ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޮޑުކަމުދާ ތަކެތީގެ ކުލައާއި ވަތްތަރުތައް ދެނެގަތުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް
ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޮޑުކަމުދާ ތަކެތީގެ ކުލައާއި ވަތްތަރުތައް ދެނެގަތުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް
ފާޚާނާކޮށްފައި ފްލަޝް ކުރުމުގެ ކުރިން ބޮޑުކަމުދިޔަ ތަކެއްޗަށް ބަލާލުމަކީ

ފަކުރުގަންނަ ކަމަކަށް ވެދާނެއެވެ. އެހެން ނަމަވެސް ބޮޑުކަމުދާ ތަކެތިން ހަށިގަނޑަށް އަންނަ ބަދަލުތައް ދެނަގަނޭވެހިނދު، މިފަދަ ބަދަލުތައް ދަނެގަނެވުމުން ހަޖަމު ކުރުމުގެ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް އެހީވެދެއެވެ.

ބޮޑުކަމުދާ ތަކެތީގެ ކުލައާއި ހުންނަ ގޮތަށް، އަންނަ ބަދަލުން އިންފެކްޝަންއާއި ކެންސަރު ފަދަ ބަލިތައްވެސް ދެނެގަތުމަށް އެހީތެރިވެއެވެ. އެހެންކަމުން ކޮންމެފަހަރަކުވެސް، ފާޚާނާ ކޮށްނިމުމުން ފްލަޝްކުރުމުގެ ކުރީން ބޮޑުކަމުދިޔަތަކެތީ ހުރިގޮތާއި އޭގައި ހުރިކުލައެއް ދެނެގަނެ، ތިމާ ހުރީ ދޮޅަހެޔޮ ޞިއްޙަތެއްގައިތޯ ނުވަތަ ނޫންތޯ ޔަގީންކުރުމަށް ނުހަނު ސަމާލުކަން ދޭންވާނެއެވެ.

އެގޮތުން ބޮޑުކަމުދާތަކެތީން ތިމާގެ ގައުގައި ހުރި މައްސަލައެއް ދަނެގަތުމަށް ތިރީގައިވާ ކަންކަމަށް ސަމާލުވާށެވެ.

1. ހުދު ކުލަ:

ބޮޑުކަމުދާތަކެތި ހުދުކޮށް ނުވަތަ އަޅި ކުލައިގައި ހުރެއްޖެނަމަ އެއީ 'ބައިލް' މަދުވުމުގެ އަލާމާތެކެވެ. މިއީ ފުރަމޭގައި އުފައްދާ އަދި ގޯލްބްލެޑަރގައި ރައްކާކޮށްފައި ހުންނަ ދިޔައި އެއްޗެކެވެ. މީގެ ބޭނުމަކީ ހަޖަމުކުރާ ނިޒާމުގެ ތެރެއިން ފެޓްސް ބްރޭކްޑައުން ކުރުމެވެ. ނުވަތަ ފެޓްސްގައި ހިމެނޭ ހަށިގަނޑަށސް ބޭނުންވާ ބައި ލިއްބައިދިނުމަށްޓަކާއި ފެޓްސް ހަށިގަނޑުގައި ވަކިކުރުމެވެ. ބައިލް މަދުވުމަކީ ފުރަމޭ އަދި ގޯލްބްލެޑާގައި މައްސަލައެއް ހުރި ކަމުގެ އަލާމާތެކެވެ. މިއީ ފުރަމެއިން ގޮހޮރަށް ބައިލް ފޮނުވައިދޭ ބައިލް ޑަކްޓްސް ބްލޮކްވުން ނުވަތަ ގޯލް ސްޓޯންގައި ހުންނަ ބައިލް ޑަކްޓް ބްލޮކް ވުމުގެ އިތުރުން ފުރަމޭގައި ސާހޯސިސް ނުވަތަ ފާރުވުން ފަދަ ސީރިއަސް މައްސަލައަކުން ދިމާވެދާނެ ކަމެކެވެ. މީގެއިތުރުން އާއްމުކޮށް މުށިކުލައިގައި ހުންނަ ބޮޑުކަމުދާ ތަކެތީގައި ހުދު މިއުކަސްއެއް ނުވަތަ ހުދުކުލައިގެ ލޮނދިއެއްޗެހިތަކެއް ހުންނަނަމަ މިއީ ކްރޯންސް ޑިސީސް (ބޮޑުކަމުދާ ނިޒާމުގައި ހުންނަ ބަޔަކަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން އިންފްލެމޭޓް ވުމުން ދިމާވާ މައްސަލައެއް) ކަމުގައި ވެދާނެއެވެ.

2. ފެހި ކުލަ:

ބޮޑު ކަމުދާ ތަކެތި ފެހި ވުމަށް މެދުވެރިވެދާނެ އެއްކަމަކީ ކްލޯރޯފީލް ގިނައިން އެކުލެވޭ ސްޕިނަޗް ފަދަ ފަތުގެ ބާވަތްތައް ކެއުމުގައި ހިމެނުމުން ނުވަތަ ފެހި ކުލަ އަޅާފައި ހުންނަ ބުއިންތަކާއި އަޔަން ސަޕްލެމެންޓްސް ބޭނުން ކުރުމެވެ. މިފަދަ އެއްޗެއް ކެއުމުގައި ހިމެނުމުން މިހެން ވާނަމަ އޭގައި ހަށިގަނޑަށް ގެއްލުމެއް ނެތެވެ. އެހެން ނަމަވެސް، ބޮޑުކަމުދާ ތަކެތި ފެހި ވުމަށް ވެދުވެރިވަނީ ކާއެއްޗަކުން ނޫންނަމަ ކަންބޮޑުވާން ޖެހެއެވެ. މިހެން މެދުވެރިވަނީ ކާތަކެތި ރަނގަޅަށް ހަޖަމުނުވެ ބޮޑުކަމުދާ ނިޒާމުގެ ތެރެއިން ބޭރުވުމުންނެވެ. މިހެން ދިމާވުމުން ކާތަކެތީގައި ހުންނަ މާއްދާތައް ރަނގަޅަށް ބްރޭކް ޑައުން ނުކުރެވި އެތަކެތީގެ ފައިދާ އެންމެ އެދެވޭ ގޮތެއްގައި ހަށިގަނޑަށް ލިއްބައި ނުދެއެވެ.

3. ރީނދޫ ކުލަ:

އާއްމުގޮތެއްގައި ބޮޑު ކަމުދާތަކެތި ރީނދޫވަނީ ބައިލް ޑަކްޓެއް ބްލޮކްވެ ފެޓްސް ރަނގަޅަށް ބްރޭކް ޑައުން ނުކުރެވުމުންނެވެ. މީގެ އިތުރުން ޕެންކްރިއަސްގައި ކުރާ މަސައްކަތް ކަމުގައިވާ އެންޒައިމްސް އުފެއްދުން ދަށްވުމުންވެސް މިގޮތަށް ދިމާވެއެވެ. މިއީ ޕެންކްރިއަށްއިން ދިމާވާ ކަމެއް ކަމުގައިވާނަމަ މިގުނަވަނަށް ޖެހޭ، ކްރޯނިކް ޕެންކްރިއސް އެއީ ސީލިއަކް ބަލި އަދި ސިސްޓިކް ފައިބްރީސިސް ފަދަ ބައްޔެއް ހުރުން އެކަށީގެންވެއެވެ.

4. ކަޅު ކުލަ:

މިއީ ކެވޭ ބޭހެއްގެ ސަބަބުންވެސް މެދުވެރިވެދާނެ ގޮތެކެވެ. އެސްޕިރިންއާއި އައިބިއުޕްރޮފިންއާއި އަޔަސް ސަޕްލިމެންޓސް ބޭނުން ކުރުމުން ބައެއް ފަހަރު ބޮޑު ކަމުދާތަކެތީގައި ކަޅު ކުލަ ހުރުން އެކަށީގެންވެއެވެ. އަދި ކަޅު އަދި ނޫކުލައިގައި ހުންނަ ބެރީސް ކެއުމުންވެސް ބޮޑުކަމުދާ ތަކެތީގައި ކަޅު ކުލައެއް ހުރުން އެކަށީގެންވެއެވެ. މީގެއިތުރުން، ގޮހޮރުގައި ތަނެއް ކެނޑި ހަލާކުވެފައި ހުރުމުންވެސް ބޮޑުކަމުދާތަކެތި ކަޅުވުމަށް މެދުވެރިވެއެވެ. އެހެންކަމުން ބޭހެއްގެ ސަބަބުން ނޫންގޮތަކަށް މިހެން މެދުވެރރިވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.

5. ރަތް ކުލަ:

ބީޓް ރޫޓްއާއި ޓޮމާޓޯ ފަދަ ބާވަތްތައް ކެއުމުން މިތަކެތި ހަޖަމުވެގެން އަންނައިރު މިކުލަ ހުރުން އެކަށީގެންވެއެވެ. އެހެންނަމަވެސް، ކެއުމުގައި ބޭނުން ކުރެވޭ އެއްޗެއްގެ ސަބަބުން ނޫންގޮތަކަށް މިހެން ދިމާވާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެއެވެ. މިއީ ބޮޑުކަމުދާ ދޮރުގައި ނުވަތަ އެހޮޅީގައި ތަނެއް ކަނޑައިގެން ދިއުމާއި ޓިއާއެއް ވުން ނުވަތަ ފާހާނާ ކުރުމުގައި ވަރުލައި މާބާރަށް ހިފާލުމުން ވީދައިގެން ދިއުންފަދަކަމެއް މެދުވެރިވުމުން ދިމާވެދާނެކަމެކެވެ. މީގެ އިތުރުން ހެމޮރޮއިޑްއާއި ކެންސަރު ފަދަ ބައްޔެއްގެ އަލާމާތަކަށްވުންވެސް އެކަށީގެންވެއެވެ. އެހެންކަމުން ބޮޑު ކަމުދާތަކެތީގައި ލޭހެން ހުންނަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދަށްކާށެވެ.

ހަށިގަނޑަށް ގެއްލުންދޭ ބޮޑު ބައްޔެއްވިޔަސް ބޮޑުކަމުދާ ތަކެތީންވެސް އެބައްޔެއްގެ ކުރީކޮޅުގައި ދެނެގަނެވި ފަރުވާ ހޯދުމަށް އެހީތެރިވެދޭ އިރު، މިފަދަ ކަންކަމަކީ އެއްވެސް ހާލަތެއްގައި ފަރުވާކުޑަ ކުރަންވާނެ ކަންކަމެއް ނޫނެވެ.

އެހެންކަމުން ތިމާ ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމުގެ ގޮތުން ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމަށް ފާޚާނާކުރާއިރުވެސް ބޮޑުކަމުދާ ތަކެތީގައި ހުންނަ ކުލައާއި ވަތްތަރަށް ދެނެގަތުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން