ޗައިނާގައި އުމުރުން 13 އަހަރުގެ ކުއްޖެއް އޮންލައިން ގޭމު ކުޅެން، އޭނާގެ މަންމަގެ ބޭންކު އެކައުންޓުގައި ހުރި ފައިސާ އެއްކޮށް ހުސްކޮށްލައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުންނަމަ އެކުއްޖާގެ މަންމަގެ އެކައުންޓުގައި ހުރި 64000 ވަނީ މިކަމަށް ހޭދަކޮށްލާފައެވެ. ސައުތު ޗައިނާ މޯނިންގ ޕޯސްޓު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިކުއްޖާ މިލާރި ޚަރަދުކޮށްފައިވަނީ، އޭނާއަށާއި ކްލާސްކުދިންނަށް އޮންލައިން ގޭމް ގަތުމަށެވެ.

ޗައިނާގެ ހުނާން ޕްރޮވިންސްގައި ހިނގައިދިޔަ މިހާދީސާއާ ގުޅޭގޮތުން ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިކުއްޖާވަނީ އޭނާގެ މަންމަގެ އެކައުންޓުގައި ހުރި 64000 ޔުވާން ނުވަތަ 9000 އެމެރިކާ ޑޮލަރު ގޭމުކުޅެން ހޭދަކޮށްފައެވެ.

މިކުއްޖާއަކީ ގޭމު ކުޅުމަށް ދެވިހިފާފައިވާ ކުއްޖެއްކަމުގައިވެސް ވެއެވެ. ރިޕޯޓުތަކުން ބުނާގޮތުގައި ގޭމް ކުޅުމުގެ ތެރެއިން، ގޭމުތަކަށް ބޭނުންވާ "އިން- އެޕް -ޕާޗޭސް' ނުވަތަ ގޭމު ކުޅުން އިތުރަށް ފުރިހަމަ ކުރުމަށް ގަންނަން ހުންނަ ފީޗާސްތައް ގަތުމަށް މިކުއްޖާ އޭނާގެ މަންމަގެ އެކައުންޓު އެއްކޮށް ހުސްކޮށްލާ ހަތަރު މަސްތެރޭގައި އެކައުންޓުގެ ބެލެންސް 0.07 $ އަށްވަނީ ހަދާލާފައެވެ.

އެކުއްޖާގެ މަންމަ ބުނާގޮތުގައި މިކަން ފާހަގަވީ، އެކުއްޖާ އޮންލައިންކޮށް ގޭމާއި ބެހޭ އެއްޗެހި ގަތުމަށް ހަދާފައިވާ ޓްރާންސެކްޝަންތައް ފޮނުވުމަށް ހިސްޓްރީ ޑިލީޓްކޮށްފައިވާކަން މުދައްރިސް ބުނެދިނުމުންނެވެ. އަދި ދަރިވަރުވަނީ ފޯނަށް ދެވިހިފައި ނުރައްކާތެރި މިންވަރަކަށް އޮންލައިން ގޭމްތަކަށް ދެވިހިފާފައިކަމަށްވެސް މުދައްރިސް ވަނީ ދަރިވަރުގެ މަންމަގެ ސަމާލުކަމަށް ގެނެސްފައެވެ.

މިޓްރާންސެކްޝަންތަކާއި ބެހޭގޮތުން މިކުއްޖާއާއި އޭނާގެ މަންމަ ސުވާލުކުރުމުން އެޚަރަދުތައް ކޮށްފައިވާގޮތް ކިޔާދިން އިރު 17،000$ ގޭމުގަތުމަށް، 30،000$ އިން-އެޕް ޕާޗޭސްތަކަށް އަދި 16000$ ކްލާސްކުދިންނަށް ގޭމް ގަނެދިނުމުގައި ޚަރަދުކޮށްފައިވާކަމަށްވެއެވެ.

ގޭމް ގަންނަން ކުޑަކޮށް ޖެހިލުންވިނަމަވެސް ކްލާސްކުދިންނަށް އެޕް ގަނެދިނީ އެކުދިން އެކަމަށް އެދުމުން އަދި ފޯސްކުރުމުން ކަމަށާއި އެކަމުގައި މުދައްރިސްގެ އެޙީތެރިކަން ހޯދުމަށް ބިރުގަނެ ޖެހިލުންވީމަކަމަށް ކުއްޖާ ބުނެއެވެ. އަދި އެފައިސާއަކީ ކޮންތަނަކުން ކެނޑޭ ފައިސާއެއްކަމެއް ނޭނގޭކަމަށާއި ގޭގައި އޮތް ޑެބިޓް ކާޑެއް ބޭނުންކޮށްގެން ފޯނާއި ކަނެކްޓު ކުރީކަމުގައި އެކުއްޖާ ކިޔައިދީފައިވެއެވެ. އަދި މަންމަ ތަންކޮޅެއް ކުރީގައި ދީފައި އޮތް ޕާސްވޯޑެއް ހަނދާންހުރިކަމުން އެކާޑުގެ ބޭނުންކުރަން އުނދަގޫނުވާކަމަށްވެސް އެކުއްޖާ ކިޔައިދިނެވެ.

މިއީ ޗައިނީސް މީޑިއާގައި ގިނަބައެއްގެ ސަމާލުކަމަށް އައިސްފައިވާ ހާދިސާއެކެވެ. މިކަމާއި ގުޅިގެން ބައެއް މީހުން ކޮމެންޓުކޮށްފައިވަނީ މިއީ މައިންބަފައިންގެ ކުށްކަމުގައެވެ. އަދި އަނެއްބަޔަކު އެކުއްޖާއަށް އެކުރެވުނު ކަމުގެ ބޮޑުކަން އިހުސާސްކުރެވޭނެ ކަމަށާއި އަދި އެކަން އެކުއްޖާއަމިއްލަޔަށް އިއުތިރާފް ނުވަނީ ކަމަށްވެސް ބައެއް މީހުން ސައުތު ޗައިނާ މޯނިންގ ޕޯސްޓަށް ކޮމެންޓު ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން