ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން ހުށަހެޅި ގަރާރު ރައްުޔިތުންގެ މަޖްލީހުން ފާސްކޮށްފިއެވެ.

މިއަދުގެ ޖަލްސާގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ހުށަހެޅި ގަރާރާއި މެދު ބަހުސް ކުރުމަށްފަހު ގަރާރު ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި މަޖްލީޙުގެ މެންބަރުން ވަނީ ގަރާރު ބަލައިގަތުމަށް ވޯޓުދެއްވާފައެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ރައީސް މުޙައްމަދު ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖްލީހުގެ އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އެއީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

ގަރާރު ބަލައިގަތުމާ ގުޅޭ ގޮތުން ވޯޓު ނެގިއިރު ހާޟިރުވެވަޑައިގެން ތިއްބެވި 36 މެންބަރުންގެ ތެރެއިން 35 މެންބަރުން ވަނީ އެ ގަރާރު ބަލައިގަތުމަށް ތާއީދުކުރައްވާފައެވެ. ގަރާރުގައި ފުރަތަމަ ހުށަހަޅާފައިވަނީ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމުގެ ވޯޓު ނޮވެމްބަރު 30 ގެ ކުރިން ނެގުމަށެވެ. ނަމަވެސް އިލްޔާސް މިއަދު އެދުނީ އޮކްޓޫބަރު 30 ގެ ކުރިން އެ ވޯޓު ނެގުމަށެވެ.

މި ގަރާރާއި ގުޅޭ ގޮތުން މުޅި މަޖްލީހުގެ ކޮމެޓީން މާދަމާ ހެނދުނު މަސައްކަތް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން