މަރިޔަމް ލަމްޙާ ރަޝީދު   26 އޭޕްރީލު 2023 - 14:49
މާބޮޑަށް ސްޓްރެސްވާނަމަ ހަށިގަނޑަށް ޕްރޮޓީސްލިއްބައިދޭ ރަގަޅު ކާނާ އާދަކޮށް ކެއުން ވަރަށް މުހިއްމު
މާބޮޑަށް ސްޓްރެސްވާނަމަ ހަށިގަނޑަށް ޕްރޮޓީސްލިއްބައިދޭ ރަގަޅު ކާނާ އާދަކޮށް ކެއުން ވަރަށް މުހިއްމު
ދުވަހުގެ ހަލަބޮލި ކަމާއި އަބަދުހެން ކުރަންޖެހޭ ކަންކަން ފުނިޖެހިފައި ހުންނަ ބިޒީ ދިރިއުޅުމުގައި ސްޓްރެސް ވުމަކީ އެންމެންހެން ކުރާ ޝަކުވާއެކެވެ. އަބަދު ސްޓްރެސްވެފައި ހުރުމަކީ ހަށިގަނޑަށްވެސް އެކުމުގެ ނޭދެވޭ އަސަރު ކުރާ ކަމެކެވެ.

ނިއުޓްރިޝަނިސްޓް ބަކްތީ އަރޯރާ، އޭނާގެ ގެޓްހެލްތީ އިންސްޓަރގްރާމް ޕޭޖުގައި ޝެއާކުރައްވާފައިވާ 3 ގޮތެއް މި ލިޔުމުގައި ހިމަނާލާނަމެވެ.

ބަކްތީ އަރޯރާ ވިދާޅުވާގޮތުގައި ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި މާބޮޑަށް ސްޓްރެސްވާނަމަ މީހާއަށް ނަފްސާނީ ގެއްލުމުގެ އިތުރުން ޖިސްމާނީ ގެއްލުންވެސް ލިބެއެވެ. އެގޮތުން

ހަށިގަނޑުގެ ސެންޓްރަލް ނާވަސް ސިސްޓަމްއިން، މީހާ ސްޓްރެސްވުމުން ބޭރުކުރާ ކޯޓިސޯލްއާއި އެޑްރެނަލައިންގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމަށް ގެއްލުން ލިބެއެވެ. އަދި ބައެއް މީހުން ކިތަންމެ ހިއްކަސް ބަނޑުލާފައި އެހުންނަނީ މިސަބަބާއި ހުރެކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ބަކްތީ ވިދާޅުވާ ގޮތުގައި ބަނޑުލައި މީހާގެ ހަށިގަނޑަށް ބަދަލުތައް އަންނަ މައިގަނޑު ސަބަބަކީ ސްޓްރެސްގެ ސަބަބުން ފޮނި އެއްޗެހި ކާހިތްވެ، ތައްޔާރީ ކާނާފަދަ ފެޓްސް ހިމެނޭ ބާވަތްތައް މާގިނައިން ކެވޭގޮތްވުމެވެ.

ދިރިއުޅުމުގައި ސްޓްރެސް ފިލުވައިލުމަށް އެންމެ މުހިންމު އިސްކަމެއް ދޭންޖެހެނީ ރަނގަޅު ކާނާ ކެއުމަށް ކަމަށް ބަކްތީ ލަފާދެއްވައެވެ. ވަކިން ޚާއްސަކޮށް ހަކުރު އެކުލެވޭ ބާވަތްތައް ކެއުން މަދުކޮށް 'ލޯކާބް' ޑައެޓްއެއް ޚިޔާރުކުރުން މުހިންމުކަމަށްވެސް އޭނާ ވިދާޅުވެއެވެ. އެގޮތުން، ތަރުކާރީ އާއި މޭވާ އާއި ބިހާއި މަސް އަދި އެކި ވައްތަރުގެ ނަޓްސްއަކީ ކެއުމުގައި ބޭނުން ކުރުމަށް މުހިންމު ބާވަތްތައްކަމަށް ވިދާޅުވެ އަރޯރާވަނީ، ކެފެއިންގެ ބާވަތްތައް މަދުކޮށް ކޮންމެވެސް ވައްތަރެއްގެ ހާބަލް ސަޔެއް ޚިޔާރު ކުރުމަށްވެސް އޭނާގެ އިންސްޓޯގްރާމް ޕޯސްޓުގައި އިރުޝާދު ދެއްވާފައިއެވެ.

ހަމައެއާއެކު ސްޓްރެސް ކުޑަކުރުމަށްޓަކައި ކެއުމުގައި މިނަރަލްސްއާއި އިލެކްޓްރޯލައިޓް މާއްދާ ގިނައިން ބޭނުންކުރުމަށް ބަކްތީ ލަފާދެއްވައެވެ. އެގޮތުން މިކަމަށްޓަކައި ކެލްސިއަމްއާއި، މެގްނީޒިއަމް، ޕޮޓޭސިއަމް އަދި މެގްނީޒިއަމް ހިމެނޭ ބާވަތްތައް ކެއުމުގައި ހިމެނުމަށް އޭނާވަނީ އިރުޝާދު ދެއްވާފައިއެވެ. ބަކްތީ ވިދާޅުވާ ގޮތުގައި ސްޓްރެސް ވެފައި ހުންނަ މީހާ ކެއުމުގައި ޕްރޮޓީންގެ ބާވަތްތައް ކެއުމަށް ސަމާލުކަން ނުދެއެވެ. އެހެންކަމުން ކެއުމުގައި ޕްރޮޓީން މާއްދާ ލިއްބައިދޭ މަހުގެ ބާވަތްތައް ދޫކޮށް ނުލުމަށްވެސް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން ހުރިހާ ކަމެއް އެންމެ ފުރިހަމަޔަށް ކުރުމުގެ ވިސްނުން ނުވަތަ ޕާފެކްޝަނަލިސްޓް ވިސްނުން ގެންގުޅުން ދޫކޮށްލައި ތިމާގެ ހަށިގަނޑަށް ކެއްވާ މިންވަރަކަށް ކަންކަމާއި ކުރިމަތި ލައި ކުރިޔަށް ގެންދިޔުމަށާއި ސްޓްރެސްވާ ކަންކަމަކީ ކޮންމެ މީހަކަށްވެސް މެދުވެރިވާނެ ކަމެއްކަމަށް ވިދާޅުވެ އޭނާގެ އެޕޯސްޓުގައިވާ ވާހަކަކޮޅު ނިންމާލާފައިވަނީ މާބޮޑަށް ސްޓްރެސްވާ ހާލަތްތަކުގައި، ތިމާގެ ނާވަސް ސިސްޓަމް ހަމަޔަކަށް އެޅުވުމަށްޓަކައި، ފުންކޮށް ނޭވާލުމަށް ހަނދާނުގައި ބެހެއްޓުމަށް ނަސޭހަތްތެރި ވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން