އިންސިއުލިން ރެސިސްޓެންސް އާއި ހަކުރުބައްޔާއި ދެމެދު ބޮޑު ގުޅުމެއްވެއެވެ. އެހެންނަމަވެސް، އިންސިއުލިން ރެސިސްޓެންޓް ހުންނަ ކޮންމެ މީހަކަށް ހަކުރުބަލި ނުޖެހޭނެއެވެ. އަދި ހަކުރުބަލި ހުންނަ ހުރިހާ މީހުންނަކީ އިންސިއުލިން ރެސިސްޓެންޓް ބައެއްވެސް ނޫނެވެ. ނަމަވެސް އިންސިއުލިން ރެސިސްޓެންސް ގެ ސަބަބުން ޕްރީޑައިބެޓީސް އާއި ޓައިޕް 2 ހަކުރުބަލި ވެސް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.
މި ލިޔުމުގައި މިބަލާލަނީ އިންސިއުލިން ރެސިސްޓެންސް އާއި ހަކުރުބައްޔާއި ދެމެދުގައިވާ އެއްގޮތްކަމާއި ބައެއް ތަފާތުތަކަށެވެ.
އިންސިއުލިން ރެސިސްޓެންސް އާއި ހަކުރުބަލީގެ ތަފާތުތަކަކީ ކޮބާ؟
ދެކަންތައް ވެސް ގުޅިފައިވަނީ ހަށިގަނޑުގެ އިންސިއުލިން އުފެއްދުމުގެ ނުވަތަ ބޭނުންކުރުމުގެ ގާބިލްކަމާއިއެވެ. އިންސުލިންއަކީ ހަކަތަ އުފެއްދުމަށް ބޭނުންކުރާ އެއްޗެކެވެ. މީހަކަށް ޕްރީޑައިބެޓީސް ނުވަތަ ހަކުރުބަލި ހުންނައިރު ނުވަތަ އިންސިއުލިން ރެސިސްޓެންސް އުފެދެމުންދާއިރު، އާއްމު ހާލަތުގައި ހަށިގަނޑުގައި އިންސުލިން އުފައްދާ ގޮތަށް ހަށިގަނޑަށް ރަނގަޅަށް އިންސިއުލިން އުފައްދައި އަދި ބޭނުން ނުކުރެވޭނެއެވެ.
ލޭގައި ދައުރުވާ ހަކުރުގެ މިންވަރު އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށްޓަކައި އާންމުކޮށް އުފައްދާ މިންވަރަށްވުރެ ވުރެ ގިނައިން ހަށިގަނޑުގައި އިންސިއުލިން އުފައްދަން ޖެހިއްޖެ ހާލަތަށް އިންސިއުލިން ރެސިސްޓެންސްއޭ ބުނެވެއެވެ. ގިނަ މީހުންނަކީ އިންސިއުލިން ރެސިސްޓެންޓުނެވެ. އަދި އެއީ ހަކުރު ބަލީގެމީހުންނެއްނޫނެވެ. ނަމަވެސް އިންސުލިން ރެސިސްޓެންސް ހުރެ އެކަމަށް ފަރުވާ ނުކުރެވި ވަގުތު ފާއިތުވަމުންދާ ވަރަކަށް ޕްރީޑައިބެޓީސް އަށް މަގުފަހިވެ، އަދި މިކަން ހައްލުނުވެއްޖެނަމަ ޓައިޕް 2 ހަކުރުބަލި ޖެހުމަށް މަގުފަހިވެއެވެ.
ޕްރީޑައިބެޓީސް އަދި ޓައިޕް 2 ހަކުރުބަލި ޖެހުމަށް މެދުވެރިވަނީ ހަށިގަނޑުގައި އިންސިއުލިން ރެސިސްޓެންޓް މައްސަލައަށް ހައްލުނުލިބި ގިނަދުވަސްވަންދެން ހުރުމުގެ ސަބަބުން، އާންމުކޮށް ލޭގައި ހަކުރު ހުންނަ މިންވަރު ދެމެހެއްޓުމަށް ޕެންކްރިއާސް އަށް އިންސިއުލިން ނުއުފެއްދޭން ފެށުމުންނާއި އަދި ހަށިގަނޑުން ބޭރުކުރާ އިންސިއުލިން ސެލްތަކަށް ބޭނުންނުކުރެވުމުންނެވެ.
ހަކުރުބަލި ހުންނަ މީހުން ލޭގައި ހަކުރު ހުންނަ މިންވަރު އެމީހުން ކާތަކެތީގެ ތެރެއިން މެނޭޖް ކުރަން ޖެހޭނެއެވެ. އަދި މިއާއިއެކު ކަސްރަތު ކުރުމާއި، މެޓްފޯމިން ނުވަތަ އިންސިއުލިން ފަދަ ހަކުރު ބޭސްތައްވެސް ބޭނުންކުރަންޖެހެއެވެ.
އިންސިއުލިން ރެސިސްޓެންސްގެ ސަބަބުން ލިބިދާނެ ގެއްލުންތަކަކީކޮބާ؟
އިންސިއުލިން ރެސިސްޓެންސްގެ ސަބަބުން ޓައިޕް 1 ހަކުރުބަލި ނުޖެހެއެވެ. މިއީ އޮޓޯއިމިއުން އަދި ޖެނެޓިކް ބައްޔެކެވެ. މި އޮޓޯއިމިއުން ހާލަތުގައި ހަށިގަނޑުގެ ދިފާއީ ނިޒާމުން ޕެންކްރިއާސްގެ އިންސިއުލިން އުފައްދާ ބީޓާ ސެލްތައް ހަލާކުކޮށްލައެވެ. މިހެންވުމުން ހަށިގަނޑުގައި އިންސިއުލިންއެއް ނުއުފެދެއެވެ. ނަމަވެސް ޓައިޕް 1 ހަކުރުބަލި ޖެހިފައިވާ މީހުންނަށް އުމުރުން ދުވަސްވާވަރަކަށް އިންސިއުލިން ރެސިސްޓެންޓް މައްސަލަ ދިމާވެ ލޭގައި ހަކުރު ހުންނަ މިންވަރު މެނޭޖުކުރުމަށް އުނދަގޫވެއެވެ.
އިންސިއުލިން ރެސިސްޓެންސްގެ އަލާމާތްތަކަކީ ކޮބައިތޯ؟
އިންސިއުލިން ރެސިސްޓެންސްގެ އަލާމާތްތައް އަހަރުތަކެއް ވަންދެން ނުފެނި ހުރެ، މީހަކަށް ހަކުރުބަލި ޖެހުމުން ފެންނަ އަލާމާތްތައް ފެންނަ ވަރަށް ނުފެނެއެވެ.
ތިރީގައި މިވާ ކަންތައްތައް ދިމާވެއްޖެނަމަ އިންސިއުލިން ރެސިސްޓެންސް އުފެދިދާނެއެވެ.
- ލޭގައި ހަކުރު ހުންނަ މިންވަރު (ނުކައި ހުރެހަދާ ޓެސްޓުގައި 100 ނުވަތަ އެއަށްވުރެ މައްޗަށް ހަކުރު ހުރުން)
- ފާސްޓިން ޓްރައިގްލިސެރައިޑްސް މަތިވުން (150 ނުވަތަ އެއަށްވުރެ މަތިވުން)
- އެލްޑީއެލް ކޮލެސްޓްރޯލް މަތިވުން
- ވަރުބަލިވުން
- ފަލަވުން
- ހަންގަނޑުގައި ޓެގްސް ނުވަތަ އުން ނުވަތަ ބޯ ހަމުގެ ތަންތަން ހަންގަނޑުގައި ހުރުން
- ލޭގެ ޕްރެޝަރު 130/ 80 ނުވަތަ އެއަށްވުރެ މަތިވުން
- 3 މަސްދުވަހުގެ އެވްރެޖް ގްލޫކޯޒް ޓެސްޓް 5.7%-6.3%ދެމެދުގައި ހުރުން
- އެޗްޑީއެލް ކޮލެސްޓްރޯލް ލެވެލް ފިރިހެނުންގެ 40 އެމްޖީ އަށްވުރެ ދަށް ނުވަތަ އަންހެނުންގެ 50 އެމްޖީ އަށްވުރެ ދަށުގައި ހުރުން
އިންސިއުލިން ރެސިސްޓެންސް އަށް އޮތް ފަރުވާއަކީ ކޮބާ؟
އިންސިއުލިން ރެސިސްޓެންސް ރިވަރސް ކުރުމަށް ނުވަތަ ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، ބަރުދަން ލުއިކުރުމާއި، ޑޮކްޓަރު ލަފާދޭ ގޮތަށް ކެއިން ބުއިމުގެ އާދަތައް ބެހެއްޓުމާއި ހަރަކާތްތެރިވުން ހިމެނެއެވެ.
އެމެރިކާގެ ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ލަފާދެއްވާ ގޮތުގައި ބޮޑެތި މީހުންނަށް ހަފްތާއަކު މަދުވެގެން 150 މިނެޓް ނުވަތަ ދުވާލަކު މަދުވެގެން 30 މިނެޓް ކަސްރަތު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު