ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތަށިފުޅުގައި އަޅުވައި މަޖިލީހުގެ ޖަލްސާއެއްގައި ބައެއް މެމްބަރުން ކުރެއްވި ތުހުމަތުތައް ބަލައި ދިނުމަށްއެދި މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ހުށައަޅަންޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެެވެ.

ރޮޒައިނާ މިހެން ވިދާޅުވީ މެންބަރު ހަސަން ލަތީފާއި މަޖިލިސް ނާއިބް ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދު ﷲ ބޮމުގެ ހަމަލާގެ ތުހުމަތު ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ރައީސް ޞާލިހާއި ސަރުކާރަށް ކުރެއްވުމާއި ގުޅިގެންނެވެެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރިޔާސަތުގައި އިންނަވައިގެން އެވާހަކަތަކަށް ތާއީދު ކުރަށްވައި އެތުހުމަތުތައް ތަކުރާރު ކުރަށްވާފައެވެ.

އެކަމަށް އިޝާރަތް ކުރަށްވައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލިސް ތަޅުމުގައި މެމްބަރުންނަށް އިމްތިޔާޒް އޮންނަނީ މަޖިލީހަށް ހުށައަޅާފައިވާ ވަކި މައްސަލަ އަކާއި ގުޅިގެން ދައްކަވާ ވާހަކަތަކަށް އެކަނި ކަމަށެވެ. އަދި އެ އިމްތިޔާޒުގެ ބޭނުން ހިއްޕަވައިގެން މީހެެއްގެ ބޮލުގައި މީހަކު މަރަން އުޅުނު ކަމުގެ ތުހުމަތު މަޖިލީހުގެ ތަޅުމުގައި ނޭޅުވޭނެ ކަމަށް ރޮޒަައިނާ ވިދާޅުވިއެވެ.

"މަޖިލީހުން މިމައްސަލަ ތަހުގީގް ކުރަން ފުލުހަށް ހުށައަޅަންޖެހޭ، މިއީ ކުޑަކަމެއް ނޫން." ރޮޒައިނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްކޮށް މަޖިލީހުގައި ބައެއް މެމްބަރުން ދެއްކެވި ވާހަކަ ސަރުކާރުން މިއަދު ވަނީ ދޮގުކޮށްފައެެވެ. ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އެވާހަކަ މަޖިލީހުގެ ތަޅުމުގައި ދައްކާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެތަޅުމުގައި ދައްކާ ވާހަަކަތަކަށް ލިބިދޭ އިމްތިޔާޒްގެ ހިމާޔަތުގައި، އިމްތިޔާޒްގެ ބޭނުން ނަހަމަގޮތުގައި ހިއްޕަވައިގެން ކަަމަށެވެ. މިއުވާން ވަނީ މަޖިލީހުން ބޭރުގައި ރައީސަށް ބޮމުގެ ތުހުމަތުކޮށް ވާހަކަ ދައްކައިފިނަމަ ކަމާބެހޭ ފަރާތްތަކަށް ހުށައަޅައިގެން އެމައްސަލަ ބަލާނެ ކަމުގެ އިންޒާރު ދެއްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން