ފަސިންޖަރަކު ރީއްޗަށް އިނގިރޭސި ބަހުން ވާހަކަ ނުދެއްކުމުން ހަޖޫޖެހި ކެތޭ ޕެސިފިކް އެއަރލައިންސުގެ ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފިއެވެ.

ކެތޭ ޕެސިފިކްގެ ތިން ކެބިން ކްރޫއަކު ވަޒީފާއިން ވަކިކޮށްފައިވަނީ ކެތޭ ޕެސިފިކްގެ ފްލައިޓަކުން ދަތުރުކުރި ފަސިންޖަރަށް މަލާމާތް ކުރާތަން އަޑުއިވޭ އޯޑިއޯ ކްލިޕެއް އާންމުވުމުންނެވެ. ކްރޫއިން މަލާމާތްކޮށްފައިވަނީ ޗައިނާގެ ރައްޔިތަކަށްކަމަށް ރިޕޯޓުތައްބުނެއެވެ.

އޯޑިއޯއިން ދޭހަވާގޮތުން، ޗެންގްޑޫ އިން ހޮންކޮންގަށް ދަތުރުކުރި ފަސިންޖަރަކު އޮޅިގެން ރަޖައެއް ހޯދުމަށް އިނގިރޭސިބަހުން "ބްލެންކެޓް" އެއް ދޭށޭ ބުނުމުގެ ބަދަލުގައި "ކާޕެޓް" އެއް ހޯދަން އެދުމުން ކްރޫއިން އޭނާއަށް މަލާމާތްކޮށް ހީ ހަދާ އަޑުއިވެއެވެ. އަދި ކާޕެޓް އޮތީ ބިންމަތީގައި އަޅާފައިކަމަށާއި، އިނގިރޭސި ބަހުން ބްލެންކެޓް ނުބުނެވޭނަމަ އެނުލިބޭނެކަމަށް ކްރޫއިން ބުނާ އަޑުވެސް އިވެއެވެ.

މި ހާދިސާއާ ގުޅިގެން ޗައިނާގެ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ބައެއް މީހުން ވަނީ ކެތޭ ޕެސިފިކް ބޮއިކޮޓް ކުރުމަށް ގޮވާލާފައެވެ.

މިހާދިސާ އާއި ގުޅިގެން ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ވަނީ ކެތޭ ޕެސިފިކް އެއަރލައިނުން ޗައިނާގެ ރައްޔިތުން ދައްކޮށްލައި ތަފާތު ކުރުން ގެންގުޅޭކަމަށް ރިޕޯޓުކޮށްފައެވެ.

ހޮންކޮންގަށް ނިސްބަތްވާ ކެތޭ ޕެސިފިކް އެއަރލައިންސަކީ، ޗައިނާގެ އެތެރޭގެ އުދުހުންތަކުގެ އިތުރުން ބައިނަލްއަގުވާމީ ދަތުރުތައް އެކި ގައުމުތަކަށް ކުރާ އެއަރލައިންސެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން