ދުބާއީގައި ހުންނަވަނިކޮށް އަވަހާރަވި ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފުގެ ހަށިކޮޅު ޕާކިސްތާނަށް ގެންގޮސްފިއެވެ.

މުޝައްރަފު އަވަހާރަވީ ދުބާއީގެ ހޮސްޕިޓަލެއްގައި މިދިޔަ އާދީއްދަ ދުވަހުއެވެ. މުޝައްރަފްގެ ޖަބާޒާ ބޭއްވުމަށް ހަމަޖެހިފައިވާ ޕާކިސްތާނުގެ ކަރާޗީ ސިޓީއަށް މިހާރު ވަނީ ހަށިކޮޅު ގެނެސްފައެވެ.

މަރުހޫމްގެ ޖަނާޒާގެ ކަންކަން މިއަދު ކުރިއަށްދާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

1999 ވަނަ އަހަރު ލޭއޮހޮރުވުމެއް ނެތް އަސްކަރީ ބަގާވާތަކަށްފަހު 10 ވަރަކަށް އަހަރު ވަންދެން މިލިޓަރީ ޖެނެރަލެއްގެ ގޮތުގައި ވެރިކަން ކުރެއްވި މުޝައްފް 2008 ވަނަ އަހަރު މަގާމުން ދުރުކުރުމުގެ މަސައްކަތް ގާނޫނު ހަދާ މަޖިލީހުގައި ފެށުމުން އޭނާ ވަނީ މަގާމުން އިސްތިއުފާދެއްވުމަށް ފަހު ގައުމުން ބޭރަށް ވަޑައިގެންފައެވެ. އޭގެފަހުން މުޝައްރަފު އެނބުރި ގައުމަށް ވަޑައިގެންފައެއް ނުވެއެވެ.

އުމުރުފުޅުން 79 އަހަރުގައި މުޝައްރަފް އަވަހާރަވީ 2016 ވަނަ އަހަރުން ފެށިގެން ދިރިއުޅުއްވަމުން ގެންދެވި ދުބާއީގައި ހުންނަވަނިކޮށެވެ. އެމަނިކުފާނު އަވަހާރަވީ ދިގު މުއްދަތަކަށް އަލާސްކަންފުޅާއި އުޅުއްވުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން