އާސެނަލްއިން ނިކޮލަސް ޕެޕޭގެ ކޮންޓްރެކްޓް ބާތިލްކޮށްފިއެވެ.
އައިވަރީ ކޯސްޓަށް ނިސްބަތްވާ ޕެޕޭ އާސެނަލްއާއި ގުޅުނީ 2019 ވަަނަ އަހަރުގެ ހޫނު މޫސުމުގެ ސީޒަންގައި ފްރާންސް ކްލަބް ލިލްއިންނެވެ. އެއަށްފަހު، އޭނާ ވަނީ އާސެނަލްއިން ކުޅުނު 111 މެޗުގައި ބައިވެރިވެފައެވެ.
އޭނާ ވަނީ އެފްއޭ ކަޕް ކާމިޔާބުކޮށްދިނުމުގައި އާސެނަލްއަށް އެހީތެރިވެފައެެވެ. އެގޮތުން. ޕެޕޭ ވަނީ 2020 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލްގައި އާސެނަލްއިން ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗްގައި 2-1 ގެ ނަތީޖާ ނެރުމަށް އާސެނަލްއަށް ބޭނުންވި ލަނޑު ޖަހާދިނުމަށް އެހީވެދީފައެވެ.
ޕެޕޭގެ ކޮންޓްރެކްގައި ބާކީ އެއް އަހަރު އެބަ އޮތެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ ލޯން އުސޫލުން ފްރާންސް ލީގް ކްލަބް ނީސްއަށް ކުޅެދީފައެވެ. އެ ކްލަބަށް ކުޅުނު 28 މެޗްގައި މުޅި ޖުމްލަ 8 ގޯލް ކާމިޔާބުކޮށްދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު