މިފްކޯއަށް ގެންނަ ދުވާލަކު 120 ޓަނުގެ މަސް ކިރުވޭ ބޯޓް އަންނަމަހުގެ 7 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށް ބުނެފިއެވެ.

މިފްކޯގެ ބެލެނިވެރި ކުންފުނި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ މިފްކޯއަށް ގެންނަ ބޮޑު މަސްކިރާ ބޯޓް ޖަޒީރާ 103 ރާއްޖެ އައުމަށް މިހާރު ފުރާފައިވާކަމަށެވެ. އަދި އަންނަމަހުގެ 7 ވަނަ ދުވަހު ބޯޓް ރާއްޖެ ވަންނާނެކަމަށްވެސް އަމްުރު ވިދާޅުވިއެވެ.



އަމްރު ވިދާޅުވީ މި ބޯޓުގަ ދުވާލަކު 120 ޓަނު މަސް ގަޑު ކުރެވޭނެކަމަށެވެ. އަދި 420 ޓަނު މަސް މި ބޯޓުގައި ރައްކާކުރެވޭނެކަމަށްވެސް އަމްރު ވިދާޅުވިއެވެ.



މިފްކޯއަށް ގަނތް މި ބޯޓަށް ފައިސާ ހަރަދުކުރީ އެސްޓީއޯއިންކަމަށް އެ ކުންފުނިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން