އްޑޫ ސިޓީ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން މުހިއްމު ބައެއް މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ނެދަލޭންޑްސްގެ ވެންއޫޑް ކުންފުނިންނެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗްމަހުގެ 27 ވަނަ ދުވަހުގައެވެ. އަދި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖެނުއަރީމަހުއެވެ.


އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ސިޓީ ބިން ހިއްކުމުގެ މިމަޝްރޫޢުގެ ތެރެއިން ހަންކެޑެ ސަރަހައްދުގައި ޤާއިމްކުރެވޭ ބްރިޖް މަރަދޫ އާއި ގުޅާލާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށެވެ. އަދި އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތްވެސް ބާރު ސްޕީޑްގައި ކުރިޔަށްދާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.އައްޑޫގެ ހަތަރު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަޝްރޫއަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށްގެންދާ މަޝްރޫޢެކެވެ.

އައްޑޫ ބިންހިއްކުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫއާއި މަރަދޫފޭދޫއިން 194 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި މިރަށްރަށުގެ ފަޅު ތެރެއިން އިތުރު ތިން ރަށެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ކުރިންވަނީ ހާމަކޮށްފައެވެ. އަދި 11 ކިލޯމީޓަރުގެ އެއްގަމު ތޮއްޓެއްލާ އެސަރަޙައްދު ޙިމާޔަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު