ސަޢުދީ ޢަރަބިއްޔާއާއިއެކު ބޭއްވޭ ގުޅުންތައް ސިޔާސީ ޢާންމު ހާލަތުގެ ގުޅުންތަކަކަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ ދަތުރު ވަރަށް ދިގުކަމަށް އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ މުޝީރު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދަތުރު ދިގުކަމަށް ފެނިވަޑައިގަންނަވާ ސަބަބަކީ ބޮޑުވަޒީރު ނެޓަންޔާހޫގެ ސަރުކާރުގެ ވަޒީރުން ފަލަސްޠީނަށް ދުލެއް ދޭން ބޭނުންނުވާތީއެވެ. އޭނާ ވިދާޅުވި ގޮތުގައި ސަޢުދީއާއެކު ގުޅުންތައް ރަނގަޅުކުރަން އިސްރާއީލުން ބޭނުންވާނަމަ، ފަލަސްޠީނަށް ދޫތަކެއް ދޭންޖެހޭނެއެވެ.

ފަލަސްޠީނުގެ މައްސަލައަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެކަމަށް އެމެރިކާއިން ފާއިތުވި މަސްތަކުގައި ބުނަމުން ގޮސްފައިވެއެވެ. ނަމަވެސް، ސަޢުދީ ޢަރަބިއްޔާއިން ބުނަމުންދަނީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ގާއިމުކުރެވިގެން ނޫން ގޮތަކަށް މިމައްސަލަ ހައްލުނުކުރެވޭނެކަމަށެވެ.

އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ މުޝީރު ޒާޗީ ހަނަބީ ވިދާޅުވި ގޮތުގައި ފަލަސްޠީނުގެ މައްސަލަޔަށް ހައްލެއް ހޯދުމަށް އެމެރިކާއާއި ސަޢުދީ ޢަރަބިއްޔާއި ގުޅިގެން ކުރަމުންދާ މަސައްކަތުގައި އިސްރާއީލުގެ އެއްވެސް ދައުރެއް މިހާތަނަކަށް ނެތެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ފަލަސްޠީގެ މައްސަލައަށް ހައްލެއް ހޯދުމަށް އެމެރިކާއާއި ސަޢުދީން ކުރަމުންދާ މަސައްކަތުގައި އިސްރާއީލުގެ އަމަނަށް ގެއްލުންވާފަދަ ކަމަކަށް އިސްރާއީލުގެ ކިބައިން އެދެވުނު ހާލަތެއްގައި، އެކަމަށް އިސްރާއީލުން އެދެވޭ އިޖާބައެއް ނުދޭނެއެވެ. " އިސްރާއީލުގެ އަމަނަށް ގެއްލުންވާފަދަ ކަމެއްގައި އިސްރާއީން ދުލެއްނުދޭނެ" ، ޒާޗީ ހަނަބީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން