Villas for sale


-5

Bali_yukl

07-Nov-2023

Luxury Bali Villas for Sale


27

TwitterScoks

01-Sep-2021

Sell Accounts Twitter cổ 2009>2014 - Accounts Gmail Mới Chất lượng cao : https://Accs.vn Visit https://accs.vn Thank you Tags: mua accounts twitter cổ mua bán Tài khoản twitter bán accounts twitter đăng ký nick twitter


26

BrandonDuara

22-Mar-2021

Invest BITCOIN double your BITCOINs within 12 hours Before make an investment on double your BITCOIN in 24 hours system, please read about plan features & then select which plan is best for your investment. Click : https://bitdouble.net


-1

AndreNes

02-Mar-2021

Bitcoin investment by means of bitcoin doubler membership seems a really risky option to double your bitcoin. Click : https://bitdouble.net


0

ސަމާ

28-Jun-2020

މި ޓޮޕިކާ ގުޅިގެން މިވީހާތަނަށް ކިޔުނު ވަރަށް ފުރިހަމަ ލިޔުމެއް. ޝުކުރުއްޔާ


29

ާަައޕާރލް

28-Jun-2020

ވަރަށް ފުރިހަމަ ލިޔުމެއް, މަޒީންފެށިގެން ކަންހިނގާފަ ހުރިގޮތްތަކަށް ބަލާލެވިފައެބަހުރި . މިސަރުކާރުން ރައްޔިތުންނައް ކުރެއްވި ވައުދުތައް ފުއްދުމުގައި ފަހަތަކަށް ނުޖެހޭނެ ކެއްކުރައްވާ އަދި ވައުދުތައް ފުއްދަވާނެ ރަނުންރަނަށް އﷲ. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ


25

މަލެެ މީހާ

26-Jun-2020

ވަރަށް ފުރިހަމަ ލިޔުމެއް, މަޒީންފެށިގެން ކަންހިނގާފަ ހުރިގޮތްތަކަށް ބަލާލެވިފައެބަހުރި ހިިވަނީ މިސަރުކާރުން ރައްޔިތުންނަށް ގޯތި ދޭނެހެން,



ޓްރެންޑިން