އިބްރާހިމް ފަހީމް   7 ފެބްރުއަރީ 2023 - 4:36
މާލެއިން މީހަކު ގެއްލިގެން ހޯދަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނެފައިވަނީ ގެއްލިގެން ހޯދަމުންދަނީ ސ. މަރަދޫފޭދޫ / ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް (31އ) ކަމަށެވެ.

ފުލުހުން ބުނީ އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި އެންމެ ފަހުން އޭނާ ފެނިފައިވަނީ ފެބުރުވަރީ 4 ވަނަ ދުވަހުގެ 19:30 ހާއިރުކަމަށެވެ.

އަދި އޭރު އޭނާ ލައިގެންހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އޭނާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން