މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކޮންމެ މީހަކަށް ގޯއްޗާއި ފްލެޓް ދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙު މިހެން ވިދާޅުވީ ގަލޮޅުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވަނީ މާލޭގެ ރައްޔިތުންނާއި މާލެއަށް ހިޖުރަ ކޮށްފައިވާ ރައްޔިތުންނަށް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަން ފާހަގަކުރަށްވާފައެވެ. ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް މާލޭގެ 18،000 ރަައްޔިތަކަށް ގޯތި ދޫކޮށްފައިވާއިރު 13،000 އަށް ވުރެ ގިނަ މީހުންނަށް ފްލެޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކޮންމެ މީހަކަށް ގޯއްޗާއި ފްލެޓް ދެއްވާނެ ކަމަށެވެ. އެގޮތުން މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާކަން ސާބިތުކޮށް ދޭ ކޮންމެ މީހަކަށް އެ ފުރުސަތު އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެެ. އެމަނިކުފާނު ވިދާޅުވީ މިދިޔަ ދެތިން ދުވަހު އެކަމާއި ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެެވެ. އަދި ވަރަށް އަވަހަށް އެކަމުގެ ތަފްސީލުތައް ހާމަ ކުރައްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"މާލޭ ރައްޔިތުންނާއި މާލެއަށް ހިޖުރުކޮށްފައިވާ މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އިރާދަކުރެއްވިއްޔާ ހައްލުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

އިތުރަށް ވާހަަކަފުޅު ދައްކަވަމުން ރައީސް ވަނީ ވިނަރެސް ފްލެޓާއި ކުންފުނިތަކުން އަޅާފައިވާ ފްލެޓްތަކުގެ އަގު ވެސް ހެޔޮ ކޮށްދެއްވަން ނިންމަވާފައިވާކަން ވެސް އިއުލާން ކުރަށްވާފައެވެ. އެގޮތުން ކުންފުނިތަކުގެ ފްލެޓްތަކުގެ އަގު ބޮޑުކަން ފާހަގަކޮށް މުވައްޒިފުން އެމަނިކުފާނާއި ބައްދަލު ކުރަމުން ގެންދާކަން ރައީސް ފާހަަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން